21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

އަދުލްއިންސާފު ގާއިމް ކުރުން

ޕީޖީ ބިޝާމް އެވެ. އިންސާފު ގާއިމު ކޮށްދެއްވާ ށެވެ.

  • ޕްރޮސެކިއުޓަރ ޖެނެރަލަކީ މިނިވަން މުސްތަގިއްލު ފަރާތެއް
  • ޖަވާބުދާރީ ވާންޖެހެނީ ރައްޔިތުންގެ މަޖިލީހަށް
  • ކުއްލި ނުރައްކަލުގެ ހާލަތުގައި ބަންދުކުރި ފަރާތްތައް ދޫކޮށްލުމަށް ޕީޖީ އެންގި ކަމަށްވޭ، އެކަމަކު ހަމަ އެ ފަރާތްތަކުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ
މުހައްމަދު ފަޒީން | phaxyn

| 24 މާރޗް 2018 | ހޮނިހިރު 14:40 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  6. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  7. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް
  8. ބެގް، ބޮރޯ އޯރ ސްޓީލް


ޕީޖީ ބިޝާމް: ޕީޖީގެ މަގާމަށް އައްޔަން ކުރުމުގެ ލިޔުމާ ހަވާލުވެ ވަޑައިގަންނަވަނީ -- ފޮޓޯ : މުހައްމަދު ފަޒީން

ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ)އަކީ އާދައިގެ މަގާމެއް ނޫނެވެ. އެ މަގާމުގައި ހުންނަވާ ބޭފުޅަކީ ވެސް އާދައިގެ ބޭފުޅެއް ނޫނެވެ. އެއީ ދިވެހި ދައުލަތުގެ ފަރާތުން ޖިނާއީ ދައުވާ ކުރުމާއި އެ ދައުވާތަކާ ގުޅިގެން ކޯޓުތަކުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާ ފަރާތެވެ.

ގާނޫނުއަސާސީންނާއި ގާނޫނުތަކުން ޕީޖީއަށް ވަރަށް މުހިއްމު ބާރުތަކެއް ލިބިދެއެވެ. ޕީޖީގެ މަގާމަކީ މިނިވަން މުސްތަގިއްލު މަގާމެކެވެ. މަސައްކަތް ކުރައްވަން ޖެހެނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައިވާ ގޮތުގެ މަތިން ޖިނާއީ އަދުލްގެ ނިޒާމުގައި ހިނގާ ކަންކަމުގައި އަދުލްއިންސާފު ގާއިމު ކުރުމަށެވެ. ޖަވާބުދާރީ ވާންޖެހެނީ ރައްޔިތުންގެ މަޖިލީހަށެވެ.

މިވަގުތު ރާއްޖޭގެ ޖިނާއީ އަދުލްގެ ނިޒާމުގެ އެންމެ މުހިއްމު އެއް ތަނބު ގޮތުގައި ހުންނެވީ ޕީޖީ އާއިޝަތު ބިޝާމެވެ. އެކަމަކު ރާއްޖޭގައި މިވަގުތު ހިނގަމުންދާ ކަންކަމާ ގުޅިގެން އެކަމަނާގެ ބަހެއް އިއްވާފައިނުވާއިރު، އަދި އެކަމަނާއާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް ރަށުތެރޭގައި އިވެމުންދާއިރު އެވާހަކަތަކުގެ ހަގީގަތް ހާމަކޮށްދެއްވަން އެކަމަނާ ފަސްޖެހުމަކީ ލަދުވެތި ކަމެކެވެ. ސަބަބަކީ ޕީޖީގެ ނަމުގައި ތަފާތު އަޑުތައް އިވޭއިރު، ޕީޖީގެ އޮފީހުން ވެސް ވަރަށް ތަފާތު ބަޔާންތައް ނެރެމުންދާތީއެވެ. އެ ބަޔާންތަކާއި އެކަމަނާއާ ގުޅޭ ގޮތުން އިވިފައިވާ ވާހަކަތަކަށް ބަލާއިރު ރައްޔިތުންގެ މެދުގައި ޝައްކުތަކެއް ވަނީ އުފެދިފައެވެ.

ބިޝާމަކީ ރައީސް އަބްދުﷲ ޔާމީނަށް ވަފާތެރި ކަނބަލެއްކަން އެމަގާމަށް އޭނާ އައްޔަން ކުރެވިގެން ދިޔައިރު އެނގެއެވެ. ނަމަވެސް ކަނޑައެޅިގެން ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަންކަން ކުރުމަށް ސަރުކާރަށް ވެސް އަބަދަކު ފުރުސަތު ދީގެން ނުހުންނެވޭނެ ތާއެވެ.

ރައީސް ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވިއިރު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހޭވަރުގެ ހާލަތެއް ރާއްޖޭގައި ނެތެވެ. އަދި އަމުދުން ގާނޫނުއަސާސީގައި ބުނާ އެފަދަ ހާލެއް ރާއްޖޭގައި ނެތިސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށް ފަހު އަދުލް އިންސާފު ގާއިމު ކުރުމުގެ އެންމެ މަތީ ބާރު ކަމަށްވާ ސުޕްރީމް ކޯޓަށް ސިފައިންނާއި ފުލުހުން ވަދެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ރާއްޖެއަށް އެންމެ ބޮޑަށް ހިދުމަތް ކޮށްދެއްވި އަދި އުމުރުން 82 އަހަރު ވެފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކުރި ކުރުމަކީ ދިވެހި ރައްޔިތުން އެއްގޮތަކަށް ވެސް ގަބޫލު ކުރާ ކަމެއް ނޫނެވެ.

ޕީޖީ ބިޝާމްއެވެ. ކަމަނާއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން ކަމަނާގެ ބަހެއް އިވެން ދިވެހި ރައްޔިތުން ތިބީ ކެތް މަދުވެފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ފަހުން، ކަމަނާއާ ގުޅޭ ގޮތުން ދެކެވުނު އެއް ވާހަކައަކީ ކުއްލި ނުރައްކަލުގެ ހާލަތުގެ ފުރަތަމަ 15 ދުވަސް ހަމަވެ، ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރުމަށް ސަރުކާރުން ނިންމާ، ރައްޔިތުންގެ މަޖިލީހުން އެކަން އެގޮތަށް ފާސްކުރުމާ ގުޅިގެން އިވުނު ވާހަކަތަކެވެ.

އިވިފައިވާ އެއްވާހަކައަކީ ކުއްލި ނުރައްކަލުގެ ހާލަތުގެ 15 ދުވަސް ހަމަވުން އިތުރަށް ކުއްލި ނުރައްކަލުގެ ހާލަތު ދިގުދައްމާނެ ތަނެއް ނެތް ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ ފަރާތްތައް ދޫކޮށްލުމަށް ފުލުހުންނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ބުނާ ވާހަކަތަކެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ނެތްކަމަށާއި ހައްޔަރު ކޮށްފައިވާ ފަރާތްތައް ދޫކޮށްލުމަށް ބިޝާމް ފުލުހުންނަށް އަންގާފައިވާކަމުގެ ވާހަކަތަކާ އެކު ބިޝާމަކީ ފިސާރިކަނބަލެއް ކަމަށާއި ހިތްވަރުގަދަ ކަނބަލެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިޑިއާތަކުން ވެސް ރިޕޯޓް ކުރަމުން ދިޔައެވެ.

ނަމަވެސް އޭގެ ފަހުން ބިޝާމްގެ ޚަބަރެއް ނުވިތާނގައި އެކަމަނާ އެއްގޮތަކަށް ވެސް ފެންނަވަރެއް ނުވިއެވެ. އޭގެ ފަހުން ކުއްލި ނުރައްކަލަށް އިތުރުކުރި 30 ދުވަސް ހަމަވަނިކޮށް ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އިތުރު ފަރާތްތަކުގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ޝަރީއަތުން އަމުރުކުރިއިރު ޕީޖީ ބިޝާމް ކޮބައިތޯއެވެ.

ވިސްނާށެވެ! ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ސީދާ ސަރުކާރު ބޭނުންވާ ފަރާތްތައް ހައްޔަރު ކުރުމަށެ. މިއީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ކުރަންޖެހޭ ކަމެއް ތޯއެވެ؟ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ ވެރިންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތާއި ހިޔާނާތުގެ ތުހުމަތު ކުރެވުނީ އަލަކަށް ނޫނެވެ.

ރައީސް ޔާމީން ބޭނުންވާ ބޭފުޅެއްގެ މައްޗަށް، ބޭނުންވާހާ ވަގުތު އެފަދަ ތުހުމަތެއް ކުރެވި ތަހުގީގު ހިންގުމާއި ޝަރީއަތް ކުރުމަކީ ގާނޫނު ދަންނަ ކަންކަމެއް ނޫނެވެ. ގާނޫނީ ވެރިކަން ހިންގާ ގޮތެއް ވެސް ނޫނެވެ. ގާނޫނުއަސާސީގައި އެންމެންނާމެދު ހަމަހަމަކޮށް އަމަލު ކުރަން އަންގާފައިވާއިރު، ކޮރަޕްޝަންގެ މައްސަލައެއް ފެންމަތި ވެއްޖެ ނަމަ އަމަލު ކުރާނެ ގޮތްތައް ވެސް ގާނޫނުތަކުގައި ލިޔެވިފައި އެބަހުއްޓެވެ. އެގޮތަށް އަމަލު ކުރުމުގެ ބަދަލުގައި ކުއްލި ނުރައްކަލުގެ ހާލަތަކޭ ކިޔައިގެން ފެންނަހާ މީހަކު ހައްޔަރުކޮށް ފެންނަ މީހެއްގެ މައްޗަށް ދައުވާ ކުރާއިރު، ވަކި މީހެއްގެ ވެރިކަން ދިފާއުކުރަން ޖަހާ ސަކަރާތަކަށް ތިކަން ނުހަދާށެވެ.

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އަދި ރައީސް މައުމޫން ހައްޔަރުކުރެއްވީ ރިޝްވަތު ދިން ކަމަށް ބުނެއެވެ. ތުހުމަތު ކޮށްފައި ވަނީ ރައީސް ޔާމީންގެ ސަރުކާރު ވައްޓާލަން އުޅުނުކަމަށް ބުނެއެވެ. ހައްޔަރު ކުރުމަށް ފަހު ތުހުމަތު ކުރެވޭ މައްސަލާގައި ސުވާލު ކުރުމުގެ ބަދަލުގައި ސުވާލު ކުރަނީ ހެއްކާ މެދުގައެވެ. ތުހުމަތު ބަދަލުވީ ހެކި ފޮރުވަން އުޅުނު ކަމުގެ ތުހުމަތަށެވެ. ތަހުގީގު ހިންގަނީ ފުލުހުންނެވެ. ހެއްކޭ ގަރީނާއޭ ކަޅު ފޮއްޓޭ، ގޮދަނޑި ދަށޭ މިލިއަނުން ފައިސާ ފެނިއްޖެޔޭ، އެތައް ޑޮކިއުމަންޓެއް ފެނިއްޖެޔޭ ބުނެ ފުލުހުން މީޑިއާއަށް މައުލޫމާތު ދިންއިރު، އެންމެ ފަހުން ބުނަނީ ހެކި ފޮރުވަން މަސައްކަތް ކުރަމުންދާ ކަމަށާއި ނުރަނގަޅު ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އެންމެ ފަހުން ކުރާނެ ދައުވާއެއް ނުފެނިގެން ކުރަނީ ޓެރަރިޒަމްގެ ދައުވާއެވެ.

މިއީ ބޮޑު ޖޯކެއް ނޫންތޯއެވެ. ގައުމުގެ 30 އަހަރު ވެރިކަން ކުރެއްވި ވެރިޔަކާއި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އެކޯޓުގެ އެހެން ފަނޑިޔާރަކާއި ކުރީގެ ޕޮލިސް ކޮމިޝަނަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނޭ ގޮތަށް ޓެރަރިޒަމް ދައުވާ އުފުލާއިރު އެ ބޭފުޅުން ޓެރަރިޒަމްގެ އަމަލެއް ހިންގަން ކުރެއްވި ކަމެއް ވެސް އޮންނަންވާނެ ތާއެވެ.

ސަރުކާރު ބަދަލު ކުރަން އުޅުމަކީ ކުށެއް ނޫނެވެ. އެއީ ކުށެއް ނަމަ ސަރުކާރު ބަދަލު ކުރާގޮތުގެ ވާހަކައެއް ގާނޫނުއަސާސީގައި ނޯންނާނެތާއެވެ. ސަރުކާރު ބަދަލު ކުރުމަކީ ގާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ކަމެކެވެ. އެއީ ޓެރަރިޒަމް އަމަލެއް ނޫނެވެ. ރައީސްކަމުގެ މަގާމުގައި ހުންނަ ބޭފުޅަކު ރައްޔިތުންގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވެ، ކޮރަޕްޝަނާއި ހިޔާނާތާއި ފަސާދައިން މުޅި ދައުލަތް ގަޑުބަޑު ކުރަމުންދާއިރު ރައްޔިތުން ބަލާކަން ނުތިބޭނެ ތާއެވެ. ސަރުކާރުންނާއި ތަންފީޒީ އިދާރާތަކުން ގާނޫނާ ހިލާފު އަމަލުތައް ހިންގާ ނަމަ ގާނޫނޭ ކިޔައިގެން ރައްޔިތުންގެ ފަހަތުން ނުދުވާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް