23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ފުޓުބޯޅަ

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

ލީވާން އަލީ | MrLeevaan

| 4 ޖެނުއަރީ 2017 | ބުދަ 16:13 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


އާސެނަލްގެ ފަރިތަކުމުގެ ތެރެއިން -- ގޫގުލް

އާސެނަލް އަށް ކުޅެމުން އަންނަ ޖަރުމަންގެ ޑިފެންޑަރު މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން ކަމަށާއި، ސްކޮޑާ ވަރަށް އަވަހަށް ގުޅޭނެ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

 

ނޫސްވެރިންނަށް މައުލޫމާތު ދެމުން ވެންގާ ބުނީ މުސްތާފީ އަށް ލިބުނު އަނިޔާއިން އޭނާ ރިކަވާވެފައިވާ ކަމަށާއި، މިހާރު ނޯމަލް ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނަ ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް އޭނާ ސްކޮޑާ ގުޅޭނެކަމަށްވެސް ވެންގާ ވަނީ ބުނެފައެވެ.

 

މުސްތާފީ އަށް އަނިޔާވީ މި މަހުގެ 10 ވަނަ ދުވަހު ޕްރިމިއާ ލީގުގައި ސްޓޯކް ސިޓީއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުންނެވެ. އެ މެޗުގައި މުސްތާފީގެ ފައިގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފަ އެވެ.

 

އެވަޓަން އިން 2009 ވަނަ އަހަރު ކެރިޔަރު ފެށި އުމުރުން 24 އަހަރުގެ މުސްތާފީ ވަނީ ސަމްޕްޑޯރިއާ އަދި ވެލެންސިއާ އަށްވެސް ކުޅެފަ އެވެ. އެގޮތުން އޭނާ އާސެނަލް އަށް ބަދަލުވީ މި އަހަރު ވެލެންސިއާ އިންނެވެ.

 

ޖަރުމަނާއެކު ވޯލްޑްކަޕްވެސް ކާމިޔާބުކޮށްފައިވާ މުސްތާފީ ވަނީ އާސެނަލްއާއެކު އޭނާ ހޭދަކުރި މަދު ދުވަސްކޮޅު އެޓީމަށް 15 މެޗު ކުޅެފައެވެ. މީގެއިތުރުން އޭނާ އަންނަނީ އެޓީމުގެ ޑިފެންސްލައިންގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް