22 ނޮވެންބަރު 2018 | ބުރާސްފަތި | 09 ނޮރަ
14 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:53
ފަތިސް 04:37

ފުޓުބޯޅަ

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

ލީވާން އަލީ | MrLeevaan

| 4 ޖެނުއަރީ 2017 | ބުދަ 16:12 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
  3. އިލްހާމް ޕީޕީއެމަށް ދިޔައީ އަޅުގަނޑު ކުރެން އަހައި، ހުއްދަ ހޯދައިގެން: ގާސިމް
  4. ތިން އަހަރު ވަންދެން ލަހިރު މަދުޝަންކާ ހުރީ ޝޮކެއްގައި: ލަންކާގެ މިނިސްޓަރ ފައިޒަރު މުސްތަފާ
  5. ސުމިތު މިނިވަން ކުރުމަށް މިނިސްޓަރު މަހުލޫފު ގޮވާލައްވައިފި
  6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  7. ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
  8. މަހަނަކޯން ޓަވަރގެ ބިއްލޫރި ޕްލެޓްފޯމް ހުޅުވައިފި


އެސްޓުޑިއަންޓެސް އަށް ކުޅެން ވެރޯން އެއްބަސްވުމުގައި ސޮއިކުރަނީ -- ގޫގުލް

މީގެ ދެ އަހަރު ކުރިން ކުޅުން ހުއްޓާލި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ މިޑްފީލްޑަރު ހުއާން ސެބަސްޓިއަން ވެރޮން އުމުރުން 41 އަހަރުގައި އަލުން ކުޅުމުގެ ތެރެއަށް އަންނަން ނިންމައިފި އެވެ.

 

ވެރޯން ކުޅެން ނިންމާފައިވަނީ އާޖެންޓީނާގެ ފުރަތަމަ ޑިވިޝަނުގެ އެސްޓުޑިއަންޓެސް އަށެވެ. ވެރޯން ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން އެސްޓުޑިއަންޓެސް އަށް ކުޅެފަ އެވެ. އެހެންނަމަވެސް މިފަހަރު އޭނާ އެ ކްލަބަށް ކުޅެން ނިންމާފައިވަނީ އެއްވެސް އުޖޫރައަކާ ނުލަ އެވެ.

 

އެސްޓުޑިއަންޓެސްގެ ޗެއާމަންކަންވެސް ކުރަމުން އަންނަ ވެރޯން އެ ކްލަބަށް ކުޅެން އެއްބަސްވެފައިވަނީ 18 މަސްދުވަހުގެ މުއްދަތަކަށެވެ.

 

އޭނާ އެ ކްލަބުގެ ޖާޒީގައި ކުޅޭ ފުރަތަމަ މެޗުގައި ފްލޮރިޑާ ކަޕުގައި އަންނަ މަހުގެ 8 ވަނަ ދުވަހު ނިކުންނާނީ ބެޔާ ލެވަކޫސަންއާ ދެކޮޅަށެވެ. މީގެއިތުރުން އޭނާ އާޖެންޓީނާ ލީގު އަދި ދެކުނު އެމެރިކާގެ ކްލަބް މުބާރާތް ކަމަށްވާ ކޮޕަ ލިބެޓެޑޯރެސްގައި ވެސް ކުޅޭނެ އެވެ.

 

މެންޗެސްޓަރ ޔުނައިޓެޑާއެކީ ޕްރިމިއަރ ލީގު ކާމިޔާބުކޮށްފައިވާ، ވެރޯންއަކީ މީގެކުރިން ޗެލްސީ އާއި އިންޓަމިލާން އާއި ޕާމާ އަދި ލާޒިޔޯއަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. މީގެއިތުރުން އޭނާ ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށްވެސް 73 މެޗު ކުޅެދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް