25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

ފުޓުބޯޅަ

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

ލީވާން އަލީ | MrLeevaan

| 4 ޖެނުއަރީ 2017 | ބުދަ 16:09 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  3. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  4. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  5. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އިސްކޯ -- ގޫގުލް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފިލްޑަރު އިސްކޯ ހޯދުމާކައިރިޔަށް ޓޮޓެންހަމް ހޮޓްސްޕާ ޖެހިލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

 

ޑެއިލީ މިރާ އިން ބުނީ އިސްކޯ ހޯދުމަށް ކުރަންޖެހޭ އެންމެ ފަހުގެ ކަންތައްތައް ޓޮޓެންހަމް އިން ކުރަމުން އަންނަ ކަމަށާއި، އެގޮތުން މިހާރު ރެއާލްއާވެސް އެ ކްލަބުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

 

އިސްކޯ ހޯދުމަށް ޓޮޓެންހަމް އިން މަސައްކަތް ފަށާފައިވަނީ އޭނާ ހޯދުމަށް ތުރުކީގެ ފެނަބާޗޭއިން ވެސް މަސައްކަތްކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އެގޮތުން އެޓީމުން އިސްކޯ ގެންނަން ނިންމާފައިވަނީ ޖެނުއަރީ ޓްރާންސްފާގައި ކަމަށްވެސް އަޑުތައް ވަނީ ފެތުރިފައެވެ.
 

ރެއާލްގެ ކޯޗުކަމާ ޒައިނުއްދީން ޒިދާން ހަވާލުވި ފަހުން އިސްކޯ އަށް ފުރަތަމަ 11 އިން ޖާގަ ލިބުން ވަނީ ދަތިވެފަ އެވެ. އެގޮތުން އެކަމާ އިސްކޯ ހިތްހަމަނުޖެހިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން މި ޖެނުއަރީ ޓްރާންސްފާގައި އިސްކޯ ރެއާލް ދޫކޮށްލާނެ ކަމަށް ވެސް މީގެ ކުރިން ވެސް ވަނީ އަޑުފެތުރިފަ އެވެ.


ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން ވަނީ އިސްކޯ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެއިންގެ ބައެއް ކްލަބްތަކުގެ އިތުރު އިޓަލީ، ޖަރުމަން އަދި އިނގިރޭސި ކްލަބްތައް ވެސް ހިމެނެއެވެ.


ވެލެންސިއާ އިން ކެރިޔަރު ފެށި އިސްކޯ ވަނީ މަލާގާ އަށް ވެސް ކުޅެފަ އެވެ. އެގޮތުން އޭނާ ވަނީ މަލާގާއާ އެކު ހޭދަކުރި ދެ ސީޒަނުގައި އެޓީމަށް ކުޅުނު 82 މެޗުގައި 17 ލަނޑު ކާމިޔާބުކޮށްފަ އެވެ. މަލާގާ ދޫކޮށްލުމަށް ފަހު އިސްކޯ ރެއާލްއާ ގުޅުނީ 2013 ވަނަ އަހަރެވެ.


އެގޮތުން އޭނާ ވަނީ އެ ކްލަބުގައި މިވީތަނަށް ހޭދަކުރި ހަތަރު ސީޒަނުގައި ކުޅުނު 164 މެޗުގައި 24 ލަނޑު ކާމިޔާބުކޮށް، ޔުއެފާ ޗެމްޕިއަންސް ލީގު ދެފަހަރު، ފީފާ ކްލަބް ވޯލްޑްކަޕް، ޔުއެފާ ސުޕާ ލީގު ދެފަހަރު އަދި ކޮޕާޑެލްރޭ ކާމިޔާބުކޮށްފަ އެވެ.
ކްލަބް ލެވެލްގައި ގިނަ ކާމިޔާބީތައް ހޯދާފައިވާ އިސްކޯ ވަނީ ސްޕެއިންގެ 21 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އޭނާ ވަނީ 17 އަހަރުން ދަށުގެ ފީފާ ވޯލްޑްކަޕްގެ ތިންވަނަ ސްޕެއިންއާ އެކު ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް