22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ވޮލީ ބޯޅަ

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

ލީވާން އަލީ | MrLeevaan

| 4 ޖެނުއަރީ 2017 | ބުދަ 16:07 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. އަޅުގަނޑަކީ ކެރޭ މީހެއް، ލާހިކެއް ނޫން އެއްވެސް ކަމެއްގައި އަޅުގަނޑު ހާޒިރުކުރަން: ހިޔަލީ ރަޝީދު


ގައުމީ ފިރިހެން ވޮލީ ޓީމު އެނބުރި ރާއްޖެ އައުން -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

އޭވީސީ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ރާއްޖޭގެ ފިރިހެން ވޮލީ ޓީމު ދިޔައީ ރަން މެޑައްޔެއް ހޯދަން ކަމަށާއި، އެހެންނަމަވެސް ދިމާވި ޓެކްނިކަލް އެރާސްއާއެކު އެކަން ހާސިލް ނުވި ކަމަށް ގައުމީ ވޮލީ ޓީމުގެ ސްރީލަންކާ ކޯޗު ކުމާރާ ވެންޑަކޫން ބުނެފި އެވެ.

 

ބަންގްލަދޭޝްގައި އޮތް މުބާރާތް ނިންމާލުމަށް ފަހު އެނބުރި ރާއްޖެ އައިސް ރާއްޖެއެމްވީ އަށް ދިން އިންޓަވިއުއެއްގައި ކޯޗު ބުނީ މުބާރާތުގެ ކުރިން ލަންކާގައި ރަނގަޅު ތަމްރީން ކޭމްޕެއް ވެސް ކުރިޔަށް ގެންދެވުނު ކަމަށާއި، އެހެންނަމަވެސް މުބާރާތުގެ ކުރިން ޓީމާއެކު އޭނާ އަށް ހޭދަކުރެވުނީ ވަރަށް މަދު ދުވަސްކޮޅެއް ކަމަށެވެ.

 

ކޯޗު ބުނީ ރާއްޖޭ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ބޮލޮކިން ކަމަށާއި، އެގޮތުން މެޗުތަކުން ހެދުނު ގޯސްތަކުން ފިލާވަޅުތައް ލިބިގަނެ ކުރިޔަށް އޮތް މުބާރާތަށް ޓާގެޓްކުރަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ކޯޗު ބުނީ ކުރިޔަށް އޮންނަ މުބާރާތަށް ރަނގަޅަށް ތައްޔާރުވެ ޓީމަށް ގޯލްޑް މެޑަލް ގެނެވޭނެ ކަމަށެވެ.

 

މުބާރާތުގައި ރާއްޖެ އަށް ބަލިނުކުރެވުނީ އެންމެ ދެ ޓީމުކަން ފާހަގަކުރަމުން ކޯޗު ބުނީ ދިވެހި ޓީމަށް މެޗު އެކްސްޕީރިއަންސްގެ މައްސަލަ ވެސް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންނަމަވެސް ކޯޗު ބުނީ ކުޅުންތެރިންގެ ކުޅުމަށް ކުރިއެރުންތައް ލިބެމުން އަންނަ ކަމަށާއި، އަދިވެސް ރަނގަޅުކުރަން ޖެހޭ ކަންތައްތައް އެބަހުރި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް