12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:01
މެންދުރު 12:04
އަސްރު 15:24
މަޣްރިބް 17:58
އިޝާ 19:15

ރާއްޖެ - އިންޑިއާ

ދޫނިދޫގައި ހުންނަ އިންޑިއާ ޑޮކްޓަރުގެ މައްސަލަ އިންޑިއާ އެމްބަސީއަށް

 • ފަރުވާ ދިނުމުގައި ޑޮކްޓަރު އިހްމާލުވި ކަމުގެ ތުހުމަތު
 • ޑޮކްޓަރު މުއާމަލާތް ކުރަނީ ރަނގަޅަކަށް ނޫން: ޕާޓީތައް
 • އެ މައްސަލަ އެޗްއާރްސީއެމަށް ވެސް ހުށަހަޅާފައިވޭ
ޙުސައިން ޙަސަން | hucenhassan

| 21 މާރޗް 2018 | ބުދަ 12:59 | |

މަގުބޫލް

 1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
 2. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
 3. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
 4. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
 5. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
 6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
 7. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
 8. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި


ދޫނިދޫ: ދޫނިދޫ ޑޮކްޓަރުގެ މައްސަލަ ވަނީ އިންޑިއާ އެމްބަސީއަށް ހުށަހަޅާފައި -- ގޫގުލް

ފުލުހުންގެ ތަހުގީގީ ޖަލު، ދޫނިދޫގައި ބަންދުކޮށްފައިވާ މީހުންނަށް ފަރުވާ ދޭ އިންޑިއާ ޑޮކްޓަރުގެ އަމަލުތަކާ ގުޅިގެން އޭނާގެ މައްސަލަ ރާއްޖޭގައި ހުންނަ ޑިންޑިއާ އެމްބަސީއަށް އެމްޑީޕީން ހުށަހަޅައިފިއެވެ.

އެމްޑީޕީ ޗެއާޕާސަންގެ ނާއިބު އަލީ ނިޔާޒު ވިދާޅުވީ ދޫނިދޫ ކަސްޓޯޑިއަލްގައި ބަންދުކޮށްފައިވާ ގައިދީންނަށް ފަރުވާ ދިނުމުގައި، އެތަނުގައި ހުންނަ އިންޑިއާ ޑޮކްޓަރު އިހްމާލުވެފައިވާ ކަމަށާއި ބަންދުގެ ކޮށްފައިވާ މީހުންނާ މެދު އެ ޑޮކްޓަރު މުއާމަލާތް ކުރަނީ ބަލި މީހުންނާ މެދު އަމަލު ކުރަންޖެހޭ ގޮތަށް ނޫން ކަމަށެވެ. އެހެންކަމުން އޭނާގެ މައްސަލަ އިންޑިއާ އެމްބަސީއަށާއި އެޗްއާރްސީއެމަށް ވެސް ހުށަހަޅާފައިވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

ތަހުގީގަށް ދޫނިދޫގައި ބަންދުކޮށްފައިވާ މީހުންނާ މެދު ޑޮކްޓަރު އިހްމާލުވެފައިވާ ކަމަށް ގުޅިފައިވާ ޕާޓީތަކުން މީގެ ކުރިން ވެސް ވަނީ ބުނެފައެވެ. އެގޮތުން ފަރުވާއަށް ބޭނުންވާ މީހުން ދަންވަރުގެ ވަގުތުތަކުގައި ދޫނިދޫ ކްލިނިކަށް ގެންދިއުމުން، ރުޅި އިސްކޮށް، ބަލި މީހުންނާ މެދު އޭނާ ވާހަކަ ދައްކާފައިވާ ކަމަށާއި ބައެއް މީހުންނަށް ބޭނުންވާ ފަރުވާ ދިނުމަށް އެ ޑޮކްޓަރު ގަސްތުގައި ދެކޮޅު ހަދާފައިވާ ކަަމަށް ވެސް ގުޅިފައިވާ ޕާޓީތަކުން ބުނެފައި ވެއެވެ.

އެގޮތުން ގުޅިތަކުން ތަގައްޔަރުވެފައިވާ ފެން ބޯން ޖެހުމުން، ބައެއް ގައިދީންނަށް ޑައިރިއާ ޖެހިފައިވުމުން، ސާފު ފެން ފޯރުކޮށްދިނުމަށް ޑޮކްޓަރު ލަފާ ދީފައި ނުވާ ކަމަށާއި ބޭސް ފޯރުކޮށްދިނުމުގައި ވެސް އެ ޑޮކްޓަރު ފަރުވާ ކުޑަކޮށްފައިވާ ކަމަށް ވެއެވެ. އިންޑިއާގެ އެ ޑޮކްޓަރުގެ މައްސަލަ އިންޑިއާ އެމްބަސީއަށް ހުށަހަޅާފައި ވަނީ އެ ޑޮކްޓަރުގެ މައްސަލަ އެޗްއާރްސީއެމަށާއި ދައުލަތުގެ އެހެން މުއައްސަސާތަކަށް ހުށަހެޅުމުން ވެސް ފިޔަވަޅު އަޅާފައި ނުވުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ތިމަންނަ

9 މަސް ކުރިން

ލަފާކުރެވެނީ ޑޮކްޓަރުގެ "ރިމޯޓް " އޮންނަނީ އެހެން ބައެއްގެ އަތުގައިހެން

0
0
އަބްދުންނާ

9 މަސް ކުރިން

ދެން އަވަހަށް އޭނާގާތު ބުނެގެން އިންޑިއާ ޕާސްޕޯޓް ދޫކޮށްލުވާފަ އޭނާއަށް ދިވެހި ޕާސްޕޯޓެއް ދޭންފެނޭ

0
0