17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

މޯލްޑިވްސް ޕޮލިސް ސަރވިސް

ހައްޔަރުކޮށްފައިވާ ހަ ފުލުހެއްގެ ބަންދަށް 15 ދުވަސް، އިތުރު ފުލުހަކަށް 14 ދުވަސް

  • މިއީ މި މީހުން ހައްޔަރުކުރުމަށްފަހު ކޯޓަށް ހާޒިރުކުރި ފުރަތަމަ ފަހަރު
  • ސައިފް ބަންދާމެދު ގޮތެއް ނުނިންމާ
މުރުޝިދް އަބްދުލް ހަކީީމް | @Murshidhu

| 18 މާރޗް 2018 | އާދީއްތަ 00:26 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި


އެސްއޯގެ ކުރީގެ ކޮމާންޑަރ ސައިފް ހައްޔަރުކޮށްގެން ގެންދަނީ:- އޭނާ އިތުރުން ހައްޔަރުކުރި ފުލުހުންގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައި -- ފޮޓޯ : މުހައްމަދު ޝަރުހާން

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ބުނެ, ހައްޔަރުކޮށްފައިވާ ފުލުހުންގެ ބަންދުގެ މުއްދަތު ކޯޓު އަމުރެއްގެ ދަށުން އިތުރުކޮށްފި އެވެ.

ޖިނާއީ ބޮޑެތި ތުހްމަތުތަކެއްކޮށް ހައްޔަރުކޮށްފައިވާ ފުލުހުންގެ ތެރެއިން ހަތް މީހަކު ހޮނިހިރު ދުވަހުގެ ރޭ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު އޭގެ ތެރެއިން ހަ މީހެއްގެ ބަންދަށް އިތުރުކޮށްފައި ވަނީ 15 ދުވަހެވެ. އަދި އެކަކުގެ ބަންދަށް އިތުރުކުރީ 14 ދުވަސް ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ފުލުހުންގެ ތެރޭގައި ޕޮލިސް އިންސްޕެކްޓަރ ސައިފް ހުސައިން އާއި ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ފާއިޒު މުހައްމަދު އާއި ޕޮލިސް ސާރޖަންޓް އަލީ ރިޝްވާން އަހުމަދު އާއި ޕޮލިސް ސާރޖަންޓް އަބްދުﷲ ރިޔާޒު އާއި ޕޮލިސް ސާރޖަންޓް އަހުމަދު އާސިމް އާއި ޕޮލިސް ސާރޖަންޓް އަލީ ނަސީރު އާއި ޕޮލިސް ކޯޕްރަލް ހަސަން ނަސީރު އަދި ޕޮލިސް ކޯޕަރަލް މުހައްމަދު ޝާމީން ހިމެނެ އެވެ.

ފުލުހުން ހައްޔަރުކޮށްފައި ގިނަ ދުވަސްތަކެއް ވަންދެން ދޫނިދޫގައި ބޭތިއްބުމަށްފަހު ކޯޓަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމަންދެން އެދުނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަށްފަހުވެސް ބޭތިއްބުމަށް ކަމަށް ބެލެވެ އެވެ. ނަމަވެސް ކޯޓު އަމުރެއް ނެތި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައި ތިބި މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ދެވިދާނެ ކަމަށް ބައެއް ގާނޫނީ ވަކީލުން ދެކިވަޑައިނުގަންނަވަ އެވެ.

ޖުމްލަ 8 ފުލުހަކު ކުއްލި ނުރައްކަލު ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ)ގެ ކުރީގެ ކޮމާންޑަރު ސައިފު ވެސް ހިމެނެއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އަދި ކޯޓަށް ހާޒިރުކޮށްފައި ނުވެއެވެ. އޭނާއާ ތަހުގީގުގައި އަދި ސުވާލެއް ވެސް ކޮށްފައި ނުވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް