18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ރައްޔިތުންގެ މަޖިލިސް

ލޯޔަރުންގެ މުސީބާތް ބޮޑުވެއްޖެ، ކުޑަގޮޅިއަށް ލައިގެން ވެސް ފަނޑިޔާރުން މައިތިރި ކުރަންޖެހޭ: މޫސާ

  • ގާނޫނުތައް ހަދަންވީ ގޮތެއް ލޯޔަރުންނަކަށް ނޭނގޭނެ ކަމަށް ވިދާޅުވި
  • ލާރި ހުރި މީހުންގެ މައްސަލަތައް، ބޭނުންވާ ގޮތަށް ނިމިގެންދާ ކަމަށް ވިދާޅުވި
  • އުވަޖަހައި ސިމެންތި ޖަހައިގެން ވެސް ފަނޑިޔާރުންނަށް އާމްދަނީ ހޯދޭނެ: މޫސަ
ޙުސައިން ޙަސަން | hucenhassan

| 12 މާރޗް 2018 | ހޯމަ 11:38 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


ރީކޯ މޫސާ މަނިކު: ފަނޑިޔާރުންނާއި ލޯޔަރުންނަށް ފާޑުވިދާޅުވި -- ފޮޓޯ : މުހައްމަދު ޝަރުހާން

ފުންނާބު އުސް ލޯޔަރުނަކީ މުސީބާތެއް ކަމަށާއި ފަނޑިޔާރުންނަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަނޑިޔާރުން ކުޑަގޮޅިއަށް ލައިގެން ވެސް އެބޭފުޅުން މައިތިރި ކުރަންޖެހޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މޫސާ ވިދާޅުވީ ގާނޫނުތަކަށް އިސްލާހު ގެންނަންވީ ގޮތް ގާނޫނީ ވަކީލުންނަށް ނޭނގޭނެ ކަމަށެވެ.

ގާނޫނުއަސާސީއާ ހިލާފަށް މަޖިލީހުން ގާނޫނު ނެހެދޭނެ ކަމަށް ގާނޫނީ ވަކީލުން ވިދާޅުވަމުންދާތީ، އެ ވަކީލުންނަށް ރައްދު ދެއްވައި މޫސާ ވިދާޅުވީ މަޖިލީހުގެ މެމްބަރުން ވޯޓު ދީފިނަމަ، އެފަދަ ގާނޫނުތައް ހެދޭނެ ކަަމަށާއި ގާނޫނުތައް ހަދާނެ ކަމަށެވެ. 

"މިއަދު އެބަތިބި ފުންނާބު އުސް ލޯޔަރުން. މި މީހުންގެ މުސީބާތް ވެސް ބޮޑުވެއްޖެ. ގާނޫނުއަސާސީ ހެދިއިރު މިތާ އުޅޭބަޔަކު ވެސް ނެތް. އެކަމަކު ގާނޫނުން އަމިއްލައަށް ހަމައަޅައިގެން މިހެންނޭ އެހެންނޭ. އަޅުގަނޑަށް ހީވާގޮތުން އެ މީހުން މިތިބެނީ ޗެމްބަރުތައް ހަދައިގެން، ޗެމްބަރުތަކުން މައްސަލަ ހިފައިގެން މިދަނީ ފަނޑިޔާރުން ކައިރިއަށް،" މޫސަ ވިދާޅުވިއެވެ.

ފަނޑިޔާރުންނަށް ފާޑުވިދާޅުވެ، މޫސަ ވަނީ ފަނޑިޔާރުން ރިޝްވަތުގެ ފައިސާގައި ހިއްޕަވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އެކަމަށް އިޝާރާތް ކުރައްވައި މޫސަ ވިދާޅުވީ ލާރި ހުރި މީހާގެ މައްސަލަ ނިމިގެން ދަނީ އެ މައްސަލައެއް ހުށަހެޅި މީހަކު ބޭނުންވާ ގޮތަށް ކަމަށާއި ނަމަވެސް ނިކަމެތި މީހާގެ މައްސަލަ ނިމިގެންދަނީ އޭނާ ބޭނުންވާ ގޮތަށް ނޫން ކަމަށެވެ.

ފަނޑިޔާރުން އަމިއްލައަށް ކުރި ހުކުމް، އަމިއްލައަށް ބަދަލު ކުރަންޖެހޭ ހާލަތަށް ދިއުމުން ފަނޑިޔާރުން ހަމައަކަށް އަޅުވަންޖެހޭ ކަމަށާއި ގާނޫނަށް އިސްލާހު ގެނެސްގެން ވެސް، އަދި ކުޑަ ގޮޅީގައި ބައިތިއްބައިގެން ވިޔަސް ވެސް ފަނޑިޔާރުން "މައިތިރި" ކުރަންޖެހޭ ކަމަށް މޫސަ ވިދާޅުވިއެވެ.

"ނިކަމެތި މީހާގެ މައްސަލައެއް ކޯޓަކުން ނިމިގެން ނުދޭ، އޭނާ ބޭނުންވާ ގޮތަކަށެއް. ލާރި ހުރި މީހާގެ މައްސަލަ ނިމިގެން އާދޭ. މިއީ މުޅި ރާއްޖޭގައި ދައްކާ ވާހަކަ،" ހުޅުހެންވޭރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ މޫސަ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން މިދިޔަ މަހުގެ އެއް ވަނަ ދުވަހު ނެރުނު އަމުރަށް އިޝާރާތްކޮށް، މޫސަ ވިދާޅުވީ ފަނޑިޔާރުގެއިން މަސައްކަތް ކުރަނީ ރައީސުލްޖުމްހޫރިއްޔާ އަޒުލް ނުކުރެވިގެން ކަމަށާއި އެކަމުގެ އިސްކޮށް ހުންނެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކަމަށެވެ. އޭނާ ވިދާޅުވީ އެންމެ ނިކަމެތި މީހާއަށް އަދަބު ލިބޭނަމަ ފަނޑިޔާރުންނަށް ވެސް އަދަބު ލިބެންޖެހޭނެ ކަމަށާއި އެކަން ގަބޫލުނުކުރެވޭނަމަ އިސްތިއުފާ ދެއްވުމަށް ފަހު "އުވަ ޖަހައި، ސިމެންތި ޖަހައިގެންނާއި ވަޑާންކޮށްގެން" އާމްދަނީ ހޯދޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ގާދިރު

8 މަސް ކުރިން

ދެންމާލޭގެމަގުމަތީގައިކޯޓުހަދައިގެންމާމޮޅުފަނޑިޔާރަކައްހިތުންވެގެންއުޅުނީމޫސަތައެއަށްކިޔަނީކޯޓުގެހުރުމަތްކެނޑުންނޫންދެންކޯންޗެއްޔާމީނައްއިނގޭމޫސަޔަކީކާކުކަން

0
0
ނަޞީރު

8 މަސް ކުރިން

ފަނޑިޔާރުންނާއި ފަނޑިޔާރުގެތަކުގެ ޙުރުމަތް ކެނޑޭގޮތަށް މޫސަ މިދެއްކެވި ވާހަކަފުޅާއި ގުޅިގެން "މައިތިރި" ކުރެވެން އޮތްގޮތަކަށް މޫސަ ވެސް މައިތިރިކުރުވަން އެބަޖެހެއެވެ.

1
0
މޮހޯ

8 މަސް ކުރިން

ލ އަތޮޅު ރިސޯޓު ހިމާޔަތްކުރުމައް ކިތައްމެބާރަކައްހަޅޭލެވިއަސް ޔާމީނަށް އިގޭ ތިއީ ކާކުނަން މަގުމަތީގާ ކޯޓު ހުޅުވީ ރީކޯ މޫސާ ކަން ހެވީލޯޑުގައި ކަރެޕްސަނަށް މަގުފަހިވާ ގޮތައް އެތައް ފައިސާގެ ތުހުމަތު އޮތް މީހެއްކަން އިގޭ ޔާމީނަށް

1
0
އަހުމަދު މޑޕ

8 މަސް ކުރިން

ސާބަހޭ ތީ މޑޕ ވެސް ބޭނުންވާ ގޮތް އިންސާފުގެ ދަތުރު ނިއްމާފަ ނޫނީ ޕޕމ އިން ނުނުކުއްނާތި ޝުކުރިއްޔާ މޫސާ 4-3؟ ރީކޯ ދެން 1 ޕަވަރ ލިބޭނެ 90 ދުވަހަށް ނަމަވެސް ކުރިޔަށް ދާތި ތީ ސިޔާސީ އެގޭ މީހެއް

0
0
ބިރު

8 މަސް ކުރިން

henveemaa moosa ah.aniyaakuree ranglhathaaa maithirinuveemathaa mihaa haadahaa maithirieydho

0
0