14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:51
ފަތިސް 04:36

ވިސާ ހުއްޓާލުން

އިންޑިއާގެ ރައްޔިތުންނަށް ބިޒްނަސް ވިސާ ދޫކުރުން ހުއްޓާލައިފި

  • މިއީ ވަރަށް ބޮޑު ގެއްލުމެއް
  • ބައެއް މަސައްކަތްތައް ހުއްޓިފައި

| 11 މާރޗް 2018 | އާދީއްތަ 22:26 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  4. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  5. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  6. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  7. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  8. ރައީސް ޔާމީނާއި ވަޒީރުން ޖުމްޙޫރީ ދުވަހުގެ ޖަލްސާގައި ބައިވެރިވަޑައިނުގަތުމުން ރައީސް މައުމޫން ފާޑުވިދާޅުވެއްޖެ


ރާއްޖޭގައި ވަޒީފާ އަދާކުރަމުން ދިޔަ ބިދޭސީން ތަކެއް -- ރާއްޖެއެމްވީ

އެކި ވަޒީފާތަކަށާއި މަސައްކަތްތަކަށް ރާއްޖެ އަންނަ އިންޑިއާ ރައްޔިތުންނަށް ބިޒްނަސް ވިސާ އާއި ވޯކް ޕާމިޓް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ބައެއް ކުންފުނިތަކުން ބުނެފި އެވެ.

ރާއްޖޭގެ ބޮޑު ކުންފުންޏެއްގެ އެޗްއާރު މެނޭޖަރު ރާއްޖެއެމްވީއަށް ވިދާޅުވި ގޮތުގައި އެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން މިހާރު ޗުއްޓީގައި ތިބި އިންޑިއާގެ ބައެއް މުވައްޒަފުންނަށް ރާއްޖެ ނާދެވިފައިވާ ކަމަށާއި އަދި ރާއްޖޭގައި ތިބި ބައެއް މުވައްޒަފުންގެ ވިސާ އާ ވެސް ނުކުރެވުނު ކަމަށެވެ.

"މިހާރު ދެ ހަފުތާއަށް ވުރެ ގިނަ ދުވަސް ވެއްޖެ މިކަމުގައި، ވިސާ ނުލިބި އުޅެންޖެހޭތަން. އިމިގްރޭޝަނުން ވިދާޅުވީ މި ދުވަސްކޮޅުގެ ކަމެކޭ،" އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން ބިޒްނަސް ވިސާ ތިން ދުވަސްތެރޭގައި ލިބޭ."

އެހެން ދެ ކުންފުންޏަކުން ވެސް މައުލޫމާތު ދިން ގޮތުގައި އެ ކުންފުނިތަކުން ހިންގުމަށް ރާވާފައިވާ މަސައްކަތަކަށް އިންޑިއާގެ ފަންނީ ބޭފުޅުންތަކެއް ގެނައުން ހުއްޓިފައިވަނީ ބިޒްނަސް ވިސާ ނުލިބިގެން ކަމަށެވެ.

"މިއީ ވަރަށް ބޮޑު ގެއްލުމެއް، ވިޔަފާރިތަކަށް މިދަނީ ވަރަށް ބޮޑު ގެއްލުން ލިބެމުން. އަޅުގަނޑުމެންނަށް ވިސާ ނުލިބިއްޖެ ނަމަ ރާވާފައިވާ މަސައްކަތް ޖެހޭނީ ހުއްޓާލަން،" ނަން ނުޖެހުމަށް ޝަރުތުކޮށް، ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.

މި މައްސަލައާ ގުޅޭ ގޮތުން، އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަންވަރު ވިދާޅުވީ އިންޑިއާގެ ރައްޔިތުންނަށް ބިޒްނަސް ވިސާ ދިނުން ހުއްޓާނުލާ ކަމަށެވެ. ބިޒްނަސް ވިސާ ދޫކުރާ އުސޫލުތަކަށް ބަދަލުތަކެއް މިދުވަސްވަރު ގެނެސްފައި ނުވާކަމަށް އޭނާ ވިދާޅެއް ނުވެ އެވެ.

"ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް އިމްގްރޭޝަންގެ އުސޫލުތަކަށް ބަދަލު ގެންނަނާނެ،" ބިޒްނަސް ވިސާ ދޫކުރާ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފައިވޭތޯ ސުވާލުކުރުމުން، އަންވަރު ވިދާޅުވި އެވެ.

އިންޑިއާގެ ރައްޔިތުންނަށް ބިޒްނަސް ވިސާ ލިބުމަށް ދަތިތަކެއް ކުރިމަތިވެފައި މިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު ކޯޓް އަމުރު ތަންފީޒުކުރަން އިންޑިއާ ސަރުކާރުން ވަރަށް ބޮޑަށް ބާރު އަޅަމުންދާ ދަނޑިވަޅެއްގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް