12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:01
މެންދުރު 12:04
އަސްރު 15:24
މަޣްރިބް 17:58
އިޝާ 19:15

ލ.ގަން

ސިފައިން ފުރުޝަތު ދީފިނަމަ، އަދުރޭގެ ސައިޒު ދައްކާލާނަން: ގަމު ކައުންސިލްގެ ރައީސް

  • މުޒާހާރާއަށް ހުރަސް އަޅާފައި ވަނީ ރައިޓްގިއަރުގައި ތިބި ސިފައިން
  • ސިފައިން ހުރަސް އެޅީ އަދުރޭ އަންގައިގެން ކަމަށް ޝިޔާމް ވިދާޅުވި
  • އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ
މުހަންމަދު ވިސާމް | sampathmasiw

| 9 މާރޗް 2018 | ހުކުރު 18:49 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  3. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  4. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  5. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  8. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި


ލ،ގަމުގައި ބޭއްވި މުޒާހަރާއަށް ސިފައިން ހުރަސް އަޅަނީ -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ހައްދުންމަތީ ގަމުގައި ކުރިއަށް ގެންދާ މުޒާހަރާގެ ބައިވެރިންނަން ފޮނަދޫއަށް ދިއުމަށް ފުރުޝަތު ދީފި ނަމަ، ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ލީޑަރ އަބްދުއްރަހީމް އަބްދުﷲގެ އަސްލު ސައިޒު ދައްކާލާނެ ކަމަށް ގަމު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ހަވީރު ގަމު ތުނޑީ އަވަށުގެ ހަރުގެ ކައިރިން ފެށި ވެހިކަލްބުރަށް ރައިޓް ގިއަރުގައި ތިބި ސިފައިން ވަނީ މާއްދުއާއި ކައްދޫ ގުޅޭ ކޯސްވޭ ކުރިމަތިން ހުރަސް އަޅާފައެވެ. ސިފައިން ސީޓްތަކާއި އެކު އެ މަގު ބަންދު ކުރުމުން ވެހިކަލް ބުރު މުޒާހަރާއަށް ބަދަލުވެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ލ،ގަމުގައި ބޭއްވި މުޒާހަރާއަށް ސިފައިން ހުރަސް އަޅަނީ

ސިފައިން ހުރަސް އެޅުމާއި ގުޅިގެން ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ގަމު ކައުންސިލްގެ ރައީސް ޝިޔާމް ވިދާޅުވީ ސިފައިން މުޒާހަރާގެ ބައިވެރިނަން ހުރަސް އެޅީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަންގައިގެން ކަމަށެވެ. އަދި ލ. ގަމުގައި ތިބި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއީދުކުރާ ރައްޔިތުންނަން ފޮނަދޫއަށް އަރަށް ފުރުޝަތުދޭން ސިފައިންނަން ނުކުރޭނެ ކަމަށާއި، އެ ފުރުޝަތު ލިބެއްޖެނަމަ އަބްދުއްރަހީމްއަށް ތާއީދުނެތްކަށް ހާމަވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ އަބްދުއްރަހީމްގެ އުފަން ރަށް އަދި އެބޭފުޅާގެ ދާއިރާގައި ވެސް އަބްދުއްރަހީމަށް މިހާރު ތާއީދު ނެތް ކަމަށެވެ.

ހުކުރު ދުވަހު ހަވީރު ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއީދުކުރާ މުޒާހަރާގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިކަން ފާހަގަ ކޮށްލެވެއެވެ. ސިފައިން މުޒާހަރާގެ ބައިވެރިންން ހުރަސް އެޅިނަމަވެސް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް in[email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ފަސީ

9 މަސް ކުރިން

އަދުރޭއަށް އެނގޭނީ އަދުރޭ ލ. ގަމާ ފުނަދުއާ ތަފާތު ކުރާ ވަރު އެހެން ވީމަ އަދުރޭ އަމިއްލައަށް ބިރު ގަންނާނެ

0
0