19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45

ވަކިން ލޯބިން

ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!

  • ފިލްމުގެ މައި ރޯލުތަކުން ފެންނާނީ މުޙައްމަދު ޖުމައްޔިލް (ޖުމަލް)، މަރިޔަމް މަޖުދާ (މަޖޫ)، ނުޒުހަތު ޝުޢައިބު (ނުޒޫ)
  • މިއީ އާއިލީ މައްސަލަތަކެއް ހިމަނައިގެން ގެނެސްދޭ ލޯބީގެ ފިލްމެއް
އިސްމާއިލް ނާއިލް ނަޝީދު | @IxmaealNaail

| 4 މާރޗް 2018 | އާދީއްތަ 10:57 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  5. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  6. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  7. ބްރޯޑްކޮމް މިހާރު ހުދުކާފޫރަށް ވީތޯ؟
  8. ބޮޑު ހިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންތައް ނަގައިފި


ވަކިން ލޯބިންގެ މަންޒަރެއް -- ޑާކް ރެއިން އެންޓަރޓެއިންމަންޓް

ރޭޓިންގ:4.7/5 

 

--------------------------------------------

ޖޮންރާ: ފެމިލީ ޑްރާމާ

ކާސްޓް: މުޙައްމަދު ޖުމައްޔިލް (ޖުމަލް)، މަރިޔަމް މަޖުދާ (މަޖޫ)، ނުޒުހަތު ޝުޢައިބު (ނުޒޫ)

ސަޕޯޓިން ކާސްޓް: ޚަދީޖާ އިބްރާހިމް ދީދީ (ކުޑަ ހައްޖަ)، ޢަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، އަޙުމަދު ސުނީ، އިބްރާހިމް އަމާން ހުސައިން، މައިޝާ އަޙުމަދު، ހަސަން މަނިކު، އަޙުމަދު ޝާކިރު (ޝާއްކޮ)، މަރިޔަމް ޝަކީލާ އާދަމް، އާޒިމް (އާޒިމްބެ)، އަލީ ފާރޫޤު، މަރިޔަމް ސާޖިޔަތު، އާދަމް ރިޒްވީ، މާރިއާ ޓެރެސާ ޕަގާނޯ، ޢަބްދުﷲ އަޒާން، ޢަބްދުﷲ ހުސައިން، އަބޫ ސައީދު، ސާޔާ އާޒަރު

ޗައިލްޑް އާޓިސްޓްސް: މަރިޔަމް ޔާލާ ޝިފާއު، އައިޝަތު ޝުއުއާ ޝާނީޒް، މާހްރީން މުޙައްމަދު އަލީ، ކައިލީން މުޙައްމަދު އަލީ، މުޙައްމަދު ނާއިލް، މިކާ ޝަހުލީން، ނާބިތު އިސްމާއިލް

ޕްރޮޑިއުސްކުރީ: މުޙައްމަދު އަލީ (މޮގަރ)، އައިޝަތު ފުވާދު

ވާހަކަ / ސްކްރީންޕްލޭ: އައިޝަތު ފުވާދު

ޑައިރެކްޓަރ: އަލީ ޝިފާއު (ޗިއްޕެ)

މިއުޒިކް: މުޙައްމަދު އިކްރާމް

ސިނަމަޓޯގްރަފީ: އަލީ ޝިފާއު (ޗިއްޕެ)، އަޙުމަދު ޝިނާން

ޕްލޮޓް:

ވަކިން ލޯބިން އަކީ އިޖުތިމާޢީ މައްސަލަތަކާއި، މުޖުތަމަޢީ ދަރަޖަކުރުމާއި، ދަރިންގެ ޙައްޤުތަކާއި، މަކަރުވެރިކަމާއި، ހަސަދައިގެ ވަށައިގެން އެނބުރޭ ލޯބީގެ ތިނެސްކަން ވާހަކައެކެވެ.

ނޯޓް: މި ރިވިއުގައި ފިލްމުގެ ޕްލޮޓް ތަފްޞީލްކޮށްފައި ނުވަނީ މިއީ އަދި ރިލީޒް ނުކުރާ ފިލްމަކަށް ވާތީއެވެ.

ވާހަކަ:

މި ފިލްމަކީ، ފިލްމުގެ އެކި ހިސާބުން މާޒީގެ ތެރެއަށް ޓައިމްޖަމްޕްވެސް ކުރާ ފިލްމަކަށް ވާއިރު، ވާހަކައިގައި ޓައިމް ޖަމްޕް ބޭނުންކޮށްފައިވާ ފުރިހަމަކަމަކީ ފާހަގަކުރަން ޖެހޭ ކަމެކެވެ.

ފިލްމުގެ އެކި ހިސާބުތަކުގައި ހީވެސް ނުކުރާ ކަހަލަ ޓުވިސްޓުތައް ގެނެސްދައިވާއިރު، އުފާވެރި ނަމަވެސް، ފިލްމުގެ އެންމެ ފަހު ސީންގައި ހިމެނޭ އެ ޓުވިސްޓަކީ މުޅި ފިލްމުގައިވެސް އެންމެ ފާހަގަކޮށްލެވޭ ޓުވިސްޓެވެ.

ފިލްމުގައި ކުދިކުދި ތަފްޞީލުތަކަށް ވިސްނާފައިވާ މިންވަރުގެ ސަބަބުން ފިލްމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދެއެވެ.

ކޯޓުރޫމްތަކުގެ އެތެރެފަދަ ބައެއް ތަންތަން މިހާތަނަށް ދިވެހި ފިލްމުތަކުން ފެނިގެން ގޮސްފައި ނުވި ނަމަވެސް، މި ފލްމުގައި އެފަދަ މަންޒަރުތައް ހިމެނިގެން ދިޔަ ދިއުމަކީ ފިލްމް އިންޑަސްޓްރީ ކުރިއަށް އެޅި ފިޔަވަޅެކެވެ.

އެކްޓިންގ:

މި ފިލްމުގައި ހަރަކާތްތެރިވެފައިވާ ފަންނާނުންނަކީ ދާއިރާއަށް ޒުވާން ނަމަވެސް މިވަގުތު ދާއިރާގައި ތިބި އެންމެ ހުނަރުވެރި ފަންނާނުންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

ފިލްމުގެ މައި ކެރެކްޓަރއެއްގެ ގޮތުގައި ފެނިގެންދާ ޖުމައްޔިލް އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ވަރސަޓައިލް އެއް އެކްޓަރަށްވާއިރު، ވަކިން ލޯބިންގައިވެސް ޖުމަލްގެ ފަރާތުން ފެނިގެން ގޮސްފައިވާ އެކްޓިންގ އަކީ އޭނާގެ އެކްޓިންގެ ފުރިހަމަކަން ޔަޤީންކޮށްދިން ކަމެކެވެ. ޚާއްސަކޮށް، މާލޭގެ ހަލަބޮލި ދިރިއުޅުމަށް ޖުމަލް ހޭނިގެންދާ ދިއުމުގައި އޭނަގެ މޫނުމަތިން ދައްކާ ކުލަވަރުތައް ފާހަގަކޮށްލެވެ.

މަޖޫއަކީވެސް މޮޅު އެކްޓްރެސްއަކަށް ވާއިރު، ފިލްމުގެ ކުރީ ބަޔާއި ފަހުބައިގައި މަޖޫގެ ފަރަތުން ފެނިގެންދިޔަ އެކްޓިންގ، އެ ހާލަތާއި ގުޅޭގޮތަށް ބަދަލުކުރުމަށް މަސައްކަތްކޮށް، އެކަން ކާމިޔާބުކޮށްފައިވާކަން ފާހަގަވިއެވެ. މުޅި ފިލްމުގައި މަޖޫގެ އެންމެ ވަރުގަދަ ސީންއެއްގެ ގޮތުގައި ފާހަގަވީ ވަރިކޮށް ގޭން ނެރެލުމުގެ ކުރިން ކޮޓަރި ތެރޭގައި އެ ފެނިގެންދާ ސީންއެވެ.

ނުޒޫ އަކީ މިހާރު ފިލްމީ ދާއިރާގައި އަރަމުން އަންނަ އެންމެ ކުޅަދާނަ އެއް ފަންނާނެވެ. މި ފިލްމުގައި އެންމެ ފުރިހަމައަށް ކެރެކްޓަރ ޑެލިވަރކޮށްދެވިފައިވަނީ ނުޒޫއަށެވެ. އެކްޓް ކުރަމުން، ޑައިލޮގް ކިޔަމުންދާއިރު، ފަސޭހަ ކަމާއިއެކު ނުޒޫގެ މޫނުމަތިން ދައްކާފައިއި އެވާ މައިކްރޯ އެކްސްޕްރެޝަންތައް އެއީ ވަރަށް ތަޖުރިބާކާރު ފަންނާނެއްގެ ފުށުން މެނުވީ ފެނުން ނާދިރު އެކްސްޕްރެޝަން ތަކެކެވެ. ފިލްމު ފެށިގެން ނިމެންދެން، ވަކިވަކިން ސީންތައް އަޅައިކީނަމަވެސް، ފިލްމުގައި އެންމެ ފާހަގަކޮށްލެވެނީ ނުޒޫގެ އެ ސައިކޮޓިކް މައިކްރޯ އެކްސްޕްރެޝަންތަކެވެ.

ފިލްމުގައި މުހިއްމު ރޯލުތަކުން ފެނިފައިވާ އެހެން ފަރާތްތަކަށް ބަލާއިރު ފިލްމުގައި ޗައިލްޑް އާޓިސްޓުންގެ ގޮތުގައި ހަރަކާތްތެރިވި ކުދިންގެ ފަރާތުންވެސް ފެނިގެންދިޔައީ އުއްމީދީ އެކްޓިންގއެކެވެ. ކުރިއެކޭ އެއްގޮތަށް ކުޑަ ހައްޖަގެ އެކްޓިންގް ކެރެކްޓަރ އާއި ބަލާއިރު ވަރަށް ފުރިހަމައަށް ވަނީ ޑެލިވަރކޮށްދީފައެވެ.

ބުލެޓް އާއި ވިސްކީގެ ރޯލު ފިލްމުގައި ހިމަނާފައިވަނީ ފިލްމަށް ކޮންމެވެސް ވަރެއްގެ ކޮމިކް ބައެއް ގެނައުމަށް ނަމަވެސް، އެ ދެ ކެރެކްޓަރވެސް ފާހަގަވެގެން ދިޔައީ ފިލްމަށް މުހިއްމު ދެ ރޯލުގެ ގޮތުގައެވެ. އަދި އެ ދެ ކެރކްޓަރ އެންމެ ފުރިހަމައަށް ގެނެސްދިނުމަށް ސުނީ އާއި ފުބޫ ކޮށްފައިވާ މަސައްކަތް ފާހަގަކުރެވެއެވެ. ޚާއްސަކޮށް ފުބޫ، ވިސްކީގެ ރޯލަށް ކޮށްފައިވާ މަސައްކަތް ފާހަގަކުރެވެއެވެ.

ޖުމްލަގޮތެއްގައި ފިލްމުގެ އެހެނިހެން ކެރެކްޓަރތައް ކުޅެފައިވާ ފަރާތްތަކުގެ އެކްޓިންގއަށް ބަލާއިރު، ކޮންމެ ކެރެކްޓަރއެއްވެސް ވަރަށް ފުރިހަމައަށް ގެނެސްދޭން މަސައްކަތް ކޮށްފައިވާކަން ފާހަގަވިއެވެ.

ކެމެރާގެ ފަހަތުން:

ވަކިން ލޯބިން ސްކްރީނާއި ހަމައަށް ގެނެސްދިނުމަށްޓަކައި ކެމެރާގެ ފުރަގަހުގައި ކޮށްފައިވާ މަސައްކަތުގެ ބުރަކަމަށް، ސްކްރީނުން އެ ފެންނަ މަންޒަރުތައް ހެކިދެއެވެ. މި ފިލްމުން ޑައިރެކްޝަން މިސްޓޭކްސްއަށް ކިޔާވަރުގެ ކަމެއް ފާހަގަވެގެން ނުދިޔައިރު، ފިލްމުގެ ސިނަމަޓޯގްރަފީގެ ފުރިހަމަކަމުގެ ވާހަކަ ފާހަގަކުރުމަށް ވަކިން އާޓިކަލްއެއް ލިޔާހާވެސް ވެއެވެ. ކުދިކުދި ޑީޓެއިލްތަކަށް ދީފައިވާ މުހިއްމުކަމާއި، ކޮންޓިނިއުއިޓީ ހިފެހެއްޓުމަށް ކޮށްފައިވާ މަސައްކަތް ވަރަށް ބޮޑަށް ފާހަގަވިއެވެ.

މުޅި ފިލްމުގެ ކަލަރ ޓޯން އާއި ފިލްމުގައި ހިމެނޭ ލަވަތަކުގެ ކަލަރ ޓޯން ތަފާތު ކޮށްފައިހުރުމަކީ ބައެއް ފަރާތްތަކަށް، ނެގެޓިވް ކަމެއްގެ ގޮތުގައި ފާހަގަވެދާނެ ކަމެކެވެ. ނަމަވެސް ކޮމަރޝަލް ޕްރޮޑަކްޓެއްގެ ގޮތުގަ އައި ލަވައިގެ ފީލް އާއި އެ ދައްކާ މަންޒަރުތަކުގެ ރީތިކަން އޭގެ އެންމެ ފުންމިނަށް ގެނެސްދިނުމަށްޓަކައި ނަގާފައިވާ އެ ރިސްކަށް އައްސަރިބަހާއި ސާބަހެވެ.

ޖުމްލަކޮށް ބުނާނަމަ، ކެރެކްޓަރ ޑިވެލޮޕްމެންޓާއި، ކެރެކްޓަރ ބިލްޑިންގ އެލެމެންޓްސް ބޭނުންކޮށްފައިވާގޮތް ރަނގަޅުކަމަށް ފާހަގަކުރެވުނެވެ.

ފިލްމުގައި ބޭނުންކޮށްފައިވާ ކޮސްޓިއުމްތަކުގެ ނެޗުރަލްކަމާއި، އެލެގަންޓްކަން ފާހަގަކޮށްލެވެއެވެ.

މި ފިލްމުގެ ލަވަތަކާއި، މުޅި ފިލްމުގެ ބެކްމިއުޒިކަށް ބަލާއިރު، މައިގަނޑު ގޮތެއްގައި މުޅި ފިލްމުގެ ސައުންޑް ރީތިވެފައި، ލަވަތައް ވަރަށް ފުރިހަމަކަން ފާހަގަކުރަމެވެ.

ފަހުބަސް:

ޒަމާނުއްސުރެ ދިވެހި އޯޑިއެންސަށް މެލޯޑްރާމާ ދައްކާފައިވަނީ ފެމިލީ ޑްރާމާގެ ގޮތުގައެވެ. އިންތިހާއަށް މެލޯޑްރެމެޓިކް ނުވެ، ލޯބީގެ ފިލްމެއްވެސް ނުކުޅެވޭ ކަމަށް އޮތީ ވެފައެވެ. ޑާކްރެއިން އިން އެންމެ ފަހު ވިންދާ ޖެހެންދެން އާއި އެކު ފެށި ޖުމަލް-މަޖޫ ޓްރިއޮލޮޖީ މި ފިލްމުން ނިންމާލާއިރު، އެ ވިސްނުން މިވަނީ ބަދަލުކޮށްފައެވެ. މެލޯޑްރެމެޓިކް ނުވެ، ކަލާ ކަލާ ނުވެވެސް ލޯބީގެ ފިލްމެއް އޯޑިއެންސާއި ހަމައަށް ގެނެވިދާނެ ކަމާއި، ސީދާ ދޮންމަންމަ އަކާއި ނުލައި އާއިލީ ޑްރާމާއެއްވެސް ދެއްކިދާނެކަން މި ފިލްމުން ދައްކައިދެއެވެ.

މިއީ ދިވެހި ސިނަމާއަށް އަނެއްކާވެސް ޑާކްރެއިންއިން ގެންނަ އިންގިލާބެކެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް