17 ނޮވެންބަރު 2018 | ހޮނިހިރު | 05 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ސިއްހީ ދިރާސާ

މޫދަށް ދިޔުމަކީ ބަލިތައް ފަސޭހައިން ޖެހޭ ސަބަބެއް!

  • ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވަނީ އައްސޭރި ފެށުގެ ބައެއް ސަރަހައްދުތައް ތަޣައްޔަރުވުމުގެ ސަބަބުން
މިއުވާން މުހައްމަދު | @Miuvaan

| 1 މާރޗް 2018 | ބުރާސްފަތި 10:55 | |

މަގުބޫލް

  1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  7. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


ފަތަން ދާ ސަރަހައްދަކީ ރައްކާތެރި، ސާފު ސަރަހައްދެއްތޯ ބަލަން ޖެހޭ -- ގެޓީ އިމޭޖާސް

މޫދަށް ދާ މީހުންގެ މެދުގައި ބައެއް ބަލިތައް ފެތުރުން އިތުރު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާތުގެ އެކްޒެޓަރ ޔުނިވަރސިޓީ އިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި މޫދަށް ދާ މީހުންނަށް ކަންފަތުގައި ރިއްސުމާއި، ބަނޑަށް އުނދަގޫވުމުގެ ބަލިތައް ޖެހުން، މޫދަށް ނުދާ މީހުންނަށް ވުރެ އިތުރެވެ.

އެގޮތުން އެ ދިރާސާ އިން ދައްކާ ގޮތުގައި މޫދަށް ދާ މީހުންގެ ކަންފަތުގެ ރިއްސުމުގެ ފުރުސަތު 77 އިންސައްތަ އިތުރުވާއިރު، ބަނޑަށް އުނދަގޫވުމާއި، ގޮހޮރުގެ ބަލިތައް ޖެހުމުގެ ފުރުސަތު 29 އިންސައްތަ އިތުރުވެއެވެ. 

މިދިރާސާއަކީ މީގެ ކުރިން ހެދިފައިވާ 19 ދިރާސާއެއްގެ މައްޗަށް ބިނާކޮށް ހެދުނު ދިރާސާއެކެވެ. އަދި ދިރާސާ ހަދާފައި ވަނީ އިނގިރޭސިވިލާތުގެ އިތުރުން ތަރައްޤީވެފައިވާ އެހެން ބައެއް ޤައުމުތަައް ކަމަށްވާ އެމެރިކާ، އޮސްޓްރޭލިއާ، ނިއުޒިލޭންޑް، ޑެންމާކް އަދި ނޯވޭ ފަދަ ބައެއް ޤައުމުތަކުން ހޯދި މައުލޫމާތުގެ އަލީގައެވެ. މި ޤައުމުތަކުން 120,000 (އެއްލައްކަ ވިހި ހާސް) މީހުންގެ މައުލޫމާތު މިދިރާސާގައި ބޭނުންކޮށްފައި ވެއެވެ.

ސައިންސްވެރިން ޤަބޫލުކުރާ ގޮތުގައި މޫދަށް ދިޔުމުގެ ސަބަބުން ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވަނީ ތަޣައްޔަރުވެފައިވާ ސަރަހައްދުތަކަށް މޫދަށް ދިޔުމުންނެވެ. އެގޮތުން ބައެއް ފެކްޓަރީތަކާއި އެހެން ތަންތަނުން ބޭރުކުރާ ވިހަ މާއްދާތައް ބައެއް ޤައުމުތަކުގައި އައްސޭރި ފަށާއި ކައިރިން މޫދަށް ދޫކުރަމުންދާއިރު، ނަރުދަމާގެ ނިޒާމުތަކުން މޫދަށް ދާ ނަޖިހުގެ ސަބަބުން ވެސް އައްސޭރި ފަށުގައި މޫދަށް ދާ މީހުންނަށް ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑެވެ. 

މޫދަށް ދިޔުމުން ބައެއް ބަލިތަައް ޖެހުމުގެ ފުރުސަތު ބޮޑުވި ނަމަވެސް، ސައިންސްވެރިން ޤަބޫލުކުރާ ގޮތުގައި މޫދަށް ދިޔުމަކީ އޭގެ ސަބަބުން ހަށިގަނޑުގެ ދުޅަހެޔޮކޮށް ބޮޑެތި ފައިދާތަކެއް ލިބޭ ކަމެކެވެ. އަދި މޫދު ސާފު ސަރަހައްދުތަކަށް ފަތަން ދިޔުމަކީ ސައިންސްވެރިންނާއި ޑޮކްޓަރުން ވެސް ބާރުއަޅާ ކަމެކެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ވިސްނުންތެރި

8 މަސް ކުރިން

ވަރަށް ރަނގަޅު ލިޔުމެއް. މި ދިރާސާގެ އަލީގައި ރާއްޖޭގެ މޫދުތައް ތަޣައްރުވުމުގެ ސަބަބުން ފެތުރޭ ބަލިތައް ބަލައި، އެކަމާއި ބެހޭ ލިޔުމެއް ފެންނާނެ ކަމުގައި އުއްމީދުކުރަން

1
0