20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ފަތިސް 04:44
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:14
ޢިޝާ 19:27

ކުއްލި ނުރައްކަލުގެ ހާލަތު

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

  • ހައްޔަރުކުރި ސިފައިންގެ މައްޗަށް ތުހްމަތުކޮށްފައި ވަނީ ބަޔަކަށް މައުލޫމާތު ފޯރުކޮށްދިން ކަމަށް
  • އެކަހެރިކޮށްފައި ބަހައްޓާފައި ތިބީ ގިރިފުށީގައި
  • ކުއްލި ނުރައްކަލުގެ ހާލަތުވަނީ އިއުލާން ކޮށްފައި
ހުސެން ފިޔާޒް | hussainfiyaz

| 25 ފެބުރުވަރީ 2018 | އާދީއްތަ 11:36 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  5. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


ސިފައިންގެ ބޭކަލުން ދުވުމެއްގައި -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ބައެއް ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިން ކަމުގެ ތުހްމަތުގައި އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް ހަތް އޮފިސަރަކު ހައްޔަރުކޮށްފި އެވެ.

އެސްޕީޖީގެ ބައެއް އޮފިސަރުން ބުނި ގޮތުގައި ހައްޔަރުކުރި ބައެއް މީހުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ބޮޑީގާޑް އަހްމަދު ޝާނީޒާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑަކަށް އުޅުނު ސިމާދު އަހްމަދާއި ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓާ އެސްޕީޖީގެ ސުޖާއު އަދި އަފްޒާން އެވެ. 

ހައްޔަރުކޮށްފައި ތިބި އަނެއް ތިން އޮފިސަރުންގެ ނަމެއް އަދި ނޭނގެ އެވެ.

ސިފައިން ހައްޔަރުކުރަމުން މިދަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓް އަސްކަރިއްޔާއިން ހިސޯރު ކުުރުމަށް ފަހު އެވެ.

ހައްޔަރުކޮށްފައިވާ ސިފައިންނާ ގުޅޭ އެއްވެސް މައުލޫމާތެއް އެމްއެންޑީއެފުން ހާމައެއް ނުކުރެ އެވެ.

އެސްޕީޖީގައި ކުރިން މަސައްކަތްކުރުމަށް ފަހު، މި ސަރުކާރުގެ އިސްވެރިންގެ އަރިހުގައި މަސައްކަތްކުރައްވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ހައްޔަރު ކޮށްފައިވާ ސިފައިންގެ ހަތް މީހުން ވެސް ބައިތިއްބައިފައި ތިބީ ސިފައިންގެ ތަމްރީނުތައް ހެދުމަށް ބޭނުންކުރާ ކ. އަތޮޅު ގިރިފުށީގަ އެވެ.

"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެ މީހުން ތިބީ އެކަހެރިކޮށްފައި. ފޯނުން މުއާމަލާތެއް ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.

ހައްޔަރުކޮށްފައިވާ ސިފައިންގެ އޮފިސަރުންނާ ބެހޭ ގޮތުން، އެމްއެންޑީއެފުން އެ އާއިލާތަކަށް މައުލޫމާތު ދީފައިވަނީ ހައްޔަރުނުކުރާ ކަމަށާ ތިބީ "ޑިއުޓީ"ގައި ކަމަށެވެ. ނަމަވެސް އާއިލާއަށް ވެސް އެ މީހުންނާ މުއާމަލާތެއް ނުކުރެވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް