22 މެއި 2018 | އަންގާރަ | 03 ރޯނު

އަލިފާނުގެ ހާދިސާ

ސްޓެލްކޯގެ ސަބް ސްޓޭޝަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

  • އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އިން ވަނީ އަލިފާންގަނޑު ނިއްވާލާފައި
މުޙައްމަދު ޒާހިރު | @MohamedZaahir

| 15 ފެބުރުވަރީ 2018 | ބުރާސްފަތި 05:29 | |ފާށަނާ ކިލެގެ މަގުގައި ހުންނަ ސްޓެލްކޯގެ 50 ނަމްބަރު ސަބް ސްޓޭޝަންގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ހަރަކާތްތެރިވަނީ -- ރާއްޖެއެމްވީ ފޮޓޯ : މުޙައްމަދު ޒާހިރު

ފާޝަނާ ކިލެގެ މަގުގައި ކުރިން އިންޖީނުގެ ހިންގި ބިމުގައި ހުރި ސްޓެލްކޯގެ (ފަންސާސް ނަމްބަރު) ސަބް ސްޓޭޝަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އަށް އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ ފަތިހު 04:39 ގައި ކަމަށެވެ. އަދި އަލިފާން ރޯވެފައިވަނީ ގަލޮޅު ސިޓީ ޕާކްގެ ހުޅަނގުން އޮންނަ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ސަބް ސްޓޭޝަނެއްގައި ކަމަށާއި، އެތަނުގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އިން ނިވާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މަންޒަރު ދުށް ބައެއް ފަރާތްތަކުން ވަނީ، އެތަނުގައި ބަޔަކު ގަސްތުގައި އަލިފާން ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި، އެވަގުތު އެސަރަހައްދުގައި ހަރަކާތްތެރިވި އާއްމުންގެ ބަޔަކު، އެތަނުގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތު ކުރެވޭ ބަޔަކު ހިފަހައްޓާ ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، ފުލުހުން އަދި އެކަން ކަށަވަރު ކޮށްދީފައެއްނުވެއެވެ.

މިހާދިސާ އާއި ގުޅޭ އިތުރު ތަފްސީލް ހާމަކުރާނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް