22 މެއި 2018 | އަންގާރަ | 03 ރޯނު

ކުއްލި ނުރައްކަލުގެ ހާލަތު

ޝިޔާމަށް ސަލާމަތެއް ނެތް، ހުރީ ސުޕްރީމް ކޯޓުގެ އަމުރުގެ ދަށުވެފައި: އަމީތް

  • މާދަމާ ހާލަތު ބަދަލުވުމުންވެސް ސީދާ ޖަލަށް ދާންޖެހޭ އެއް ބޭފުޅަކީ ޝިޔާމް
  • މިއަދު އަމަލު ކުރައްވަނީ އަމިއްލަ ޖާހަތާއި ސަލާމަތްކަން ހޯދުމަށް
  • އެކަން ކުރައްވަނީ އެމްއެންޑީއެފް ތެރޭގައި ތިބި މަދު ބައެއްގެ ބޭނުން ކޮށްގެން
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 15 ފެބުރުވަރީ 2018 | ބުރާސްފަތި 04:23 | |މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތް -- ރާއްޖެއެމްވީ ފޮޓޯ : ރިޒުނާ ޒަރީރު

ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމަށް މިއަދު ސަލާމަތެއް ނެތް ކަމަށާއި ޝިޔާމް ހުންނެވީ ސުޕްރީމް ކޯޓުގެ އަމުރު ދަށުވެފައި ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ސުންގަޑި ޕްރޮގްރާމުގައި ވާހަކަދައްކަަވަމުން އަމީތު ވިދާޅުވީ، ޝިޔާމް މިއަދު ހުންނެވީ ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ދަށުވެފައި ކަމަށާއި ހުކުމްގައި ކަނޑައަޅައިފައިވާ ކަންކަން ކުރުމަށް ހުރަސްއެޅި އެއް ފަރަތާކީ ޝިޔާމް ކަމަށެެވެ.

އަމީތް ވިދާޅުވީ މާދަމާ ހާލަތު ބަދަލުވުމުންވެސް ސީދާ ޖަލަށް ދާންޖެހޭ އެއް ބޭފުޅަކީ ޝިޔާމް ކަމަށާއި މިއަދު އޭނާ އަމަލު ކުރަނީ އޭނާގެ ޖާހަތާއި ސަލާމަތަށްޓަކާ ކަމަށެވެ. އަދި އެކަން ކުރައްވަނީ އެމްއެންޑީއެފް ތެރޭގައި ތިބި މަދު ބައެއްގެ ބޭނުން ކޮށްގެން ކަމަށް އަމީތް ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާތައް ނުބާއްވާ، މަޖިލީހުގެ މެންބަރުނަށް މަޖިލީހަށް ވަނަ ނުދީ، މަޖިލީހުގެ އެއްވެސް މަސައްކަތެއް ވިޔަ ނުދިނުމަކީ ހިފެހެއްޓުމުގެ ބާރެއް މަޖިލީހުގެ ރިޔާސަތައްވެސް މަޖިލީހުގެ އިދާރާއަށްވެސް އަދި ދިވެހި އަސްކަރިއްޔާ އަށް ވެސް ލިބިގެން ނުވާ ކަމަށް އަމީތް ވިދާޅުވި އެވެ.

" މަޖިލީސް މެންބަރުން މަޖިލީހަށް ވަނުމަށް ހުރަސް އެޅުމުގެ ގާނޫނީ އެއްވެސް ހައިސިއްޔަތެއް އޮތްތޯ އަޅުގަނޑުމެން ސުވާލު ކުރިން. އެގޮތަށް ސުވާލު ކުރުމުން ބޮލުން އިޝާރަތް ކުރައްވާ ވިދާޅުވޭ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށް. އަޅުގަނޑުމެން ދެން ސުވާލު ކުރިން ދެން ކީއްވެގެންތޯ ތި ހުރަސް އަޅުއްވަަނީ. ވިދާޅުވި ތިމަންނާ މެންގެ އިސްކޮށް ތިއްބެވި ބޭފުޅުންގެ އަމުރު އައުމުންނޭ." އަމީތު ވިދާޅުވި އެވެ.

މަޖިލީހުގެ މެންބަރުންނަށް މަޖިލީހަށް ވަނަ ނުދިނުމަކީ ޣައިރު ގާނޫނީ އަމުރެއްގައި އެ ސަރަހައްދުގައިި ހަރަކާތްތެރިވާ ސިފައިންވެސް ގަބޫލު ކުރައްވާ ކަމަށާއި އެހެން ނަމަވެސް އެފުރުސަތު ދޭން އެބޭފުޅުން ބޭނުން ނުވާ ކަމަށް އަމީތު ވިދާޅުވި އެވެ. އަމީތު ވިދާޅުވީ ސިފައިންގެ ތެރެއިން މަޖިލީސް މެންބަރުންނަށް ހުރަސް އަޅަނީ ކޮންބައެއްކަން ވަރަށް ސާފުކޮށް މަޖިލީސް މެންބަރުންނަށް އެނގޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް