21 އޯގަސްޓު 2018 | އަންގާރަ | 12 މާ
10 ޛުލްޙިއްޖާ 1439
އިޝާ 19:31
މަޣްރިބް 18:18
އަސްރު 15:25
މެންދުރު 12:13
އިރުއަރާ 06:01
ފަތިސް 04:48

ކުއްލި ނުރައްކަލުގެ ހާލަތު

ޖެނެރަލް ޝިޔާމް އަކީ ޖަލު ޔުނީފޯމްގައި ޖަލަށް ދާނެ ބޭފުޅެއް: އިންތި

  • ޝިޔާމް އަކީ ބޮޑުވެގެންވާ ކުށެއްގެ މަތީގައި މިވަގުތު ހުންނެވި ބޭފުޅެއް
  • ރައްޔިތުންނާ ޝިޔާމް ދައްކާނެ ވާހަކައެއް ނެތް
  • ރައްޔިތުންގެ މަޖިލީހުގައި ތަޅު އަޅުވައިގެން އުޅޭ އުޅުން ހުއްޓާލަންޖެހޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 15 ފެބުރުވަރީ 2018 | ބުރާސްފަތި 03:23 | |

މަގުބޫލް

  1. އިބޫއަށް ކުރުނބާ އުފުލައިދިން ޕިކަޕް ޑްރައިވަރަށް ވީގޮތުގެ ވާހަކަ
  2. ސަލާމަތީ ސަބަބުތަކަށްޓަކާ ރައީސްގެ ފްލައިޓުން މެމްބަރު ރިޔާޒު މާލެ ނުގެންނެވި!
  3. އުފަން ރަށުގެ ހޫނު މަރުޙަބާއިން ފައިސަލް އުފަލުން ރޮވިއްޖެ
  4. އަންހެންނަށް ކުޑައިމީސްވާ ފަދަ ބަސްފުޅެއް ރައީސް ޔާމީން ވިދާޅުވެއްޖެ!
  5. އިބޫގެ ބެނަރ ހަރުކުރުމަށް އެޗްޑީސީއާއި ފުލުހުން ހުރަސްއަޅައިފި
  6. އިބޫ ބޫޓާ އެކު ވެންނެވި ތަނަކީ ވީރާނާވާން ދޫކޮށްލާފައިވާ ކުރީގެ މިސްކިތެއް!
  7. ފިޔާތޮށި ކުލަ އެއްވެސް ފަރާތަކަށް ބޭނުން ނުކުރެވޭނޭ ކަމަށް ބުނެފި
  8. ބުދު ގެލެރީ އަދިވެސް ނުނަގާ، އަދިވެސް ބަރާބަރަށް އިޝްތިހާރު ކުރަނީ!


މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމަކީ ޖަލު ޔުނީފޯމުގައި ޖަލަށް ދާނެ ބޭފުޅެއް ކަމަށާއި އެމަނިކުފާނު ދިވެހި ތާރީހުން ފެނިގެން ދާނީ މެޑަލް ޖަހާފައި ކުލަ ބަރިތަކާ އެކުގައި ނޫން ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ރާއްޖެޓީވީން ކުރިއަށްގެންދާ ކަވަރޭޖްގައި ވާހަކަދައްކަވަމުން، އިންތި ވިދާޅުވީ ޝިޔާމް ރައްޔިތުންގެ ކުރިމަތީގައި ދައްކަން ޖެހޭ އެއްވެސް ވާހަކައެއް ނެތް ކަމަށާއި އެމަނިކުފާނުގެ ވާޖިބު އެއްވެސް ވަރަކަށް އަދާކުރެވެމުންނުދާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގައި ތަޅު އަޅުވައިގެން އުޅޭ އުޅުން ހުއްޓާލާ، ތަޅު ނައްޓުވާލަންވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރަހީނުކޮށްގެން އުޅޭ އުޅުމުން އެބޭފުޅުން ސަލަމާތްކޮށްދޭންވީ. ޝިޔާމް އަކީ ބޮޑުވެގެންވާ ކުށެއްގެ މަތީގައި މިވަގުތު ހުންނެވި ބޭފުޅެއް،" އިންތި ވިދާޅުވި އެވެ.

 އިންތި ވިދާޅުވީ، ދައުލަތުގެ އެއް ބާރު، ހިސޯރުކޮށްގެން މަޖިލީސް މެންބަރުންނަށް އެ އިދާރާއަށް ނުވަދެވޭނެ ގޮތް ހެއްދެވުމަކީ ގާނޫނީ ބޮޑު ކުށެއް ކަމަށާއި އެކަންކަން ކުރެއްވުމުގައި އުޅުއްވާ ހުރިހާ ފަރާތްތަކަކީވެސް ޖަލު ޔުނީފޯމްގައި ޖަލަށްދާނެ ފަރާތްތައް ކަމަށެވެ.

ރާއްޖެއިން މިއަދު މިފެންނަނީ އެންމެ ނުބައި މާފިއާ ފިލްމުތައް ހަދާ ފަރާތްތަކުންވެސް ނުހިމަނާ މަންޒަރެއް ކަމަށާއި މިއީ އެފަދަ ފިލްމުތަކުގެ ޕްރޮޑިއުސަރުންވެސް ޕްރޮމޯޓް ކުރަން ބޭނުން ނުވާ މަންޒަރު ކަމަށް އިންތި ވިދާޅުވި އެވެ.

އެފަދަ ފިލްމްތައް ހަދާ ފަރާތްތަކުންވެސް މީހަކު ހައްޔަރުކޮށް ހޯދުމަށްޓަކާއި އަނބިމީހާ ވަގަށް ނަގައިގެންދާ މަންޒަރު މިހާރު ނުފެންނަ ކަމަށާއި އެހެން ނަމަވެސް ރާއްޖޭގައި ފެނިގެން މިދަނީ މީހުން ހައްޔަރު ކުރުމުގައި ވެސް ގަބޫލު ނުކުރެވޭ ކަންކަން ކުރަމުންދާ މަންޒަރު ކަމަށް އިންތި ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: މުޙައްމަދު ޒާހިރު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް