17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ކުއްލި ނުރައްކަލުގެ ހާލަތު

މިއަދު ދިވެހި ފުލުހުންނާއި ސިފައިން ނޯ ސަރ އޭ ބުނަން އެބަޖެހޭ: އަލީ ހުސައިން

  • މަޖިލީހަށް ޑިފެންސް މިނިސްޓްރީއަށް އަތް ގަދަ އެއް ނުކުރެވޭނެ
  • ފުލުހުންނާއި ސިފައިން މިކަމަށް ވިސްނަން ޖެހޭ
  • ގާނޫނު ދެމެހެއްޓުމުގެ މަސައްކަތް ސަލާމަތީ ހިދުމަތަކުން ކުރަންޖެހޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 15 ފެބުރުވަރީ 2018 | ބުރާސްފަތި 03:17 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  7. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  8. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން


ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން -- އާކައިވް

ސިފައިންނާ ފުލުހުންނަށް ލިޔަން ކިޔަން އެނގޭ ކަމުގައިވާ ނަމަ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމަށް މަޖިލިސް ހިސާރުކުރަން ނުބުނެވޭނެކަން އެނގެންޖެހޭ ކަަމަށާއި އެކަމަށް ސިފައިން އަމިއްލައަށް ނޯ ސަރ އޭ ބުނަންޖެހޭ ކަމަށް ވެސް މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ރާއްޖެޓީވީން ކުރިއަށްގެންދާ ކަވަރޭޖްގައި ވާހަކަދައްކަވަމުން، އަލީ ހުސައިން ވިދާޅުވީ، ދިވެހި ރާއްޖޭގައި ގާއިމް ކުރެވިފައިވަނީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ކަމުގައި ބަޔާންކޮށްފައިވާ އިރު، ކަނޑައެޅިގެން ސިފައިންނާއި ފުލުހުންނަށް މަޖިލީހަށް އަތް ނުފޯރުވޭ އިރު އެކަން ކުރުމަށް އިސްވެރިން ގޮވާލި ނަމަވެސް މިޑްލް ރޭންޖްގައި ތިބި ސިފައިންނާއި ފުލުހުން އެކަމަށް ދެކޮޅު ހަދަންޖެހޭ ކަމަށެވެ.

"ގާނޫނުތަކާއި ކަނޑައެޅިގެން ހިލާފަށް ރައްޔިތުންގެ މަޖިލީސް ހިފަހައްޓައިގެން ފަނޑިޔާރުންތަކެއް ވަގަށް ނަގައިގެން މެންބަރުންތަކެއް ވަގަށް ނަގައިގެން ކުރީގެ ރައީސް މައުމޫން، ރައީސް ޔާމީންގެ މިއަދުގެ ބައްޕަ އެއީ. އެހެންވީމަ ބަފާ ޖަލަށްލައިގެން މިއުޅެނީ. އަމިއްލަ ބައްޕަ ޖަލަށް ލައިގެން ގާނޫނު އަސާސީއާއި ގާނޫނުތަކާ ހިލާފަށް ވެރިކަން ކުރާ އިރު އަޅުގަނޑު ހިތަށް އަރަނީ ދިވެހި ސިފައިންނާއި ފުލުހުންގެ ޒަމީރު ކޮބައިބާއޭ." އަލީ ހުސައިން ވިދާޅުވި އެވެ.

ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ސިފައިންނާއި ފުލުހުންނަށް ކޮންމެ ދުވަހަކަށް 7 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހެނީ ކީއްވެގެންތޯ އަދި ކީއްކުރަންތޯ މިއީ ރައްޔިތުން މިއަދު ސުވާލު އުފައްދާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: މުޙައްމަދު ޒާހިރު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް