22 މެއި 2018 | އަންގާރަ | 03 ރޯނު

އިދިކޮޅު ހަރަކާތް

މެމްބަރު މަހުލޫފާއި މުހަންމާ ދޫކޮށްލައިފި

  • ގިނަ ބަޔަކު އެއްވުމުގައި ބައިވެރިވެފައިވޭ
  • ބައެއް މެންބަރުންގެ މޫނަށް ޕެޕާ ސްޕްރޭ ޖަހާފައިވޭ
  • މީހުން ހައްޔަރުކުރަނީ ހަމައެކަނި އިދިކޮޅު ކޯލިޝަންގެ އެއްވުންތަކުން
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 15 ފެބުރުވަރީ 2018 | ބުރާސްފަތި 01:58 | |



މިރޭގެ އެއްވުމުން ހައްޔަރުކުރި މީހުން ދޫކޮށްލުމުން އެ މީހުންނަށް މަރުހަބާ ކިޔުމަށް ޕޮލިސް ހެޑްކްއާޓާޒް ކައިރިއަށް މީހުން އެއްވެފައި -- ޓްވިޓަރ

އިދިކޮޅު ކޯލިޝަނުން ބުދަ ދުވަހުގެ ރޭ މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފި އެވެ.

އެމްޑީޕީ ހަރުގެ ކައިރިން ހައްޔަރުކޮށް ވެހިކަލުގައި ފުލުހުންގެ މަރުކަޒަށް އެ ބޭފުޅުން ގެންދެވުމަށް ފަހު ދޫކޮށްލީ 12:30 ހާއިރު އެވެ. މަހްލޫފާއި މުހައްމާގެ އިތުރު ހައްޔަރުކުރި ވީޓީވީގެ މުވައްޒަފު ވެސް ދޫކޮށްލި އެވެ.

މަހްލޫފު ރާއްޖެއެމްވީއަށް ވިދާޅުވީ ފުލުހުން އަމަލުކުރާ ގޮތް ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށާއި އެ ބޭފުޅުންނާމެދު އަމަލުކުރީ ވަރަށް ރަނގަޅަށް ކަމަށެވެ. ފުލުހުންގެ ފަރާތުން ކުރިއަށް އޮތް ތަނުގައި ވެސް ރަނގަޅަށް ކަންކަން ފެނިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށ އޭނާ ވިދާޅުވި އެވެ.

ސިޔާސީ ނުވަ ބޭފުޅުން މިނިވަންކުރަން އަންގައި ސުޕްރީމް ކޯޓުން މި މަހުގެ 1 ގައި ނެރުނު އަމުރު ތަންފީޒުކުރަން ސަރުކާރަށް ގޮވާލައި ކޮންމެ ރެޔަކު ވެސް އިދިކޮޅު ކޯލިޝަނުން މުޒާހަރާކުރެ އެވެ. ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި ސިޔާސީ ބޭފުޅުންތަކެއް ދޫކުރުމަށް އަންގާފައިވީ ނަމަވެސް، ކުއްލި ހާލަތު އިއުލާނުކުރުމަށް ފަހު އަސްކަރިއްޔާއިން ސުޕްރީމް ކޯޓް ހިސޯރުކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، ކޯޓް އަމުރު އެ ބައި ބަދަލުކުރިވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ހާލަތުގައި އެއްވެ އުޅުމުގެ ހައްގު ހިފަހައްޓާފައިވާއިރު، ފުލުހުން ހުރަސް އަޅައި ހުއްޓުވަނީ އަދި މީހުން ހައްޔަރު ކުރަނީ ވެސް އިދިކޮޅު ކޯލިޝަންގެ އެއްވުންތަކުންނެވެ. ޕީޕީއެމްގެ އެއްވުންތަކުގައި ސިފައިންނާއި ފުލުހުން ދަނީ ސަލާމަތީ ކަންކަން ބަލަހައްޓައި ދެމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް