22 މެއި 2018 | އަންގާރަ | 03 ރޯނު

އިހުތިޖާޖް

ވީ މީޑިއާގެ ޓެކްނީޝަނެއް މުޒާހަރާ އިން ހައްޔަރު ކޮށްފި

  • ޓެކްނީޝަން ހައްޔަރުކޮށްފައި ވަނީ މުޒާހަރާ ކަވަރ ކުރަން އުޅެނިކޮށް
  • ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ ހައްޔަރު ކޮށްފައި
އަހުމަދު މުހުސިނު | dhonbandaara

| 14 ފެބުރުވަރީ 2018 | ބުދަ 23:39 | |އެމްޑީޕީ ހަރުގެ ސަރަހައްދުގައި މުޒާހަރާ ކުރަނީ -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ވީ މީޑިއާގެ ޓެކްނީޝަނެއް ކަމަށްވާ މުހައްމަދު ރިޔާޒް ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޏ. ފުވައްމުލައް ފްލޯރާމާގޭ, މުހައްމަދު ރިޔާޒް ހައްޔަރުކޮށްފައި ވަނީ ގުޅިފައިވާ ޕާޓީތަކުގެ ސިލްސިލާ އިހްތިޖާޖް ކަވަރ ކުރުމަށް މިރޭ އެމްޑީޕީ ހަރުގެ ސަރަހައްދުގައި މަސައްކަތް ކުރަމުން ދަނިކޮށެވެ. 

ހަރުގެ ސަރަހައްދަށް އެއްވެ އިހްތިޖާޖް ކުރަމުންދިޔަ މީހުން ފަހަތަށް ޖެއްސުމުގެ ތެރޭގައި ފުލުހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ހައްޔަރުކޮށްފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޢަބްދުﷲ ހިމެނެއެވެ. އެމެންބަރުން ހައްޔަރުކުރުމުގެ ތެރޭގައި އެމެންބަރުންގެ މޫނަށް ޕެޕަރ ސްޕްރޭ ޖަހާފައިވާކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައެވެ.

މިރޭ ވެސް ވަނީ ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީ ހަރުގެ ސަރަހައްދަށް އެއްވެ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒް ކުރުމަށް ގޮވާލާ އަޑު އުފުލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް