23 ފެބުރުއަރީ 2018 | ހުކުރު | ހިޔަވިހާ 10

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

  • ކުރިން މުދަލުގެ ޒަކާތުގެ ނިޞާބަކީ 4944.40ރ.
  • މުދަލު ޒަކާތުގެ މިހާރުގެ ނިޞާބް 5033.70ރ.
އަހުމަދު މުހުސިނު | dhonbandaara

| 14 ފެބުރުވަރީ 2018 | ބުދަ 21:51 | |ޒަކާތް ބަލައިގަންނަނީ: މުދަލު ޒަކާތުގެ ނިސާބު ވަނީ އިތުރު ވެފައި -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

މުދަލުގެ ޒަކާތް ވާޖިބުވާ ނިސްބަތް އިތުރު ވެއްޖެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުދަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މުދަލު ޒަކާތުގެ ނިޞާބް 5033.70ރ. އަށް މިހާރު ވަނީ އިތުރު ވެފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކުރިން މުދަލުގެ ޒަކާތުގެ ނިޞާބަކީ 4944.40ރ. ނަމަވެސް މި މަހުން ފެށިގެން އެ އަދަދު 5033.70ރ. އަށް އިތުރުވެފައިވާ ކަމަށެވެ.

ނިޞާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުން، ދީނީ ގޮތުން ވާޖިބުވެއެވެ. ޕަސެންޓްގެ ގޮތުން ނަމަ އެއީ 2.5 ޕަސެންޓެވެ.

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނަށް 14.6 މިލިއަން ރުފިޔާ ބަހާފައިވެއެވެފަގީރުންގެ ގޮތުގައި މުޅި ރާއްޖެއިން 16،269 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.

ޖޫން 2016 އިން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަމުން އަންނަނީ މީރާ އިންނެވެ. އަދި މިހާރު އޮންލައިންކޮށް ވެސް ޒަކާތް ދެއްކެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް