21 އޯގަސްޓު 2018 | އަންގާރަ | 12 މާ
10 ޛުލްޙިއްޖާ 1439
އިޝާ 19:31
މަޣްރިބް 18:18
އަސްރު 15:25
މެންދުރު 12:13
އިރުއަރާ 06:01
ފަތިސް 04:48

މީރާގެ އިގްތިސާދީ ރިވިއު

މިދިޔަ މަހު މީރާ އަށް ބީޕީޓީގެ ގޮތުގައި 872 މިލިއަން ރުފިޔާ ލިބިއްޖެ

  • މީރާ މެދުވެރިކޮށް ދައުލަތަށް 2.2 ބިލިއަން ރުފިޔާ ވަނީ ލިބިފައި
  • ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު މީރާއަށް 825 މިލިއަން ރުފިޔާ
  • ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ މަހުގެ މީރާއަށް ލިބިފައި ވަނީ 102 މިލިއަން ރުފިޔާ
ސިމާހާ ނަސީމް | sim_kamana

| 14 ފެބުރުވަރީ 2018 | ބުދަ 16:13 | |

މަގުބޫލް

  1. އިބޫއަށް ކުރުނބާ އުފުލައިދިން ޕިކަޕް ޑްރައިވަރަށް ވީގޮތުގެ ވާހަކަ
  2. ސަލާމަތީ ސަބަބުތަކަށްޓަކާ ރައީސްގެ ފްލައިޓުން މެމްބަރު ރިޔާޒު މާލެ ނުގެންނެވި!
  3. އުފަން ރަށުގެ ހޫނު މަރުޙަބާއިން ފައިސަލް އުފަލުން ރޮވިއްޖެ
  4. އަންހެންނަށް ކުޑައިމީސްވާ ފަދަ ބަސްފުޅެއް ރައީސް ޔާމީން ވިދާޅުވެއްޖެ!
  5. އިބޫގެ ބެނަރ ހަރުކުރުމަށް އެޗްޑީސީއާއި ފުލުހުން ހުރަސްއަޅައިފި
  6. އިބޫ ބޫޓާ އެކު ވެންނެވި ތަނަކީ ވީރާނާވާން ދޫކޮށްލާފައިވާ ކުރީގެ މިސްކިތެއް!
  7. ފިޔާތޮށި ކުލަ އެއްވެސް ފަރާތަކަށް ބޭނުން ނުކުރެވޭނޭ ކަމަށް ބުނެފި
  8. ބުދު ގެލެރީ އަދިވެސް ނުނަގާ، އަދިވެސް ބަރާބަރަށް އިޝްތިހާރު ކުރަނީ!


ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

މިދިޔަ މަހު މީރާ އަށް ވިޔަފާރި އާއި ފައިދާ އިން ނަގާ ޓެކްސް (ބީޕީޓީ)ގެ ގޮތުގައި 872 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާ އިން ބުނެފިއެވެ.

މީރާ އިން އާންމު ކޮށްފައިވާ ޖެނުއަރީ މަހުގެ އިގްތިސާދީ ރިވިއުގައިވާ ގޮތުން ދެ ވަނައަށް އެންމެ ބޮޑު އާމްދަނީއެއް މީރާއަށް ލިބިފައި ވަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އިންނެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު މީރާއަށް 825 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ މިދިޔަ މަހުގެ ޖުމްލަ އާމްދަނީގެ 37.6 ޕަސެންޓެވެ.

މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް 2.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީރާއަށް ލިބިފައިވާ 2.2 ބިލިއަން ރުފިޔާއަކީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު 0.02 ޕަސެންޓް ކުރިއެރުމެކެވެ. އަދި އެއީ މިދިޔަ މަހު ލިބޭނެ ކަމަށް މީރާ އިން އަންދާޒާ ކުރި މިންވަރަށް ވުރެ 10.7 ޕަސެންޓް އިތުރު އަދަދެކެވެ.

ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ މަހުގެ މީރާއަށް ލިބިފައި ވަނީ 102 މިލިއަން ރުފިޔާ ލިބިފައިވާއިރު މީރާއަށް ޑޮލަރު އާމްދަނީގެ ގޮތުގައި 73.7 މިލިއަން ލިބިފައިވާ ކަމަށް މީރާ އިން ވަނީ ބުނެފައެވެ.

މިދިޔަ މަހު މީރާ އަށް ލިބުނު އާމްދަނީ އިތުރުވެގެން ދިޔައީ ފަތުރުވެރިން އިތުރުވުމާއި މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން މީރާ އަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ނުދައްކާ ހުރި ފައިސާ ހޯދައިފައިވުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް