21 އޯގަސްޓު 2018 | އަންގާރަ | 12 މާ
10 ޛުލްޙިއްޖާ 1439
އިޝާ 19:31
މަޣްރިބް 18:18
އަސްރު 15:25
މެންދުރު 12:13
އިރުއަރާ 06:01
ފަތިސް 04:48

ުއުއްތަމަ ފަނޑިޔާރު އަބްދުﷲ ސަ

އުއްތަމަ ފަނޑިޔާރު ބަހައްޓާފައި ހުންނެވީ އިންސާނުން ބަހައްޓަން ހެޔޮވާވަރުގެ ތަނެއްގައެއް ނޫން: ގާނޫނީ ވަކީލު

  • އެ މައްސަލަ އެޗްއާރުސީއެމް އަަށް ވަނީ ހުށަހަޅާފައި
  • ކްރިމިނަލް ކޯޓަށް ވެސް ވަނީ އެ މައްސަލަ ހުށަހަޅުއްވާފައި
މުރުޝިދް އަބްދުލް ހަކީީމް | @Murshidhu

| 14 ފެބުރުވަރީ 2018 | ބުދަ 16:13 | |

މަގުބޫލް

  1. އިބޫއަށް ކުރުނބާ އުފުލައިދިން ޕިކަޕް ޑްރައިވަރަށް ވީގޮތުގެ ވާހަކަ
  2. ސަލާމަތީ ސަބަބުތަކަށްޓަކާ ރައީސްގެ ފްލައިޓުން މެމްބަރު ރިޔާޒު މާލެ ނުގެންނެވި!
  3. އުފަން ރަށުގެ ހޫނު މަރުޙަބާއިން ފައިސަލް އުފަލުން ރޮވިއްޖެ
  4. އަންހެންނަށް ކުޑައިމީސްވާ ފަދަ ބަސްފުޅެއް ރައީސް ޔާމީން ވިދާޅުވެއްޖެ!
  5. އިބޫގެ ބެނަރ ހަރުކުރުމަށް އެޗްޑީސީއާއި ފުލުހުން ހުރަސްއަޅައިފި
  6. އިބޫ ބޫޓާ އެކު ވެންނެވި ތަނަކީ ވީރާނާވާން ދޫކޮށްލާފައިވާ ކުރީގެ މިސްކިތެއް!
  7. ފިޔާތޮށި ކުލަ އެއްވެސް ފަރާތަކަށް ބޭނުން ނުކުރެވޭނޭ ކަމަށް ބުނެފި
  8. ބުދު ގެލެރީ އަދިވެސް ނުނަގާ، އަދިވެސް ބަރާބަރަށް އިޝްތިހާރު ކުރަނީ!


އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލު ހިސާން ހުސެއިން -- ރާއްޖެއެމްވީ ފޮޓޯ : މުރުޝިދް އަބްދުލް ހަކީީމް

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ފުލުހުންގެ ބަންދުގައި ބަހައްޓާފައި ހުރީ އިންސާނުން ބަހައްޓަން ހެޔޮވާވަރުގެ ތަނެއްގައި ނޫން ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިސާން ވިދާޅުވީ އުއްތަމަ ފަނޑިޔަރާ މެދު އަމަލު ކުރެވެމުންދަނީ އެ މަގާމުގައި ހުންނަވާ ބޭފުޅަކާ މެެދު އަމަލު ކުރެވިގެންވާނެ ގޮތައް ނޫން ކަމަށެވެ.

ހިސާން ވިދާޅުވި ގޮތުގައި އުއްތަމަ ފަނޑިޔާރު ބަހައްޓާފައިވާ ތަނުގެ މައްސަލަ ހިއުމަންރައިޓްސް ކޮމިޝަނަށް އެމަނިކުފާނުގެ އާއިލާގެ ފަރާތުންނާއި ގާނޫނީ ވަކީލުންގެ ފަރާތުން ވަނީ ހުށަހަޅުއްވާފައެވެ. އަދި އެ މައްސަލަ ކްރިމިނަލް ކޯޓަށް ވެސް ހުށަހަޅުއްވާފައިވާ ކަމަށް ހިސާން ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން ހިތާމަކުރަން ހިއުމަން ރައިޓްސް ކޮމިޝަނަށް މި މައްސަލައަށް ހައްލެއް ހޯދައިދޭން އެކަށީގެން ވާވަރުގެ މަސައްކަތެއް ކުރެވިފައި ނުވާތީ. ހަމަ އެއާ އެކު ކްރިމިނަލް ކޯޓަށް ވެސް އެ މައްސަލަ އަޅުގަނޑުމެން ހުށަހެޅިން. ކްރިމިނަލް ކޯޓަށް މި މައްސަލަ ހުށަހަޅަން ޖެހުނު ސަބަބަކީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހައްޔަރު ކުރެވިގެން އުޅުނުއިރު އޮންނާނެ ނިންމަވާފައި މޯލްޑިވްސް ޕޮލިސް ސާވީސް އިން ދައުލަތުގެ އިސް މަގާމުގައި ތިއްބަވާ ބޭފުޅުން ހައްޔަރުކޮށްގެން ގެންގުޅޭއިރު އަމަލު ކުރަން ޖެހޭ އިންޓާނަލް އުސޫލެއް އޮންނަން ޖެހޭނެ ކަމަށް،" ހިސާން ވިދާޅުވިއެވެ.

ރިޝްވަތު ހިފައި ވަކި ގޮތަކަށް ހުކުމް ނެރުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހްމަތުގައި އުއްތަމަ ފަނޑިޔާރު ހައްޔަރުކުރީ މި މަހުގެ 5 ވަނަ ދުވަހުގެ ރޭ ސިފައިން ސުޕްރީމް ކޯޓަށް ވަދެގެންނެވެ. އަދި ސުޕްރީމް ކޯޓުގެ ދޮރުތައް ހަލާކުކޮށްލައިގެން ސިފައިން އެތަނަށް ވަދެފައިވާއިރު އޭރު އެތަނަށް ވަން މީހުންގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑުމުގެ އަދަބު އުއްތަމަ ފަނޑިޔާރު ކަނޑައެޅުއްވި ވާހަކަ މި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ހިސާން ތަކުރާރުކުރެއްވިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިހާރު ވަނީ އެކަން ދޮގުކޮށްފައެވެ. ހިސާން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުރުމަތްކެނޑިކަމުގެ އަދަބު ބައެއް މީހުންގެ މައްޗަށް ކަނޑައަޅާފައިވާނެ ކަމަށް ތަހްގީގަށް އައި ފުލުހުންނަށް ވެސް އުއްތަމަ ފަނޑިޔާރު ދަންނަވާފައިވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރުންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މައްޗަށްގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ އުއްތަމަ ފަނޑިޔާރާ ވަކީލެއްގެ ގޮތުން ބައްދަލުވުމަށް ދަތިތަކާ ކުރިމަތިވެވަޑައިގަންނަވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް