23 ފެބުރުއަރީ 2018 | ހުކުރު | ހިޔަވިހާ 10

ފުލެޓާ ބެހޭ ގޮތުން ސުވާލު ކުރުމުން އަބްދުއްރަހީމް ރުޅިގަދަވެއްޖެ

  • އަގު ބޮޑު ދެ ފްލެޓް ބައްލަވައިގަތީ 9 މިލިއަނަށް
  • ފައިސާ ހޯއްދެވި ގޮތް ސާފުކޮށެއް ނުދެއްވުނު
  • ބަހުގެ ހަމަލާ ރައްދު ކުރެއްވީ ރާއްޖެޓީވީއަށް
ޙުސައިން ޙަސަން | hucenhassan

| 14 ފެބުރުވަރީ 2018 | ބުދަ 16:08 | |



ޕީޕީއެމްގެ ނާއިބު ލީޑަރު އަބްދުއްރަހީމް: މަތީ ފެންވަރުގެ ދެ ފްލެޓް ބައްލަވައިގެންނެވި -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ޕީޕީއެމް ނާއިބު ލީޑަރު، އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ނުހައްގު ފައިސާ އިން ފްލެޓް ބައްލަވައިގަތް ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ސުވާލު ކުރުމުން އޭނާ ރުޅި އިސްކުރައްވައި ރާއްޖެޓީވީ އަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

އަބްދުއްރަހީމާއި އޭނާގެ އަނބިކަނބަލުން ދިޔާނާ ހުސައިން ފެންވަރު މަތީ ފްލެޓެއްތަކެއް ބައްދަލަވައިގަތީ، އެފްޑަބްލިޔު ކޮންސްޓްރަކްޝަނުން މާލޭގައި އިމާރާތް ކުރި "ރެހެންދި-6" އިންނެވެ. އަބްދުއްރަހީމްގެ ދެކަނބަލުން ބައްލަވައިގަތް ދެ ފްލެޓުގެ އަގު، ނުވަ މިލިއަން ރުފިޔާއަށް އަރައެވެ.

ޕީޕީއެމްގެ އޮފީހުގައި ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި އަބްދުއްރަހިމާ އެ ސުވާލު ކުރުމުން، އޭނާ ވަނީ ރުޅި އިސްކުރައްވައި ރާއްޖެޓީވިއަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

ނުހައްގު މުއްސަނދިކަން އަބްދުއްރަހީމް ހޯއްދަވާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އޭނާ ވިދާޅުވީ އޭނާއަކީ 2009 ވަނަ އަހަރުން ފެށިގެން، މަޖިލީހުގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.

އަބްދުއްރަހީމް އެ ވިދާޅުވި ގޮތުން ނަމަ، އޭނާ މަޖިލީހުގެ މެމްބަރު ކަމަށް ވަޑައިގެންނެވި ތާރީހު ކަމުގައިވާ 2009 ވަނަ އަހަރުގެ މެއި މަހުގެ 28 އިން ފެށިގެން މިއަހަރާ ހަމައަށް އޭނާއަށް ކޮންމެ މަހަކު ލިބިވަޑައިގަންނަވާ މުސާރައާ އެކު، ޖުމްލަ 8.4 މިލިއަން ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އެ އަދަދަށް ފައިސާ ލިބޭނީ ކޮންމެ މަހެއްގެ މުސާރަ އާއި ކޮމެޓީ އެލަވަންސް ރައްކާ ކުރެއްވުމުންނެވެ. އެ އަދަދަށް ފައިސާ އެއްކޮށްގެން ވެސް "ރެހެންދި 6" އިން ފެންވަރު މަތީދެ ފުލެޓް ބައްލަވައި ނުގެންނެވޭނެ އެވެ.

އޭނާ ފުލެޓް ބައްލަވައިގެންނެވި ގޮތާ ގުޅޭ ގޮތުން ސުވާލު ކުރުމުން، ފައިސާ ހޯދި ގޮތާއި ނުހައްގު މުއްސަނދިކަން ހޯދާފައިވާ ކަމަށް ދެެކެވޭ ވާހަކަތަކަށް ޖަވާބެއް ނުދެއްވުނެވެ. ވިދާޅުވީ ކަމާބެހޭ މުއައްސަސާތަކަށް ވަޑައިގެން، މައުލުމާތު ހޯއްދެވުމަށެވެ.

"ތިބޭފުޅުން ވަޑައިގަންނަވާށޭ ކަމާބެހޭ މުއައްސަސާތަކަށް. ތައުލަތުގެ މުއައްސަސާތަކަށް ވަޑައިގަންނަވާށޭ. އެންމެ ފުރަތަމަ ވާހަކައެއް ދައްކާއިރު ދެއްކެނީ ކިހާ ވަރެއްގެ ވާހަކައެއްތޯ ބަލަން އެބަޖެހޭ. އަޅުގަނޑަކީ 2009 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އައި މީހެއް. މިހާރު ވެސް މި ހުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި. އަޅުގަނޑު މީގެ ކުރިން ދިރިއުޅުމަށް އަޅުގަނޑު ކުރެއްވި މަސައްކަތްތަކާ އެއްޗެހި ރަނގަޅަށް ދިރާސާކޮށްލާފަ ތިވާހަކަ ދައްކަންވާނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މަޖިލީހުގެ ބައެއް މެމްބަރުން މާލީ ބަޔާން އާންމު ކުރެއްވި ނަމަވެސް، އަބްދުއްރަހީމަކީ މާލީ ބަޔާން އާންމު ކުރައްވާ ބޭފުޅެއް ނޫނެވެ. ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުއްރަހީމަށް ފައިސާ ލިބިވަޑައިގަންނަވާ ގޮތާއި މަންފާ ހޯދުމަށް ކުރައްވާ މަސައްކަތްތަކުގެ ތަފްސީލު ހާމަކުރައްވާފައި ނުވުމުން، އަގުބޮޑެތި ފުލެޓް ބައްލަވައިގަތުމަށް ފައިސާ ހޯއްދެވި ގޮތް އެނގިފައެއް ނުވެއެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ފްލެޓްތަކެއް ބައްދަލަވައިގަތުމުން، ފުލުހުން ތުހުމަތުކޮށްފައި ވަނީ އެ ބޭފުޅުން ރިޝްވަތުގެ ފައިސާ އިން ފްލެޓް ބައްލަވައިގަތީ ކަމަށެވެ. ނަމަވެސް އަބްދުއްރަހީމަށް ލިބިވަޑައިގަންނަވާ މުސާރައާ ނުބައްދަލު، މުއައްސަނދި ކަމެއް ހޯއްދައި އަޑުބޮޑެތި ފްލެޓްތަކެއް ބައްލަވައިގަތީ ކޮރަޕްޝަންގެ ފައިސާ އިން ކަމަށް އަޑުފެތުރިފައި ވިޔަސް، ކަމާބެހޭ މުއައްސަސާތަކުން އެކަން ތަހުގީގު ނުކުރާތީ، ފާޑުކިޔުން ދަނީ އޮހެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް