22 މެއި 2018 | އަންގާރަ | 03 ރޯނު

މަޖިލީހުގައި ތަޅުއެޅުވުން

މަޖިލީހުގެ މެމްބަރުން ގޭޓް މަތިން ބޭރުކޮށްފި

  • މެމްބަރުން ބޭރުކޮށްފައި ވަނީ ގަދަކަމުން
  • މެމްބަރުން ބޭރުކުރީ ކޮންބެޓް ޔުނިފޯމުގައި ތިބި ސިފައިން
މުހަންމަދު ވިސާމް | sampathmasiw

| 14 ފެބުރުވަރީ 2018 | ބުދަ 14:39 | |ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފް ގޭޓު މަތުން ހޫރާލަނީ -- ރާއްޖެއެމްވީ

އަސްކަރިއްޔާ އިން ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްފައި ވާއިރު، މަޖިލީހަށް ވަޑައިގެންނެވި މެމްބަރުންނަށް ސިފައިން ހުރަސް އަޅައި، އެ މެމްބަރުން ގަދަކަމުން ބޭރުކޮށްފިއެވެ.

އިދިކޮޅު މެންބަރުން މަޖިލީހަށް ވަޑައިގެންނެވީ މަޖިލިސް ހުއްޓިފައިވާ ސަބަބެއް އޮޅުން ފިލުވައި ކުރަން ހުރި މަސައްކަތްތައް ކުރުމަށެވެ. މި މަހުގެ 5 ވަނަ ދުވަހު މަޖިލިސް ހުޅުވަން އޮތް ނަމަވެސް 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ އެ ޖަލްސާ ވަނީ ކެންސަލްކޮށްފައެވެ. ގާނޫނުގައި ބުނާ ގޮތުން މި މަހުގެ ކުރީކޮޅު މަޖިލިސް ހުޅުވަން ޖެހުނު ނަމަވެސް މަޖިލިސް ވަނީ ވަކި މުއްދަދެއް ނެތި ހުއްޓާލާފައެވެ. 

ހޯމަ ދުވަހާއި އަންގާރަ ދުވަހު ވެސް މަޖިލީހުގެ ބައެއް މެމްބަރުން މަޖިލީހަށް ވަދެވަޑައިގަތުމަށް މަސައްކަތްކުރެއްވިއެވެ. އެ ބޭޅުން ފާރުމަތިން މަޖިލީހުގެ ގޯތިތެރެއަށް ފުންމާލެއްވި ނަމަވެސް، މަޖިލީހުގެ އިމާރާތުގެ ތެރެއަށް ވަދަވަޑައިގަތުމަށް، ކޮންބެޓް ޔުނިފޯމުގައި ތިބި ސިފައިން ފުރުސަތެއް ނުދެއެވެ.

މަޖިލީހުގެ ގޯތިތެރޭގައި ތިއްބެވި މެމްބަރުން ވަކިވަކިން އަތްދަނޑިމަތީގައި ގެންގޮސް ދަގަނޑު ގޭޓްމަތިން ބޭރަށް ވައްޓާލަމުން ދިޔައިރު، އެކަމާ ހިތްހަމަ ނުޖެހިގެން މެމްބަރުންނާއި އެ ސަރަހައްދަށް އެއްވެފައި ތިބި އާންމުން އަޑު އުފުލިއެވެ.

މަޖިލީހުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އޮތަސް މެމްބަރުންނަށް މަޖިލީހަށް ވަދެވެން ޖެހޭނެ ކަމަށެވެ. އަދި މަސައްކަތް ކުރެވެންޖެހޭނެ ކަމަށް ނިޒާރު ވިދާޅުވިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް