20 ފެބުރުއަރީ 2018 | އަންގާރަ | ހިޔަވިހާ 7

ސުޕްރީމް ކޯޓުގެ އަމުރުގައިވާ ބޭފުޅުންނާއި ރަހީނުކޮށްފައިވާ ހުރިހާ ބޭފުޅުން މިނިވަން ކުރާނެ ކަމަށް ސަރުކާރުން ބޭރުގެ ފަރާތްތަކަށް ވަނީ ކަށަވަރު ކޮށްދީފައި: މަހްލޫފް

  • ރަހީނުކޮށްފައިވާ ހުރިހާ ބޭފުޅުން މިނިވަން ކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ބޭރުގެ ފަރާތްތަކަށް ކަށަވަރު ކޮށްދީފައިވޭ
  • އެގޮތަށް އަމަލު ނުކޮށްފިނަމަ އަޅަން ހުރި ފިޔަވަޅުތައް ވަރަށް ބޮޑު
ސިމާހާ ނަސީމް | sim_kamana

| 14 ފެބުރުވަރީ 2018 | ބުދަ 13:01 | |



ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް -- ރާއްޖެއެމްވީ

ސުޕްރީމް ކޯޓުގެ އަމުރުގައިވާ ބޭފުޅުންނާއި ރަހީނުކޮށްފައިވާ ހުރިހާ ބޭފުޅުން މިނިވަން ކުރާނެ ކަމަށް ސަރުކާރުން ބޭރުގެ ފަރާތްތަކަށް ކަށަވަރު ކޮށްދީފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ އަމުރުގައިވާ ގިނަ ބޭފުޅުން އަދި ކުއްލި ހާލަތު އިއުލާން ކުރުމާއެކު ރަހީނުކޮށްފައިވާ ހުރިހާ ބޭފުޅުން މިނިވަން ކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ބޭރުގެ ފަރާތްތަކަށް ކަށަވަރު ކޮށްދީފައިވާ ކަމަށެވެ. އަދި އެގޮތަށް އަމަލު ނުކޮށްފިނަމަ އަޅަން ހުރި ފިޔަވަޅުތައް ވަރަށް ބޮޑުކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ކުރެއްވި ޓުވީޓްއާ ބެހޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެގޮތަށް ޓުވީޓް ކުރެއްވީ ބޭރުގެ ފަރާތްތަކުން ދެއްވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން މިވަނީ އަމުރުގައިވާ ގިނަ ބޭފުޅުންތަކެއް މިނިވަން ކުރާނޭ ކަމުގެ ޔަގީންކަންދީފައި އަދި ކުއްލި ހާލަތާއި ގުޅިގެން ވަގަށް ނަގާ ރަހީނުކޮށްގެން ގެންގުޅޭ ހުރިހާ ބޭފުޅުންވެސް ހަމަ މިނިވަން ކުރާނޭ ކަމުގެ ޔަގީންކަން ވަނީ ދީފައި. އަސްލު ރައީސް ޔާމީން އަށް ހެއްދެވިގެން އުޅުއްވަނީ ވަރަށް ބޮޑު ގޯހެއް" މަހްލޫފް ވިދާޅުވިއެވެ.

 މަހްލޫފް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެމްބަރުން ހައްޔަރުކޮށް ޖަލަށްލާން މި ސަރުކާރަށް ނުކެރިގެން އުޅެނީ ބޭރުގެ ގައުމުތަކުގެ ޕްރެޝަރުގެ ސަބަބުން ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް