21 އޯގަސްޓު 2018 | އަންގާރަ | 12 މާ
10 ޛުލްޙިއްޖާ 1439
އިޝާ 19:31
މަޣްރިބް 18:18
އަސްރު 15:25
މެންދުރު 12:13
އިރުއަރާ 06:01
ފަތިސް 04:48

ކަނބަލުންގެ ލޯނު

ކަނބަލުންނަށް ހާއްސަކޮށްގެން 20 މިލިއަން ރުފިޔާގެ ލޯން ޕްރޮގްރާމެއް ތައާރަފް ކޮށްފި

 • އެންމެ މަތިން ދޫކުރަނީ އެއް ލައްކަ ރުފިޔާ
 • ނަގާ ލޯނުގެ 130 ޕަސެންޓްގެ އަގުހުރި އެއްޗެއް ރަހުނު ކުރަން ޖެހޭ
 • އިންޓަރެސްޓް 9 ޕަސެންޓް، 8 އަހަރު ދުވަހުގެ ތެޜޭގައި ދައްކަން ޖެހޭ
މުހައްމަދު ފަޒީން | phaxyn

| 14 ފެބުރުވަރީ 2018 | ބުދަ 11:38 | |

މަގުބޫލް

 1. އިބޫއަށް ކުރުނބާ އުފުލައިދިން ޕިކަޕް ޑްރައިވަރަށް ވީގޮތުގެ ވާހަކަ
 2. ސަލާމަތީ ސަބަބުތަކަށްޓަކާ ރައީސްގެ ފްލައިޓުން މެމްބަރު ރިޔާޒު މާލެ ނުގެންނެވި!
 3. އުފަން ރަށުގެ ހޫނު މަރުޙަބާއިން ފައިސަލް އުފަލުން ރޮވިއްޖެ
 4. އަންހެންނަށް ކުޑައިމީސްވާ ފަދަ ބަސްފުޅެއް ރައީސް ޔާމީން ވިދާޅުވެއްޖެ!
 5. އިބޫގެ ބެނަރ ހަރުކުރުމަށް އެޗްޑީސީއާއި ފުލުހުން ހުރަސްއަޅައިފި
 6. އިބޫ ބޫޓާ އެކު ވެންނެވި ތަނަކީ ވީރާނާވާން ދޫކޮށްލާފައިވާ ކުރީގެ މިސްކިތެއް!
 7. ފިޔާތޮށި ކުލަ އެއްވެސް ފަރާތަކަށް ބޭނުން ނުކުރެވޭނޭ ކަމަށް ބުނެފި
 8. ބުދު ގެލެރީ އަދިވެސް ނުނަގާ، އަދިވެސް ބަރާބަރަށް އިޝްތިހާރު ކުރަނީ!


އަންހެން ކަނބަލުންތަކެއް -- އާކައިވް

ދިވެހި ކަނބަލުންނަށް ހާއްސަ ކޮށްގެން 20 މިލިއަން ރުފިޔާގެ ލޯނު ޕްރޮގްރާމެއް އިކޮނޮމިކް މިނިސްޓްރީ ތައާރަފް ކޮށްފި އެވެ.

އިކޮނަމިކް މިނިސްޓްރީން ބުނީ މި ލޯނަކީ ރާއްޖޭގެ މަސައްކަތްތެރި އަދި މަސައްކަތެއް ފަށަން ބޭނުންވާ ކަނބަލުންނަށް ހާއްސަ ކޮށްގެން ހުޅުވާލާ ލޯން ސްކީމެއް ކަމަށެވެ. އަލަށް ފަށާ ވިޔަފާރިއެއް ނުވަތަ ރަޖިސްޓްރީކޮށް ހިނގަމުން އަންނަ ވިޔަފާރިތައް އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާ ފަރާތްތަކަށް މި ސްކީމްގައި ބައިވެރިވެވޭނެ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ލޯން ސްކީމްގެ ޖުމުލަ އަދަދަކީ 20،046،000ރ (ވިހި މިލިޔަން ސާޅީސް ހަ ހާސް) ރުފިޔާ ކަމަށެވެ. އެ އަދަދު ހަމަވަންދެން 50،000ރ (ފަންސާސް ހާސް ) ރުފިޔާއިން ފެށިގެން 100،000 (އެއްލައްކަ) ރުފިޔާ އާއި ދެމެދު ލޯން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މި ލޯނުގެ ދަށުން ނެގޭ 50،000ރ އިން ދަށުގެ ލޯނުތަކަށް ރަހުނުގެ ގޮތުގައި އެއްޗެއް ބަހައްޓާކަށް ނުޖެހެ އެވެ. ނަމަވެސް 50،000ރ އިން މަތީ އަދަދުތަކުން ލޯނު ނަގާ ފަރާތްތައް ލޯނުގެ އަދަދުގެ 130 ޕަސެންޓްގެ އަގުހުރި ބޭންކް އޮޕް މޯލްޑިވްސް ގަބޫލުކުރާ އެއްޗެއް ރަހުނުގެ ގޮތުގައި ބަހައްޓަން ޖެހެ އެވެ. 

މި ލޯން ސްކީމްގައި އަމިއްލަ ފައިސާއިން ހަރަދު ކުރަންޖެހެނީ މުޅި ޕްރޮޖެކްޓްގެ ފަނަރަ ޕަސެންޓެވެ. މި ގޮތުން ޕްރޮޖެކްޓަށް އަމިއްލަ ފައިސާ ހަރަދު ކޮށްފައިވާނަމަ އަމިއްލައަށް ކޮށްފައިވާ ހަރަދުތަކުގެ ބިލުތައް އިކޮނަމިކް މިނިސްޓްރީއަށް ހުށައަޅަން ޖެހެއެވެ.

އިކޮނަމިކް މިނިސްޓްރީން ބުނީ މި ލޯނުގެ އިންޓަރަސް ރޭޓަކީ ނުވަ އިންސައްތަ ކަމަށާއި ގިނަވެގެން އަށް އަހަރު ދުވަހުގެ ތެރޭގައި ލޯން ދައްކާ ހަލާސް ކުރަންޖެހޭނެ ކަމަށެވެ. މިމަހުގެ 25 އިން ފެށިގެން އަންނަ މާރޗް މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް