21 އޯގަސްޓު 2018 | އަންގާރަ | 12 މާ
10 ޛުލްޙިއްޖާ 1439
އިޝާ 19:31
މަޣްރިބް 18:18
އަސްރު 15:25
މެންދުރު 12:13
އިރުއަރާ 06:01
ފަތިސް 04:48

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް

މައުމޫނާއި ފާރިސް އާއި ނަދީމަށް ކުރާ ލާއިންސާނީ އަނިޔާތަށް ހުއްޓާލުމަށް ޑިމޮކްރަސީ ނެޓްވޯކްއިން ގޮވާލައިފި

  • މައުމޫނާއި ނަދީމް ހައްޔަރު ކޮށްގެން ޖަލަށް ގެންގޮސްފައިވަނީ މިމަހުގެ 5 ވަނަ ދުވަހުގެރޭ
  • ފާރިސް ހައްޔަރުކޮށްފައިވަނީ މިމަހުގެ 8 ވަނަ ދުވަހު
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 14 ފެބުރުވަރީ 2018 | ބުދަ 11:37 | |

މަގުބޫލް

  1. އިބޫއަށް ކުރުނބާ އުފުލައިދިން ޕިކަޕް ޑްރައިވަރަށް ވީގޮތުގެ ވާހަކަ
  2. ސަލާމަތީ ސަބަބުތަކަށްޓަކާ ރައީސްގެ ފްލައިޓުން މެމްބަރު ރިޔާޒު މާލެ ނުގެންނެވި!
  3. އުފަން ރަށުގެ ހޫނު މަރުޙަބާއިން ފައިސަލް އުފަލުން ރޮވިއްޖެ
  4. އަންހެންނަށް ކުޑައިމީސްވާ ފަދަ ބަސްފުޅެއް ރައީސް ޔާމީން ވިދާޅުވެއްޖެ!
  5. އިބޫގެ ބެނަރ ހަރުކުރުމަށް އެޗްޑީސީއާއި ފުލުހުން ހުރަސްއަޅައިފި
  6. އިބޫ ބޫޓާ އެކު ވެންނެވި ތަނަކީ ވީރާނާވާން ދޫކޮށްލާފައިވާ ކުރީގެ މިސްކިތެއް!
  7. ފިޔާތޮށި ކުލަ އެއްވެސް ފަރާތަކަށް ބޭނުން ނުކުރެވޭނޭ ކަމަށް ބުނެފި
  8. ބުދު ގެލެރީ އަދިވެސް ނުނަގާ، އަދިވެސް ބަރާބަރަށް އިޝްތިހާރު ކުރަނީ!


ފުލުހުން ފާރިސް ހައްޔަރުކޮށްގެން ގެންދަނީ. ފާރިސް އާއި މައުމޫން އަދި ނަދީމް ތިއްބެވީ ޖަލުގައި -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި އަދި މައުމޫނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމަށް ކުރާ އިންސާނިއްޔަތާއި ޚިލާފު އަމަލުތައް ވަގުތުން ހުއްޓުވުމަށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކްއިން ގޮވާލައިފިއެވެ.

ޑިމޮކްރަސީ ނެޓްވޯކްއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މައުމޫނާއި ފާރިސް އަދި ނަދީމް ފުލުހުން ހައްޔަރުކޮށް އަމަލުކުރަމުންދަނީ ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލު ހިންގުން މަނާކޮށް، އެފަދަ އަމަލު ހިންގުމަކީ ކުށެއް ކަމަށް ކަނޑައަޅާފައިވާ އެންޓި-ޓޯޗާ ގާނޫނާއި ޚިލާފަށް ކަމަށެވެ. އެހެންކަމުން އެކަންތައްތައް ވަގުތުން ހުއްޓުވުމަށް ފުލުހުންނަށް ވަނީ ޑިމޮކްރަސީ ނެޓްވޯކްއިން ގޮވާލާފައެވެ.

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކްއިން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ އަސާސީހައްގުތައް އެތިންބޭފުޅުންގެ ގައިން ނިގުޅައިގެންފައިވާ ކަމަށާއި ބޭސްފަރުވާއާއި އާއިލީ ބައްދަލުވުންތަކުން މަހުރޫމް ކޮށްފައިވާއިރު އެއީ އެންޓިޓޯޗާ ގާނޫނާއި މުޅިން ޚިލާފުކަމެއް ކަމަށެވެ. އަދި މީގެ އިތުރުން ބޭސްފަރުވާއާއި ވަކީލުންނާއި ބައްދަލުވުމުކަކީ އެމީހުންނަށް ލިބިގެންވާ ހައްގެއް ކަމަށް ޑިމޮކްރަސީ ނެޓްވޯކްއިން ވަނީ ބުނެފައެވެ.

ކުރީގެ ރައީސް މައުމޫނާއި ނަދީމް ހައްޔަރު ކޮށްގެން ޖަލަށް ގެންގޮސްފައި ވަނީ މިމަހުގެ 5 ވަނަ ދުވަހުގެ ރޭ ސަރުކާރުން ކުއްލިހާލަތު އިއުލާންކުރި ފަހުންނެވެ. ފާރިސް ހައްޔަރުކޮށްފައިވަނީ މިމަހުގެ 8 ވަނަ ދުވަހުގައެވެ.

އެންޓި ޓޯޗަރ ގާނޫނު(ގާނޫނު ނަންބަރު 13/2013) ގެ ދެވަނަ މާއްދާގެ (ކ) ގައި ބުނެފައިވަނީ ސިއްރު ތަންތަނުގައި މީހުން ބަންދުގައި ބޭތިއްބުމާއި، އެހެން އެއްވެސް އިންސާނަކާ މުއާމަލާތް ނުކުރެވޭގޮތަށް އެކަހެރިގޮތުގައި މީހުން ބަންދުކޮށްފައި ބޭތިއްބުމާއި، އެއްވެސް ފިކުރެއްނެތި ޓޯޗަރ އަމަލު ހިންގިދާނެ މާހައުލުތައް ކަމުގައި ބެލެވޭނެ ތަންތަނުގައި މީހުން ބަންދުގައި ބޭތިއްބުން، އެއީ ދިވެހިރާއްޖޭގައި މަނާކުރެވިގެންވާ ކަންކަން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް