23 ފެބުރުއަރީ 2018 | ހުކުރު | ހިޔަވިހާ 10

އިންސާނީ ޙައްޤުތަކަށް އަރައިގަނެގެން ވެސް އިސްރާއީލަކީ ޔަހޫދީ ދައުލަތެއްގެ ގޮތުގައި ބާއްވަން ޖެހޭ: އިސްރާއީލުގެ ޖަސްޓިސް މިނިސްޓަރު

  • އިސްރާއީލަކީ "ހުރިހާ ޔަހޫދީންގެ ޤައުމީ ބިން" ކަމުގައި ކަނޑައެޅުމަށް ޤާނޫނެއް ފާސްކުރުމަށް ދަނީ މަސައްކަތް ކުރަމުން
އިސްމާއިލް ނާއިލް ނަޝީދު | @IxmaealNaail

| 14 ފެބުރުވަރީ 2018 | ބުދަ 10:13 | |އިސްރާއީލުގެ ޖަސްޓިސް މިނިސްޓަރ އަޔަލެތު ޝާކެދް -- ގޫގުލް

އިންސާނީ ޙައްޤުތަކަށް އަރައިގަނެގެން ނަމަވެސް، އިސްރާއީލަކީ ޔަހޫދީންގެ އަޤުލަބިއްޔަތު އޮންނަ، ޔަހޫދީ ދައުލަތެއްގެ ގޮތުގައި ބާއްވަން ޖެހޭ ކަމަށް އެ ޤައުމުގެ ޖަސްޓިސް މިނިސްޓަރ އަޔަލެތު ޝާކެދް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، އިސްރާއީލަކީ "ހުރިހާ ޔަހޫދީންގެ ޤައުމީ ބިން" ކަމުގައި ކަނޑައެޅުމަށް އިސްރައީލުން މިހާރު ފާސްކުރަން އުޅޭ ޤާނޫނަކަށް ތާޢީދުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

"އިސްރާއީލުގައި ޔަހޫދީންގެ އަޤުލަބިއްޔަތު ދާއިމަށް ޔަޤީން ކުރުމަށް ދައްކަން ޖެހޭ އަގަކީ އިންސާނީ ޙައްޤުތަކަށް އަރައިގަތުން ކަމުގައި ވީނަމަވެސް އެކަން ކުރަން ޖާގަ ދޭންޖެހޭ" އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ޔަހޫދީ ދައުލަތުގެ ސިފަ ކޮންމެހެން ހިފަހައްޓަން ޖެހޭ ހާލަތްތައް އަންނަ ކަމަށާއި، އެފަދަ ހާލަތްތަކުގައި ހަމަހަމަ ކަމަށް އިސްކަންދޭން ނުޖެހޭ ކަމަށެވެ.

އިސްރާއީލަކީ ހުރިހާ ރައްޔިތުންނަށް މަދަނީ ޙައްޤުތައް ލިއްބައިދޭނެ ދައުލަތެއް ކަމަށާއި، ނަމަވެސް ހުރިހާ ރައްޔިތުންނަށް ޤައުމީ ޙައްޤުތައް ލިއްބައި ނުދެވޭނެ ކަމަށް އަޔަލެތު ވިދާޅުވިއެވެ.

އިސްރާއީލުން އަބަދު ވެސް ޔަހޫދީންނަށް ބުރަވާ ސިޔާސަތުތަކެއް ގެންގުޅެފައިވާއިރު، އެޤައުމުގެ އާބާދީގެ 74.7 އިންސައްތަ ހިއްސާކުރަނީ ޔަހޫދީންނެވެ. އެ ޤައުމުގެ އާބާދީގެ ބާކީ ބައިގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އަރަބިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް