22 މެއި 2018 | އަންގާރަ | 03 ރޯނު

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް

ބްރިޖްގެ މަސައްކަތް ދަނީ ކަނޑައެޅިފައިވާ ގޮތަށް ސްޕީޑްގައި: މުއިއްޒު

  • މާލެއާއި ހުޅުމާލެއާއި ދެމެދު އަޅާ ބްރިޖްގެ މަސައްކަތުގެ ތެރެއިން މާލެ ކައިރިން ޑެކް އެޅުމުގެ ބޮޑު ބައެއް ނިމިއްޖެ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 14 ފެބުރުވަރީ 2018 | ބުދަ 09:03 | |ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު -- ރާއްޖެއެމްވީ

މާލެއާއި ހުޅުމާލެއާއި ދެމެދު އަޅާ ބްރިޖްގެ މަސައްކަތުގެ ތެރެއިން މާލެ ކައިރިން ޑެކް އެޅުމުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗައިނާ މޯލްޑިވަސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ކަނޑައެޅިފައިވާ ސްޕީޑުގައި ދާކަމަށެވެ. މާލެ ކައިރިން ބްރިޖުގެ އައިބީމްތައް ނުވަތަ ކޮންކްރީޓުން ހަދާފައިވާ ބޮޑެތި ބެރިތަކުގެ 480 މީޓަރު ކޮންސްޓްރަކްޝަން މަސައްކަތް ނިމިފައިވާ ކަމަށާއި ބުރިޖު ޑެކް ސްޕޭންގެ 180 މީޓަރުގެ ކޮންކްރީޓް މަސައްކަތް ނިމިފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެޓުވީޓާއި އެކު މުއިއްޒުވަނީ މާލެ ކައިރިން ބްރިޖްގެ މަސައްކަތް ފެންނަ ގޮތުގެ ފޮޓޯތަކެއްވެސް އެޓޭޗްކުރައްވާފައެވެ.

 ބްރިޖްގެ މަސައްކަތް ކުރުމަށް 1،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖްގެ ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް އަންނަ ޖުލައި މަހަށް ނިމޭނެ ކަމަށް މުއިއްޒު މީގެ ކުރިންވަނީ ވިދާޅުވެފައެވެ.

ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދީފައިވާ އެހީއެކެވެ.  އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ.

ބްރިޖްގެ މަސައްކަތް ކަނޑައެޅިފައިވާ ސްޕީޑްގައި ކުރިއަށްދާކަމަށް މުއިއްޒު ވިދާޅުމިވީ، ޖުލައި 26 ބްރިޖް ނުނިމޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެފައި ވަނިކޮށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް