23 ފެބުރުއަރީ 2018 | ހުކުރު | ހިޔަވިހާ 10

މަޖިލިސް ފަށާނީ ސަލާމަތީ ގޮތުން ހަމައަކަށް އެޅުނީމަ: ނިހާން

  • މި މަހުގެ ފުރަތަމަ ހަފްތާގައި މަޖިލިސް ފަށަންޖެހޭ
  • ދެން އޮންނަ ޖަލްސާއެއްގައި ރިޔާސީ ބަޔާން އިއްވާނެ
  • މަޖިލިސް ނުފަށާތީ، އިދިކޮޅު މެމްބަރުންގެ ކަންބޮޑުވުން
ޙުސައިން ޙަސަން | hucenhassan

| 14 ފެބުރުވަރީ 2018 | ބުދަ 08:53 | |



މަޖިލިސް ކުރާ ގޭ ސަރަހައްދުގައި ސިފައިން -- އަލްޖަޒީރާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށާނީ ސަލާމަތީ ގޮތުން ގައުމު ހަމައަކަށް އެޅުމުން ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާން "ރާއްޖެއެމްވީ"އަށް ވިދާޅުވީ ސަލާމަތީ ގޮތުން، ގައުމު ހަމައަކަށް އެޅި، ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިނުމާއެކު މަޖިލިސް ފަށާނެ ކަމަށެވެ. ނިހާން މިހެންވިދާޅުވިއިރު، މާލޭގައި ނުރައްކާތެރި ކަމެއް ނެތް ކަމަށް ބުނަ ސަރުކާރުން ދަނީ ވާހަކަ ދައްކަވަމުންނެވެ. 

ކުއްލި ހާލަތު ނިމުމާއެކު މަޖިލިސް ފަށާނެ ކަމަށް ނިހާން ވިދާޅުވެފައި ވަނީ މަޖިލީހުގެ ޖަލްސާތައް އެޖެންޑާ ކުރުމާއި އިދާރީ މަސައްކަތްތައް ރޭވުމުގެ ބާރު މަޖިލީހުގެ ރައީސަށް ލިބިވަޑައިގެންފައިވަނިކޮށެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ޖަލްސާތަކާއި މަޖިލީހުގެ އިދާރީ ކަންކަން ހިނގާނީ މަޖިލީހުގެ ރައީސް އަންގާ ގޮތެއްގެ މަތިންނެވެ. މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގެ މަސައްކަތް ރޭވުމުގެ އިތުރުން އިދާރީ ފިޔަވަޅުތައް އެޅުމުގެ ބާރެއް މަޖިލީހުގެ މެޖޯރިޓީ ލީޑަރަކަށް ލިބިވަޑައެއް ނުގަންނަވައެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ކުރިއަށްދާނީ ތިން ދައުރަކަށް ބަހާލައިގެންނެވެ. ޖަލްސާތައް ބާއްވާ އިރު، ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގައި ބާއްވަން ޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވެއެވެ. އެ އުސޫލުން، މި މަހުގެ ފަސް ވަނަ ދުވަހު މަޖިލިސް ހުޅުވަން ނިންމާފައި ވަނިކޮށް، ކުއްލި ގޮތަކަށް ވަނީ މަޖިލީހުގެ އެ ޖަލްސާ ވަނީ ފަސްކޮށްފައެވެ. އެ ޖަލްސާއަކީ ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވަން ތާވަލުކޮށްފައި އޮތް ޖަލްސާއެވެ.

މަޖިލީހުގެ ޖަލްސާތައް ނުބާއްވައި ދިގުލައިގެން ދާތީވެ، ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ޖަލްސާ ބާއްވަން ޑިމާންޑުކޮށް، އިދިކޮޅު މެމްބަރުން މަޖިލީހަށް ހުށަހަޅަން އުޅުނު މައްސަލަ ވެސް ހުށަހެޅިފައެއް ނުވެއެވެ. އެ ލިޔުން ހުށަނޭޅުނީ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން މަޖިލީހުގެ މެމްބަރުންނަށް ހުރަސް އެޅުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް