23 ފެބުރުއަރީ 2018 | ހުކުރު | ހިޔަވިހާ 10

ޕީޕީއެމް ޕްރޮމޯޓްކުރާ ޓްވީޓާ އެކައުންޓްތަކެއް ސަސްޕެންޑްކޮށްފި

  • ސަސްޕެންޑް ކޮށްފައިވާ އެކައުންޓްތަކުގެ ތެރޭގައި "އަސުރުމާ" އަދި "އަމާޒު ޔަގީން" ހިމެނޭ
  • ޕީޕީއެމްގެ ސޯސަލް މީޑިއާގެ އެކްޓްވިސްޓުންގެ އެކައުންޓްތަކެއް ވެސް ވަނީ ސަސްޕެންޑްކޮށްފަ
  • ރައީސްގެ އަނބިކަބަލުން މެޑަމް ފާތުންގެ ޓްވީޓާ އެކައުންޓްގެ ވެސް ވަނީ ސަސްޕެންޑް ކޮށްފަ
މުހަންމަދު ވިސާމް | sampathmasiw

| 13 ފެބުރުވަރީ 2018 | އަންގާރަ 20:41 | |ޕީޕީއެމުން ބޭއްވި ކެމްޕޭން ހަރަކާތެއްގައި ރައީސް ޔާމީންގެ އަނބިކަބަލުން މެޑަމް ފާތުން -- ފޭސްބުކް

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން ފާތިމަތު އިބްރާހިމްގެ ރަސްމީ ޓްވީޓާ އެކައުންޓާއި ޕީޕީއެމްގެ ސިޔާސަތުތައް ޕްރޮމޯޓް ކުރާ ބައެއް އެކައުންޓުތައް ސަސްޕެންޑް ކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން ޕްރޮމޯޓް ކުރާ މި ޓްވީޓާ އެކައުންޓުތައް ސަސްޕެންޑްކޮށްފައި ވަނީ އަންގާރަ ދުވަހުގައެވެ. ސަސްޕެންޑް ކުރި ޕީޕީއެމްގެ ޓްވީޓާ އެކައުންޓުތަކުގެ ތެރޭގައި "އަސުރުމާ" އަދި "އަމާޒު ޔަގީން" ހިމެނެއެވެ. އެހެން ނަމަވެސް މި އެކައުންޓްތައް ސަސްޕެންޑް ކުރީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް ނޭނގެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމްގެ ސޯސަލް މީޑިއާގެ ގިނަ އެކްޓިވިސްޓުންގެ ޓްވީޓާ އެކައުންޓުތައް ވެސް ވަނީ އަންގާރަ ދުވަހުގެ ރޭ ސަސްޕެންޑް ކޮށްފައެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ހުޅުމާލެ ޒުވާނުންގެ ގޮފީގައި އިސްކޮށް އުޅުއްވާ ޒައިދުލް އަމީންގެ ޓްވިޓާ އެކައުންޓު ވެސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް