10 ޑިސެންބަރު 2018 | ހޯމަ | 01 މުލަ
03 ރަބީޢުލްއާޚިރު 1440
އިޝާ 19:14
މަޣްރިބް 17:57
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:43

އުއްތަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު މަގާމުން އިސްތިއުފާ ދެއްވުމަށް މަޖުބޫރު ކުރުމުގެ މަސައްކަތް ފަށާނެ: މަހްލޫފް

 • އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު މިރޭ އާރަށަށް ގެންގޮސް ބިރު ދައްކާނެ
 • ރިޓަޔަރމަންޓް ޕެކޭޖްއާއެކު އިސްތިއުފާ ދިނުމަށް ހުށަހަޅާނެ
 • ލިބިފައިވާ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތެއް ކަމުގައިވާނަމަ މިކަން ވަގުތުން ވަގުތަށް ހުއްޓުވުމުގެ މަސައްކަތް ފުލުހުން ފަށަންވާނެ
ސިމާހާ ނަސީމް | sim_kamana

| 13 ފެބުރުވަރީ 2018 | އަންގާރަ 19:17 | |

މަގުބޫލް

 1. ޕްރައިމަރީއާ ގުޅިގެން ހުށަހެޅި މެމްބަރޝިޕް ފޯމުތަކުގެ އަދަދު 30،000 އަށް އަރާ: އެމްޑީޕީ
 2. ޕެލިކަން ބޯޓް އަޑިއަށްގޮސް، ހަ ލައްކައަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެއްޖެ: ބޯޓްގެ ވެރިފަރާތް
 3. ޔާމީންގެ ތުހުމަތަށް ބީއެމްއެލްގެ ރައްދު: މުއާމަލާތް ހިންގީ ގާނޫނުތަކާ އެއްގޮތަށްކަން ޔަގީން
 4. ބޭކާރު ހަރަދު ބޭރަށް ދޫކޮށްނުލާ، ޖަޒީރާ ޗުއްޓީއެއް ހަދަމާ!
 5. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
 6. ސާފު ތަނެއްގެ ގޮތުގައި ރާއްޖެ ބޭއްވުމަށް އެއްމެ މުހިއްމު ކަމަކީ ފަރުދީ ޒިންމާ އަދާކުރުން: ރައީސް މައުމޫނު
 7. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު
 8. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ


ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް -- ރާއްޖެއެމްވީ

އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު މިރޭ އާރަށަށް ގެންގޮސް  މަގާމުން އިސްތިއުފާ ދެއްވުމަށް މަޖުބޫރު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު މިރޭ އާރަށަށް ގެންގޮސް ބިރު ދައްކައި، ރިޓަޔަރމަންޓް ޕެކޭޖްއާއެކު އިސްތިއުފާ ދެއްވުމަށް ހުށަހަޅައި، މިހާރު ފުލުހުން ބަލަމުންދާ މައްސަލަތައް ބާތިލް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އޭނާ އަށް ލިބިފައިވާ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތެއް ކަމުގައިވާނަމަ މިކަން ވަގުތުން ވަގުތަށް ހުއްޓުވުމުގެ މަސައްކަތް ފެށުމަށް ފުލުހުންގެ މުއައްސަސާއަށް މަހްލޫފް ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަހުމަދު ޝިޔާމު އާރަށަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ މައުލޫމާތު ލިބިލައްވައިފައިވާ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ރާއްޖެޓީވީއިން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ އަށް ގުޅުމުން  ވިދާޅުވީ ރާއްޖެޓީވީގެ ނޫސްވެރިންގެ ނަމުގައި ސިޔާސީ އެކްޓިވިސްޓުން އުޅުއްވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެންކަމުން އެއްވެސް މައުލޫމާތެއް ހިއްސާކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ. 

މަހްލޫފް ވަނީ ރައީސް ޔާމީން އާއި މޭޖަރޖެނަރަލް ޝިޔާމު އާރަށަށް ވަޑައިގަންނަވަނީ ކަމަށް ވިދާޅުވެ ދެ ފޮޓޯ ޓުވީޓް ކުރައްވާފައެވެ.

  

 

   

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް