21 އޯގަސްޓު 2018 | އަންގާރަ | 12 މާ
10 ޛުލްޙިއްޖާ 1439
އިޝާ 19:31
މަޣްރިބް 18:18
އަސްރު 15:25
މެންދުރު 12:13
އިރުއަރާ 06:01
ފަތިސް 04:48

ރިލްވާން މައްސަލަ

ރިލްވާން މައްސަލައިގެ އަޑުއެހުން ކެންސަލް ކޮށްފި

  • އަަޑުއެހުން ކެންސަލް ކުރި ސަބަބެއް ކްރިމިނަލް ކޯޓުން ނުބުނޭ
  • ހެކީގެ ގޮތުގައި ދައުލަތުން ޖުމްލަ 29 ހެއްކެއް ހުށަހަޅާފައިވޭ
  • ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހަކަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވޭ
މުހަންމަދު ވިސާމް | sampathmasiw

| 13 ފެބުރުވަރީ 2018 | އަންގާރަ 18:32 | |

މަގުބޫލް

  1. އިބޫއަށް ކުރުނބާ އުފުލައިދިން ޕިކަޕް ޑްރައިވަރަށް ވީގޮތުގެ ވާހަކަ
  2. ސަލާމަތީ ސަބަބުތަކަށްޓަކާ ރައީސްގެ ފްލައިޓުން މެމްބަރު ރިޔާޒު މާލެ ނުގެންނެވި!
  3. އުފަން ރަށުގެ ހޫނު މަރުޙަބާއިން ފައިސަލް އުފަލުން ރޮވިއްޖެ
  4. އަންހެންނަށް ކުޑައިމީސްވާ ފަދަ ބަސްފުޅެއް ރައީސް ޔާމީން ވިދާޅުވެއްޖެ!
  5. އިބޫގެ ބެނަރ ހަރުކުރުމަށް އެޗްޑީސީއާއި ފުލުހުން ހުރަސްއަޅައިފި
  6. އިބޫ ބޫޓާ އެކު ވެންނެވި ތަނަކީ ވީރާނާވާން ދޫކޮށްލާފައިވާ ކުރީގެ މިސްކިތެއް!
  7. ފިޔާތޮށި ކުލަ އެއްވެސް ފަރާތަކަށް ބޭނުން ނުކުރެވޭނޭ ކަމަށް ބުނެފި
  8. ބުދު ގެލެރީ އަދިވެސް ނުނަގާ، އަދިވެސް ބަރާބަރަށް އިޝްތިހާރު ކުރަނީ!


ރިލްވާނަން އިންސާފް ހޯދަދިނުމަށް ގޮވާލައި މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ވަގަށް ނަގާފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ ފޮރުވި ކަމަށް ބުނާ މައްސަލާގައި އަންގާރަ ދުވަހު ތާވަލް ކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ދައުލަތުން ހުށައެޅި ހަތް ސިއްރު ހެކިވެރިންގެ ތެރެއިން ތިން ހެކިވެރިންގެ ހެކި ބަސް ނެގުމަށް އަންގާރަ ދުވަހު 3:00 އަށް ތާވަލް ކުރި އަޑުއެހުން ކެންސަލް ކުރި ސަބަބެއް ކްރިމިނަލް ކޯޓުން ނުބުނެއެވެ.

ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހަކަށް ކުރާ ޓެރަރިޒަމްގެ ދައުވާގައި ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި ހަތަރު މީހެއްގެ ހެކިބަސް ކްރިމިނަލް ކޯޓުން ވަނީ ނަގައިފަ އެވެ. ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ.

ޝަރީއަތުގެ މަޖިލީހުގައި ފުރަތަމަ ހެކިބަސްދީފައި ވަނީ ރިލްވާނާއެކު ފެރީއިން ދަތުރުކުރި އޭނާގެ ރަހުމަތްތެރިޔެކެވެ. ކާކުކަން ނޭނގޭ ގޮތަށް ހެކިބަސްދިން އެ މީހާ ބުނީ ދެ މީހުން އެކުގައި ވަރަށް ގިނައިން ފެރީގައި ދަތުރުކުރާކަމަށެވެ. ރިލްވާން ގެއްލުނު ރޭ ފެރީގެ ތެރެއިން ރިލްވާނާ ދިމާވީ 1:00 ގައި ކަމަށް އޭނާ ބުންޏެވެ. ރަހުމަތްތެރިޔާ ބުނި ގޮތުގައި ދެ މީހުން ތިބީ ކައިރިކައިރީގައި ޖެހިގެންނެވެ.

މި މައްސަލާގައި ހެކީގެ ގޮތުގައި ދައުލަތުން ޖުމްލަ 29 ހެއްކެއް ހުޅައަޅާފައި ވާއިރު، ރިލްވާންގެ އާއިލާގެ ގިނަ މެމްބަރުންތަކެއްގެ ނަން ވެސް ވަނީ ހުޅައަޅާފައެވެ. އަދި އެމީހުން ހެކި ބަސް ދިނުމަށް މާދަމާ ކޯޓަށް ހާޒިރުވާން ވަނީ އަންގާފައެވެ. މައްސަލައިގެ ދިފާއުގައި އާލިފާއި ނޫރައްދީންގެ ފަރާތުން ފަސް މީހެއްގެ ނަން ހެކީގެ ގޮތުގައި ވަނީ ހުށަހަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް