19 ޖުލައި 2018 | ބުރާސްފަތި | 05 ފުސް
06 ޛުލްޤަޢިދާ 1439
އިޝާ 19:41
މަޣްރިބް 18:24
އަސްރު 15:38
މެންދުރު 12:16
އިރުއަރާ 06:01
ފަތިސް 04:44

ޗައިނާ ސަފީރު

އިދިކޮޅު އެއްވުމުގެ މަންޒަރު ބަލާލަން މަޑުކޮށްލީ، ބައިވެރިއެއް ނުވަން: ޗައިނާ ސަފީރު

 • ގާތްގަނޑަކަށް 15 މިނެޓްވަންދެން ހަރުގެ ކައިރީގައި ސަފީރު ހުންނެވި
 • ސަފީރު ވަނީ އެ ސަރަޙައްދުގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ ފޮޓޯ ނަންގަވާފަ
 • މިފަދަ އެއްވުންތައް ކުރިއަށްދާ ސަރަޙައްދުތަކަށް ބޭރު ޤައުމުތަކުގެ ސަފީރުން މީގެ ކުރިން ވަޑައިނުގަންނަވާ
މުހަންމަދު ވިސާމް | sampathmasiw

| 13 ފެބުރުވަރީ 2018 | އަންގާރަ 18:10 | |

މަގުބޫލް

 1. އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި
 2. ފައިރޫޒް ރާއްޖެ ޓީވީ އާއި އަލުން ގުޅިއްޖެ
 3. ޤައުމަށްޓަކައި ކުރައްވާ މަސައްކަތް ނުކުރެއްވޭ ގޮތަށް ބައްޕަ މިނިވަންވާކަށް ނޭދެން: އިމްރާންގެ ދަރިކަނބަލުން
 4. ސަލްމާން ކޫރޫއިންގެ ކުރިމަތީގައި ޖާންވީ ލަދުގަންނަވާލި ގޮތް ކިޔައިދީފި
 5. އެސްއޯ ފުލުހުންތަކެއް އިހަވަންދޫއަށް އަރައި، ހިންގި ހަމަނުޖެހުމެއްގައި ބަޔަކަށް އަނިޔާ ވެއްޖެ
 6. އިމްރާންއާ ޑީލް ހަދަން ސަރުކާރުން މީހަކު ފޮނުވައިފި: މަހްލޫފް
 7. އެސްއޯ ފުލުހުންގެ އަމަލުތަކުން އަނިޔާ ލިބުނު ވެއިޓަރު އިތުރު ފަރުވާއަށް ދިއްދޫއަށް ފޮނުވާލައިފި
 8. ބޮޑުވަޒީރަކަށް ރައީސް ޔާމީން ގެނެސް، ދިގު ދައުރަކަށް ބެހެއްޓިދާނެ: ނިހާން


ޗައިނާ ސަފީރު ހަރުގެ ސަރަޙައްދުގައި ހަރަކާތްތެރި ވެވަޑައިގަންނަވަނީ -- ރާއްޖެއެމްވީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޯމަ ދުވަހުގެރޭ ބޭއްވި އެއްވުމުގައި ބައިވެރިވަޑައިނުގަންނަވާ ކަމަށާއި އެއްވުމުގެ މަންޒަރު ބަލާލުމަށް އެސަރަހައްދުގައި މަޑުކޮށްލީ ކަމަށް ޗައިނާގެ ސަފީރު ޒަންގް ލިޒޯންގް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާޤުން މި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ކުރެއްވި ޙުކުމް ތަންފީޒު ކުރުމަށް ގޮވާލައި، ގުޅިފައިވާ ޕާޓީތަކުން ސިލްސިލާކޮށް އެމްޑީޕީ ހަރުގެ ސަރަޙައްދުގައި ބާއްވަމުންދާ ސުލްޙަވެރި އެއްވުންތަކުގެ ތެރެއިން، ހޯމަ ދުވަހުގެރޭ ބޭއްވި އެއްވުން ކުރިއަށް ދިޔަ ވަގުތު، އެ ސަރަޙައްދަށް ވަޑައިގެން ޗައިނާ ސަފީރު ވަނީ އެ ސަރަޙައްދު ބައްލަވާލައްވާފައެވެ.

އެކަމާއި ގުޅިގެން "މިހާރު ނޫހަށް" ދެއްވި އިންޓަރވިއެއްގައި ޗައިނާގެ ސަފީރު ވަނީ އެއްވުމުގައި ބައިވެރިވަޑައިގެންފައިވާ ކަމަށް ދައްކާ ވާހަކަތައް ދޮގުކުރައްވާފައެވެ. ކުޑައިރުކޮޅަކަށް އެސަރަހައްދުގައި މަޑުކޮށްލީ ރަސްމީ ހައިސިއްޔަތުން ނޫން ކަމަށް ޒަންގް ލިޒޯންގް ވިދާޅުވިއެވެ.

"އެމްބަސީ އެ ހުންނަނީ އެ ސަރަހައްދުގައި. އަޅުގަނޑު އެތަނުން ނުކުމެގެން ދިޔަ މަގުމަތީގައި، އެތަނުގައި މީހުން ތިބީމަ ބަލާލަން ކުޑައިރުކޮޅަކަށް މަޑުކޮށްލީ. އެއީ ބައިވެރިވުމެއް ނޫނެއް ނޫންތޯ؟،" މިހާރު ނޫހަށް ދެއްވި އިންޓަރވިއުގައި ޗައިނާގެ ސަފީރު ވިދާޅުވިއެވެ.

ޗައިނާ ސަފީރު ވިދާޅުވީ ރާއްޖެއާއި ޗައިނާ ދޭތެރޭގައި އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި، ކުރިން ވެސް ނިންމާފައިވާ ގޮތަށް ރާއްޖޭގެ މައްސަލަތަކުގެ ތެރެއަށް އެ ގައުމުން ނުވަންނާނެ ކަމަށެވެ. އަދި ޗައިނާއިން ބޭނުންވަނީ ރާއްޖޭގެ ހަމަޖެހުމާއި އަމާންކަން ގާއިމްވެފައި އޮތުންކަން ފާހަގަކުރަމުން ސަފީރު ވިދާޅުވީ މިހާރު މި އޮތް ހާލަތުން އަރައި ގަތުމަށް ސިޔާސީ ޕާޓީތަކާއި ސަރުކާރުން ވާހަކަ ދެއްކުން މުހިންމު ކަމަށެވެ.

ގުޅިފައިވާ ޕާޓީތަކުގެ އެއްވުން ކުރިއަށް ދިޔަ ސަރަޙައްދުގައި 15 ވަރަކަށް މިނެޓު ވަންދެން ޗައިނާގެ ސަފީރު ހުންނެވި އިރު، އެމަނިކުފާނު ވަނީ އެ ސަރަޙައްދުގައި ކުރިއަށް ދިޔަ ހަރަކާތްތަކުގެ ފޮޓޯ ނަންގަވާފައެވެ.

ގުޅިފައިވާ ޕާޓީތަކުގެ އެއްވުމަށް ވަޑައިގެން ޗައިނާ ސަފީރު އެ އެއްވުން ބައްލަވާލައްވާފައިވާއިރު، މިއީ ރާއްޖޭގައި ތިއްބަވާ ބޭރުގެ ޑިޕްލޮމޭޓުންގެ ފަރާތުން މީގެކުރިން ފެނިފައިވާ މަންޒަރެއް ނޫނެވެ. މީގެކުރިން ރާއްޖޭގައި ކުރިއަށް ދިޔަ މިފަދަ ބައެއް އެއްވުންތައް އޮބްޒަރވް ކުރުމަށް އެމްބަސީތަކުގެ މުވައްޒަފުން ހަރަކާތްތެރި ވެފައި ވީނަމަވެސް، މިފަދަ އެއްވުންތައް ބައްލަވައިލެއްވުމަށް ޤައުމުތަކުގެ ސަފީރުންނާއި، އެފަދަ އެހެން ޑިޕްލޮމޭޓުން ވަޑައެއްނުގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ގާތް ގުޅުމެއް ބާއްވަމުންދާ ޗައިނާ ސަރުކާރުން ވަނީ، ރައްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައި އޮތުމާއި ރާއްޖޭގެ ސިޔާސީ ހާލަތު އޮތް ގޮތުން، އެ ޤައުމުގެ ރައްޔިތުން ރާއްޖެއަށް ދަތުރު ނުކުރުމަށް ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް