23 ފެބުރުއަރީ 2018 | ހުކުރު | ހިޔަވިހާ 11

ބީއެމްއެލް އިން ކޭޝްލެސް ރައިޑް ހުޅުމާލޭގައި ތައާރަފުކޮށްފި

  • ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުން ކޮށްގެން ޓެކްސީތަކަށް ފައިސާ ދެއްކޭނެ ފަސޭހަ ޚިދުމަތެއް މިއީ
ސިމާހާ ނަސީމް | sim_kamana

| 13 ފެބުރުވަރީ 2018 | އަންގާރަ 17:52 | |



ކޭޝްލެސް ރައިޑް ފޯރުކޮށްދޭ ޓެކްސީއެއް -- ރާއްޖެއެމްވީ ފޮޓޯ : ސިމާހާ ނަސީމް

ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުން ކޮށްގެން ޓެކްސީތަކަށް ފައިސާ ދެއްކޭނެ ފަސޭހަ ޚިދުމަތެއް ކަމުގައިވާ “ބީއެމްއެލް ކޭޝްލެސް ރައިޑް” ހުޅުމާލޭގައި މިއަދު އިފްތިތާހުކޮށްފިއެވެ.


މި ޚިދުމަތުގައި ފައިސާ ދެއްކުމަށް ބޭނުންކުރާނީ ޓެކްސީތަކުގައި ހަރުކޮށްފައި ހުންނަ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) މެޝިނެކެވެ. އަދި ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ޓެކްސީއަށް ފައިސާ ދެއްކުމުން ފައިސާ ދެއްކި ކަމުގެ ރަސީދެއް ލިބޭނެއެވެ.

ބީއެމްއެލް އިން ކޭޝްލެސް ރައިޑްގެ ހިދުމަތް މާލެސިޓީގައި ތައާރަފުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އަދި މި ހިދުމަތް މާލެސިޓީގައި ތައާރަފުކޮށްދެއްވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ މި ފަދަ ފަސޭހަ ޚިދުމަތެއް ބޭނުންކޮށްގެން ރައްކާތެރިކަމާއެކު އަވަހަށް ފައިސާ ދެއްކޭނެ ގޮތެއް ކަސްޓަމަރުންނަށް ހަމަޖެހިގެންދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މި ޚިދުމަތުގެ ސަބަބުން ޓްރެފިކް ބޮޑު މަގުތަކުގައި ޓެކްސީ ދަތުރަށް ފަހު ފައިސާ ހަމަކުރުމަށް ނުވަތަ ބާކީ ލާރި ލިބެންދެން މަޑުކުރަން ނުޖެހި ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ދަތުރު ނިންމާލައި ފައިސާ ދެއްކުމަށް މަގު ފަހިވެގެން ދާނެ ކަމަށެވެ.

ބީއެމްއެލް އިން ދަނީ އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް ދުވަހެއް ދުވަހަކަށްވުރެ ރަނގަޅުކޮށް ފުޅާކުރަމުންނެވެ. އެގޮތުން މި މަހުގެ 8 ވަނަ ދުވަހު އިންޓަނެޓް ބޭންކިންގް މެދުވެރިކޮށް ކްރެޑިޓް ކާޑަށާއި ޑެބިޓް ކާޑަށް އެދުމާއި އެކައުންޓް ހުޅުވުމާއި ލުއި ލޯނަށް އެދުމާއި ކަސްޓަމަރުންގެ މައުލޫމާތު ބަދަލުކުރުމަށް އެދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް