19 ޖުލައި 2018 | ބުރާސްފަތި | 05 ފުސް
06 ޛުލްޤަޢިދާ 1439
އިޝާ 19:41
މަޣްރިބް 18:24
އަސްރު 15:38
މެންދުރު 12:16
އިރުއަރާ 06:01
ފަތިސް 04:44

ސުޕްރީމް ކޯޓް

އަދުލްއިންސާފުގެ އެންމެ މަތީބާރު، ހިސޯރު ކުރެވިފައި، ދިފާއުގައި ފަނޑިޔާރުން މަސައްކަތް ކުރަންޖެހޭ: ސައުދު

  • އަދުލްއިންސާފުގެ ބާރުގެ ދިފާއުގައި ފަނޑިޔާރުން މަސައްކަތް ކުރަންޖެހޭ
  • މިގޮތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނެއް ނުކުރެވޭނެ
  • މިއީ ބަޔަކު ހައްޔަރު ކުރުމަށް އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތެއް
މުހައްމަދު ފަޒީން | phaxyn

| 13 ފެބުރުވަރީ 2018 | އަންގާރަ 17:28 | |

މަގުބޫލް

  1. އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި
  2. ފައިރޫޒް ރާއްޖެ ޓީވީ އާއި އަލުން ގުޅިއްޖެ
  3. ޤައުމަށްޓަކައި ކުރައްވާ މަސައްކަތް ނުކުރެއްވޭ ގޮތަށް ބައްޕަ މިނިވަންވާކަށް ނޭދެން: އިމްރާންގެ ދަރިކަނބަލުން
  4. ސަލްމާން ކޫރޫއިންގެ ކުރިމަތީގައި ޖާންވީ ލަދުގަންނަވާލި ގޮތް ކިޔައިދީފި
  5. އެސްއޯ ފުލުހުންތަކެއް އިހަވަންދޫއަށް އަރައި، ހިންގި ހަމަނުޖެހުމެއްގައި ބަޔަކަށް އަނިޔާ ވެއްޖެ
  6. އިމްރާންއާ ޑީލް ހަދަން ސަރުކާރުން މީހަކު ފޮނުވައިފި: މަހްލޫފް
  7. އެސްއޯ ފުލުހުންގެ އަމަލުތަކުން އަނިޔާ ލިބުނު ވެއިޓަރު އިތުރު ފަރުވާއަށް ދިއްދޫއަށް ފޮނުވާލައިފި
  8. ބޮޑުވަޒީރަކަށް ރައީސް ޔާމީން ގެނެސް، ދިގު ދައުރަކަށް ބެހެއްޓިދާނެ: ނިހާން


ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު -- ރާއްޖެއެމްވީ ފޮޓޯ : އަހުމަދު މުހުސިނު

ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބުނާ ދައުލަތުގެ ތިންބާރުގެ ތެރެއިން ގާނޫނު ހަދާ ބާރާއި އަދުލްއިންސާފުގެ ބާރު މިލިޓަރީން "ހިސޯރު" ކޮށް، އަދުލްއިންސާފުގެ ބާރުގެ އެންމެ މަތީ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި އެކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކޮށްފައިވާތީ، ދެން ކޯޓުތަކުން ކުރަންޖެހޭ ޝަރީއަތެއް މިވަގުތަށް އޮންނަން ޖެހޭނެ ކަމަށް ދެކި ނުލައްވާ ކަމަށް ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް ހުޅުވަންޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނާ ދުވަސް ފާއިތުވެދިޔައިރު ވެސް މަޖިލީހުގެ ޖަލްސާތައް ފަށާފައިނުވާތީ އެކަން ސާފުކުރުމަށާއި ވީހާވެސް އަވަހަކަށް މަޖިލީހުގެ ޖަލްސާއެއް ބާއްވާ ދިނުމަށް މަޖިލީހުގެ އިދާރީ އިސް މުވައްޒަފުންނާ ބައްދަލުކޮށް، ޖަލްސާތައް ބާއްވައި ދިނުމަށް އެދުމަށް މަޖިލީހަށް ވަނުމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ވަޑައިގެންނެވުމުން މަޖިލީހުގައި ތިއްބަވާ ސިފައިން ހުރަސް އެޅުމުން، ނޫސްވެރިން މައުލޫމާތު ދެއްވަމުން ސައުދު ވިދާޅުވީ ގާނޫނުއަސާސީއާ މުޅިން ހިލާފަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްގެން ސަރުކާރުން އުޅެނީ ސަރުކާރުގެ އަމިއްލަ އެޖެންޑާއެއް ފުރިހަމަ ކުރުމަށް ކަމަށެވެ.

ސައުދު ވިދާޅުވީ އަދުލްއިންސާފުގެ ބާރުގެ އެންމެ އިސް ފަނޑިޔާރު ކަމަށްވާ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގައި ދެވަނައަށް އެންެމެ އިސްކޮށް ހުންނަވާ ފަނޑިޔާރު އަލީ ހަމީދު ސަލާމަތީ ހިދްމަތްތަކުން ހައްޔަރު ކުރުމުން، އެވަނީ އަދުލްއިންސާފުގެ ނިޒާމު ހުއްޓިފަ ކަމަށެވެ. އަދި ޝަރުއީ ކޯޓުތަކުން މިއަދު ނިކުމެ ކޯޓުތައް ހިންގުމުގެ ބަދަލުގައި އަދުލްއިންސާފުގެ ދާއިރާގެ ފުރިހަމަ ބާރު ހޯދަން މަސައްކަތް ކުރުމަކީ ކޮންމެ ފަނޑިޔާރަކު ވެސް ކުރަންޖެހޭ ކަމެއް ކަމަށާއި ސަރުކާރުގެ ނުފޫޒުން ކޯޓުތަކާއި ފަނޑިޔާރުން އެއްކިބާވާން ޖެހޭ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވޭފަދަ ހާލަތެއް ރާއްޖޭގައި ނެތިސް، ކުއްްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގާނޫނުއަސާސީގައި ބުނާ ދައުލަތުގެ ތިންބާރުގެ ތެރެއިން ގާނޫނުހަދާ މަޖިލީހާއި ސުޕްރީމް ކޯޓު ސަސްޕެންޑްކޮށް، އަސާސީ ބައެއް ހައްގުތައް ހިފެހެއްޓުމަކީ ކުރިއަށް އޮތްތާނގައި ރާއްޖެ ނުބައި ފައްތަރަކަށް ވެއްޓިދާނެ ކަމެއް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ އެއިރަކު ރައީސަކަށް ހުންނަވާ ބޭފުޅަކު ބޭނުންވާ ކަމެއް ކުރުމަށް މިފަދަ ގޮަތަކަށް ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާންކޮށް، ސަރުކާރާއި ސަލާމަތީ ހިދްމަތައް މެދުވެރިކޮށް ހިތުހުރިކަމެއް ކުރުމަކީ ކުރިއަށް އޮތްތާނގައި ރާއްޖޭ އަތޮޅުތަކާއި ރަށްތަކާއި ބިންތައް ބޭރުބަޔަކަށް ވިއްކާލައި، ރާއްޖެ ނާޒުކު ފައްތަރަކަށް ވައްޓާލެވިދާނެ ކަމެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް