21 އޭޕުރިލް 2018 | ހޮނިހިރު | 01 ބުރުނު

އުކުޅަހުގައި ހުރި އެމްޑީޕީ ބޮޑު ދިދަ ފުލުހުން ތިރިކޮށްފި

  • ދިދަ ނެގީ ރަސްދޫއިން އައި 24 ފުލުހުން
  • އުކުޅަހަކީ އެމްޑީޕީގެ ތާއީދު ބޮޑު ރަށެއް
އަހުމަދު މުހުސިނު | dhonbandaara

| 13 ފެބުރުވަރީ 2018 | އަންގާރަ 17:23 | |



އުކުޅަހުގައި ހުރި އެމްޑީޕީގެ ބޮޑު ދިދަ ފުލުހުން ނަގައިގެން ދަނީ -- ރާއްޖެއެމްވީ ފޮޓޯ : އަހުމަދު މުހުސިނު

އއ އުކުޅަހުގައި ބަނދަރުމަތީގައި ހުންނަ އެމްޑީޕީގެ ބޮޑު ދިދަ ފުލުހުން ތިރިކޮށްފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތުދިން އުކުޅަހު މީހަކު ބުނީ ރަސްދޫއިން އައި ލޯންޗެއްގައި ގާތްގަނޑަކަށް 24 އަކަށް ފުލުހުން ކުއްލިގޮތަކަށް އެރަށަށް އަރާފައިވަނީ މިއަދު ހަވީރު 3:50 ހާއިރު ކަމަށެވެ.

އޭނާ ބުނީ ފުލުހުން އެރިގޮތައް އަރައި 10 ވަރަކަށް މިނިޓްގެ ތެރޭގައި އެދިދަ ތިރިކޮށް ދިދަ ހިފައިގެން ފުރާފައިވާ ކަމަށެވެ. އަދި ދިދަ ބޭނުންނަމަ ސިޓީއެއް ހުށަހެޅުމުން ދޭނެ ކަމަށްވެސް ފުލުހުން ބުނެފައިވާކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ކޮންމެވެސް ވަރަކަށް އެސަރައްހައްދުން އާޢްމުން އެއްވި ކަމަށާއި އެމީހުންގެ ޝުއޫރު ފާޅުކޮށްފައިވާ ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރެއް އޮންނާނެ ކަމަށާއި އެއަމުރު ތަންފީޒް ކުރުމަށް ރައްޔިތުންގެ ތެރެއިން ނުކުތް މީހުން ގޮވާލާފައިވާ ކަމަށެވެ.

އއ އުކުޅަހަކީ އެމްޑީޕީގެ ތާއީދު ބޮޑު ރަށެކެވެ. އެމްޑީޕީން ކުރި ވައުދުގެ ދަތުރުގައި ބޭނުންކުރި ދޯނި ތަކަކީވެސް އުކުޅަހު މަސްދޯނި ތަކެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް