21 އޯގަސްޓު 2018 | އަންގާރަ | 12 މާ
10 ޛުލްޙިއްޖާ 1439
އިޝާ 19:31
މަޣްރިބް 18:18
އަސްރު 15:25
މެންދުރު 12:13
އިރުއަރާ 06:01
ފަތިސް 04:48

މަގޭ ރިޕޯޓް

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

 • އުއްތަމަ ފަނޑިޔާރު ނިކަމެތި ހާލުގައި ޖަލުގައި
 • މަޖިލީހުގެ ތެރެއަކަށް މެންބަރުންނަކަށް ނުވަދެވޭ
 • ސަރުކާރު ޕާޓީއަށް އެއްވުން ބޭއްވޭއިރު އިދިކޮޅު މީހުންނަށް ދަނީ ހުރަސް އަޅަމުން
އަހުމަދު މުހުސިނު | dhonbandaara

| 13 ފެބުރުވަރީ 2018 | އަންގާރަ 17:00 | |

މަގުބޫލް

 1. އިބޫއަށް ކުރުނބާ އުފުލައިދިން ޕިކަޕް ޑްރައިވަރަށް ވީގޮތުގެ ވާހަކަ
 2. ސަލާމަތީ ސަބަބުތަކަށްޓަކާ ރައީސްގެ ފްލައިޓުން މެމްބަރު ރިޔާޒު މާލެ ނުގެންނެވި!
 3. އުފަން ރަށުގެ ހޫނު މަރުޙަބާއިން ފައިސަލް އުފަލުން ރޮވިއްޖެ
 4. އަންހެންނަށް ކުޑައިމީސްވާ ފަދަ ބަސްފުޅެއް ރައީސް ޔާމީން ވިދާޅުވެއްޖެ!
 5. އިބޫގެ ބެނަރ ހަރުކުރުމަށް އެޗްޑީސީއާއި ފުލުހުން ހުރަސްއަޅައިފި
 6. އިބޫ ބޫޓާ އެކު ވެންނެވި ތަނަކީ ވީރާނާވާން ދޫކޮށްލާފައިވާ ކުރީގެ މިސްކިތެއް!
 7. ފިޔާތޮށި ކުލަ އެއްވެސް ފަރާތަކަށް ބޭނުން ނުކުރެވޭނޭ ކަމަށް ބުނެފި
 8. ބުދު ގެލެރީ އަދިވެސް ނުނަގާ، އަދިވެސް ބަރާބަރަށް އިޝްތިހާރު ކުރަނީ!


ސިފައިން މަޖިލިސް ހިސޯރުކޮށްފައި -- އަލްޖަޒީރާ

ދެން ފަހެ ދޫނި ރާއްޖޭގެ ރައީސަކަށް ހުންނެވި ބޭފުޅާ އުއްމީދު ނުކޮށް ހުރި ހުކުމެއް އެ ރާއްޖޭގެ އެންމެ އިސް ކޯޓުން ކޮށްފިއެވެ. އިސާހިތަކު މާބޮޑު އާރަކާއި ބާރެއް ލިބިފައި އޮވެގެން ޚިޔާލެއް ފިކުރެއް ނެތި ކުރަމުންއައި ގަދަފަދަ ވެރިކަމުގެ ތެރެއަށް ނޭނގި ހުއްޓާ ބޮޑު ޒަލްޒަލާއެއް ކުރިމަތިވެއްޖެއެވެ. ދެނެކާ ދެނެއް ނެތެވެ. ތެޅިގަތީ އެޔެއް މިޔެއް ނުބަލައެވެ. ރައީސަކަށް ހުންނެވި ބޭފުޅާ އަރުވާ ޖަހާފައި ނިކުންނެވި އިރު މަހާރެހެންދިވެސް ފަހަތްޕުޅުން ނިކުންނަވައިފިއެވެ. ގާތުގައި ތިބި ބަޔަކު ދިން މޮޅު ހިޔާލާއެކު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މުޅި ޤައުމު ހުއްޓުވާލައިފިއެވެ. ވާނެ ހައެތިވެ ސިޔާސީ މަޝްރަހު ހަލަބޮލިވެއްޖެއެވެ. ބޭރުގެ ކަރަތަކުން އަމުދުން އެހީދޭ އަވައްޓެރިން ލައްކަ އެއްޗެހި ގޮވައިފި އެވެ. ތިޔަ ކުރަނީކީ ބަޔަކު ކުރާ ޒާތުގެ ކަންކަމެއް ނޫނޭބުނެ އެޤައުމުތަކުގެ މީހުން ދޫނިރާއްޖެއަށް ދިއުން މަނާކޮށްފިއެވެ. އެހީ ދެވެން ނެތްކަމާ ވިސާގައި ސޮއިކޮށްދެވެން ނެތްކަމަށް ބުނެ ހުކުމް ތަންފީޒް ކުރުމަށް އަޑު ހަރުކޮށް ގޮވާލައިފިއެވެ.

އެޅުއްވުނު ޅައެތިން އަރައިގަންނަން އަނެއްކާވެސް ކަށިން ހިތްވަރު ނެރެން މަޖްބޫރުވެއްޖެއެވެ. ބޮޑު ސައްލާއަކަށް ފަހު އެއްބަސްވެވުނީ ބޭރުގެ ކަރަތަކަށް ގޮސް މަތިއޮމާން ކުރެވޭނޭ ވާހަކަތައް ދައްކާނެ ވަފުދެއް ފޮނުވުމަށެވެ.

ވަފުދުގެ މީހުން ދައްކާނެ ވާހަކައެއް ދައްކާށާއި އޮޅުން ފިލުވާނެ ވާހަކަތައް ވަފުދުގެ މީހުންގެ ގާތު އެހުމަށް ކަރަތަކުގެ ވެރިން އެއްތަނަކަށް ޖަމާވެ ޖަލްސާއެއް ބާއްވައިފިއެވެ. ވަފުދުގެ މީހުންނާވެސް އެކުގައެވެ. ކޮންމެއަކަސް މަޝްވަރާތަކުގެ ވާހަކަތައް ފަށައިފިއެވެ

ސަރުކާރުން ފޮނުވި ވަފުދުގެ މީހާ ގޮވެލިފަތި އަމުނާ ލައިފިއެވެ. ވަރަށް ދޫފަރިތަކޮށް އެހާމެ ރީތި ރާގަކަށެވެ. ސަރުކާރުން ހޯދި ކުރިއެރުމާ ގެނައި ތަރައްޤީގެ ވާހަކަ ބުނެލަ ދީފިއެވެ. މިސާލެއްގެ ގޮތުން އަޅަމުންދާ ބޮޑު ބްރިޖާ، 25 ބުރީގެ ހޮސްޕިޓަލްގެ ވާހަކަ ބުނެލީ ވަރަށް ފޮނިގޮތަކަށް ހީވެސް ލަމުންނެވެ. ހަމަ ނިމޭއިރަށް މީހަކު އަހާލައިފިއެވެ. 150މިލިއަން ޑޮލަރަށް އެޅޭ ބްރިޖެއް 300 މިލިއަނަށް އަޅަނީ ކިހިނެއް ވެގެން ހެއްޔެވެ. 40 މިލިއަން ޑޮލަރަށް އެޅޭ ހޮސްޕިޓަލެއް 140 މިލިއަނަށް އަޅަނީ ކީއްކުރަންހެއްޔެވެ. މާބޮޑަށްވެސް ފެންވަރު ރަނގަޅީ ހެއްޔޭވެސް އޭނާ އަހާލައިފިއެވެ.

ވަފުދުން ދިނީ މޮޅު ޖަވާބެކެވެ. އަހަރެމެންނަށް ތިޔަ ކަމުގެ ތަފްސީލްތައް ހާމަކުރެވޭކަށް ނެތެވެ. އެއީ ޤައުމީ ސިއްރެކޭއެވެ. މިއުޅޭ މީހުންނަށް އޭރުން އެދައްކާ ވާހަކަތައް ދިމާވެދާނެއެވެ. އަމުދަކުން ރައްޔިތުންގެ މަޖިލީހުންވެސް ތިޔަ ވާހަކައެއް ނުދައްކަވައެވެ.

ޗޮކެއް ކަނޑާލާފައި އެހެން މީހަކު އަހައިފިއެވެ. މަޖިލީހުގައި އޮތީ ކޮންބައެއްގެ މެޖޯރިޓީއެއް ހެއްޔެވެ. އެވަރުގެ ކަމެއްގެ ވާހަކަ ނުދައްކަނީ ކީއްވެ ބާއެވެ.

ވަފުދުން ބުނެފިއެވެ. ހުޅުވުނުއިރު އަހަރެމެންގެ މެޖޯރިޓީއެއް ނެތެވެ. އެކަމަކު ޤައުމަށް އައި ކުރިއެރުމާ ރައީސް މީހާއާ ނައިބު ރައީސްގެ ބުރަ މަސައްކަތުން އެހެން ޕާޓީތަކުން ގެނެވުނު މެންބަރުންނާއެކު ވަރަށް ބޮޑު މެޖޯރިޓީއެއް ލިބުނު ކަމަށެވެ. އެޔާއެކު ކޯޓު ތަކާއި ހުރިހާ މިނިވަން މުއައްސަސާތަކުންވެސް ކަންކުރަމުން ދިޔައީ އަހަރެމެން އެދޭ ގޮތަށޭ ބުނެލީ ހެވިދިލިފައި ހުރެ ގަމީހުގެ ގިރުވާނާވެސް ކުޅެލަމުންނެވެ.

އެހެންވިއްޔާ މިހާރު މައްސަލައަކަށްވީ ކީއްވެ ހެއްޔޭ އޭނާ އަހާލައިފިއެވެ. އެވާހަކަ އަހާ ނުނިމެނީސް ވަފުދުން ޖަވާބުދޭން ފެށިއެވެ. މައްސަލައަކީ އެއީއެވެ. ބޮޑެތި ފްލެޓްތަކާ، މިލިއަނުން ފައިސާ ދީގެން މެންބަރުން ކޮޅު ގަނެގެން މަޖިލީހުގެ މެޖޯރިޓީ އަތުލީއެވެ. ސަރުކާރުން ކުރާ ކަންކަން ހަޖަމް ނުވީއޭވެސް ބުނެލައިފިއެވެ.

ކަނެއްގައި އިން މީހަކު އަހާލިއެވެ. ސަރުކާރުންވެސް ދިނީމު ނޫންހޭ. ވަފުދުން ބޯހޫރާލަމުން އޭގެ ޖަވާބު ދޭން ފެށިއެވެ. ސަރުކާރުން އެތެރެކުރާ ތެޔޮ ކްރެޑިޓަށް ދީގެން މެންބަރުން ލައްވާ އަތޮޅުތަކަށް ވިއްކައިގެން ފައިސާކޮޅެއް ހޯދޭނޭ ގޮތް ހަދާލަ ދިނީމެވެ. ބައެއް މެންބަރުން ބޯހިޔާވަހިކޮށްލަން ޑައުން ޕޭމެންޓް ދައްކާލަދީ އޮންނަ އުސޫލުގެ ބޭރުން ފްލެޓް ފޯމް ލައިދިނީމެވެ. ބައެއް މީހުންނަށް ދެތިން ފިހާރައާ ކަންނެލި ދޯންޏެއް ދިނުން ފަދަ ކަންކަމަކީ ދެން މާބޮޑު ކަމެއް ނޫނެއް ނޫންހެއްޔެވެ.

މެޖޯރިޓީ ބަދަލުވީމާ ދެން ހެދީ ކިހިނެއްހޭ ބުނުމުން ދިން ޖަވާބުވެސް ވަރަށް ސާފެވެ. މާކުރިންވެސް ގެންނަން ވެފައި އޮތް ބަދަލެއް ގެނެސް ޕާޓީ ބަދަލު ކުރާ މީހުންގެ ގޮނޑި ގެއްލޭ ގޮތައް ހަދާލީ ކަމަށް ބުންޏެވެ. އެޔާއެކު ޕާޓީން ކެނޑުނު މީހުން ސުލައިމާނު ލައްވާ ގޮނޑި ގެއްލުވާލީ ކަމަށެވެ.

އެހާލަތައް ދިޔައިރު މަޖިލީހުގެ ތެރެއިން ކަމެއް ހައްލު ކުރަން ނޫޅެނީތޯ މީހަކު އެހިއެވެ. ޖަވާބުގައި ބުނީ އެހެން ހިތަށް އެރިހާ ގޮތަކަށް ޖަލްސާ ބާއްވާކަށް މަޖިލީހަށް ވަންނާކަށް ފުރުސަތެއް ނުދެވޭނެ ނޫންހޭ ދޮރުތަކުގައި ތަޅުއަޅުވައިގެން ސިފައިންލައްވާ އެތަން ބަންދުކުރީ މަޖިލީހަށް ވަންނަން އުޅޭތީކަމަށް ބުންޏެވެ. އަދި ވަންމީހުން ކޮޅުވެސް ގަދަަކަމުން އުފުރާލާފައި އެވެރިންނަށް ޖިނާއީ ކުށެއްގެ ދައުވާ ކުރީއޭވެސް ބުންޏެވެ.

ދެން މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ޗީފު ޖަޖު ކޮބައިހޭވެސް މީހަކަށް ނީނދެވިގެން ބުންޏެވެ. އެވެރިން އަނެއްކާވެސް އިތުރު ހުކުމެއް ނެރެފާނެތީ ވަނީ ހައްޔަރުކޮށްފައި ކަމަށް ވަފުދުން ބުންޏެވެ. އެކަން ކުރީ އެއޮންނަ ޑިއު ޕްރޮސެސް ފުރިހަމަ ނުކޮށް ކަމަށް މީހުން ބުނާ ކަމަށް މީހަކު އެހިއެވެ. ޖަވާބުގައި ބުނީ ދެން ގަދަ ހަދަންޏާ ގެންދެވޭނީ ދަމާ ކޫއްތާފައި ނޫން ހެއްޔޭ އެނޫން ގޮތަކަށް އެކަން ކުރެވޭނޭ ޑިއު ޕްރޮސެސްއެއް ކަލޭމެން ބުނެދީބަލާށޭ ބުނެ ރުންކުރުވެލިއެވެ.

ގާތުގައި އިންމީހާ ގޮނޑިދަށުން ވިކައިގަތީމާ ހުއްޓާލުމާއެކު އެހެން މީހަކު ބުނީ ކުރީގެ ރައީސުންނާ ނައިބު ރައީސުންވެސް ޤައުމުގައި ނެތީ ހެއްޔޭއެވެ. ރުންކުރުވި މީހާ އެއްޗެއް ބުނަންވާއިރަށް ގާތުގައި އިން މީހާ ބުންޏެވެ. ދެރައީސުންނާ ނައިބު ރައީސަކުވީ ކުށްކުރީތީ ބަންދުކޮށްފައެވެ. އަނެއް ނައިބު ރައީސް އަތުވެއްޖިއްޔާ ބަންދުކޮށްފާނެ ކަމަށް ހީވާތީ މަޖިލީހުން މަޤާމް ގެއްލުވާ ނުލަނީސް ބޭރަށް ދިޔަ ގޮތަކަށް ނަޔޯލައެވެ. ދެން ހުރި ރައީސްގެ ދައުރު ހިފަހައްޓައި ދިނީތީ އޭނާ އަނގަޔަކުން ނުބުނެއެވެ.

ބައެއް ފަނޑިޔާރުންނާ ޕްރޮސެކިއުޓަރ ޖެނެރަލްވެސް ހައްޔަރުކޮށްފައިވާ ވާހަކައެއް އަޑުއެހިން ކަމަށާއި އެއީ ހަޤީގަތެއްތޯވެސް މީހަކު އަހައިފިއެވެ.

އެއީ ކޮންމެވެސް ވަރެއްގެ ތެދެއް ކަމަށާއި ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރި ޕީޖީ ރައީސް ޔާމީން ހައްޔަރުކުރަން އުޅުނީތީ ބަންދުކުރަން ޖެހުނީ ކަމަށް ބުންޏެވެ. އަދި ކުރިން ސަރުކާރާ އެއްކޮޅަށް ހުކުމްތައް ނެރުނު ބައެއް ފަނޑިޔާރުންގެ ވިސްނުން ބަދަލުވެ އެހެން ގޮތަކަށް ހުކުމް ކުރާތީ މިހާރު އެހެންތަންތަނަށް ބަދަލުކޮށްފައި ކަމަށެވެ.

މާ ދިގުލީމާ މީޓިންގ ނިންމާލަމުން ކަރަތަކުން އިސްކޮށް ހުރި މީހާ އަހައިފިއެވެ. މިފަދަ ގޮތަކަށް ކަންކަން އޮތްއިރު ރައްޔިތުންގެ ކަންކަން ހުރީ ކިހިނެއް ހެއްޔެވެ. ޖަވާބުގައި ދޫނި ރާއްޖެއިން ގޮސްހުރި އިސްމީހާ ބުންޏެވެ. ރައްޔިތުންގެ ތާއީދު ހަމަ ސަރުކާރަށް އޮހެނީއެވެ. އެތައް ބަޔަކު ނުކުމެ ރައީސަށް ސަނާ ކިޔަނީއެވެ. ޤައުމީ ޓީވީންވެސް ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. އެހާވެސް ބޮޑަށް ރައްޔިތުން ތިބީ ސަރުކާރާއެކުގައި ކަމަށެވެ.

ކަރަތަކުގެ އިސްމީހާ އިތުރަށް އަހާލީއެވެ. ސަރުކާރާ ދެކޮޅަށް އެއްޗެއް ބުނެލާ މަގުމައްޗަށް ނުކުމެލާ އަޑެއް އުފުލާލާނެ މީހަކު ހަމަ ނޫޅެނީ ހެއްޔެވެ. ޖަވާބުގައި އޭނާ ބުންޏެވެ. ކޮންމެވެސް ބަޔަކު އެއްވާން އުޅެއެވެ. ސަރުކާރު މުވައްޒަފުންނާ ކުންފުނިތަކުގެ މުވައްޒަފުން އެއިން ތަނަކުން ފެނިއްޖިއްޔާ ވަޒީފާ ގެއްލޭތީ އެތަނަށް ދާމީހުން މަދުވާނެ ނޫންތޯއޭއެވެ. އަދި ދާމީހުންނަށް ފައިސާ ބަހާކަށް އިދިކޮޅު މީހުންނަކަށް ނުކެރޭނެޔޭ. އަދި އަމުދުން އެއްވެއްޖިއްޔާ ނުވަތަ އަޑެއް އުފުލަންޏާ ފުލުހުންނާ ސިފައިން ނުކުމެ އެކަން ހުއްޓުވާ ފޮނުވާލަން ޖެހެއެވެ. ވެރިމީހާއަށް ވަގަށް ގޮވާ ސަރުކާރާ ދެކޮޅު ވާހަކަތައް ދައްކާން ދޫކޮށްލެވޭކަށް ނޯންނާނެތާއެވެ. އެހެންވީމާ ބުނެވޭނީ މާގިނަ ބަޔަކު ނުނިކުމެޔޭ ކަމަށެވެ.

އެވާހަކަތައް އަޑުއަހާފައި ކަރަތަކުގެ އެންމެނަށް އާދެވުނީ ނުބައިޒާތެއްގެ ހިންޏެކެވެ. އަދި ޖަލްސާ ނިންމާ ލައިފިއެވެ.

ކޮންމެއަކަސް ދޫނިރާއްޖެއިން ދިޔަ ވަފުދުން ބޭރު ބަޔަކާ ބައްދަލުވިކަމާއި މޮޅުވާހަކަތަކެއް ދެއްކުނުކަމުގެ އުފަލައިގެން ނުކުތްއިރު ކަމަކު ދާކަށް ނެތެވެ. ދޫނިރާއްޖެއަށް އައުން މަނާކޮށް ބޮޑެތި ޤައުމުތަކުން ޓްރެވަލް އެޑްވައިޒަރީތައް އޮތީ ނެރެފައެވެ. އެންމެ ގާތް 3 ޤައުމުންވެސް އޮތީއެކަން އެގޮތައް ކޮށްފައެވެ. އަމުދުން އަސްކަރިއްޔާ ފޮނުވައިދޭން އެދުނު ޗައިނާއިންވެސް އެކަމަށް ނޫނެކޭ ބުނެ ނިންމާލައިފިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް