19 ޖުލައި 2018 | ބުރާސްފަތި | 05 ފުސް
06 ޛުލްޤަޢިދާ 1439
އިޝާ 19:41
މަޣްރިބް 18:24
އަސްރު 15:38
މެންދުރު 12:16
އިރުއަރާ 06:01
ފަތިސް 04:44

އަދީބުގެ ސިއްހީ ހާލަތު

އަދީބުގެ ސިއްހީ ހާލަތު ގޯސްވެ، ހޭނެތިގެން މިއަދު ވެއްޓުނު: މޫސާ ސިރާޖު

 • އަދީބު ހޭނެތިގެން ގޮޅި ތެރެއަށް ވެއްޓިފައިވޭ
 • އަދީބުގެ ސިއްހީ ހާލުކޮޅާ ގުޅިގެން ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށް ކަރެކްޝަނުން ބުނޭ
 • އަދީބުގެ އާއިލާ އިން ދަނީ އަދީބާ މެދު އަމަލު ކުރައްވާ ގޮތުން ކަންބޮޑުވުންފާޅު ކުރަމުން
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 13 ފެބުރުވަރީ 2018 | އަންގާރަ 16:47 | |

މަގުބޫލް

 1. އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި
 2. ފައިރޫޒް ރާއްޖެ ޓީވީ އާއި އަލުން ގުޅިއްޖެ
 3. ޤައުމަށްޓަކައި ކުރައްވާ މަސައްކަތް ނުކުރެއްވޭ ގޮތަށް ބައްޕަ މިނިވަންވާކަށް ނޭދެން: އިމްރާންގެ ދަރިކަނބަލުން
 4. ސަލްމާން ކޫރޫއިންގެ ކުރިމަތީގައި ޖާންވީ ލަދުގަންނަވާލި ގޮތް ކިޔައިދީފި
 5. އެސްއޯ ފުލުހުންތަކެއް އިހަވަންދޫއަށް އަރައި، ހިންގި ހަމަނުޖެހުމެއްގައި ބަޔަކަށް އަނިޔާ ވެއްޖެ
 6. އިމްރާންއާ ޑީލް ހަދަން ސަރުކާރުން މީހަކު ފޮނުވައިފި: މަހްލޫފް
 7. އެސްއޯ ފުލުހުންގެ އަމަލުތަކުން އަނިޔާ ލިބުނު ވެއިޓަރު އިތުރު ފަރުވާއަށް ދިއްދޫއަށް ފޮނުވާލައިފި
 8. ބޮޑުވަޒީރަކަށް ރައީސް ޔާމީން ގެނެސް، ދިގު ދައުރަކަށް ބެހެއްޓިދާނެ: ނިހާން


ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލުކޮޅު ވަރަށް ދެރަ ކަމަށާއި ޖަލު ގޮޅި ތެރަށް ހޭނެތިގެން ވެއްޓިފައިވާ ކަމަށް ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

މޫސާ ސިރާޖު ވިދާޅުވީ، އަދީމުގެ ވަކީލުންނާއެކު ބައްދަލު ކުރުމަށް ފުރުސަތު ދެވެންޖެހޭ ކަމަށާއި އަދީބުގެ ސިއްހީ ހާލަތު ވަރަށް ދެރަ ކަމަށެވެ.

އަދީބުގެ އާއިލާއިން މިކަން މިގޮތަށް ހާމަކޮށްފައިވާ އިރު އަދީބުގެ އާއިލާއިން ބުނީ، ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެރޭ ސުޕްރީމް ކޯޓުން އަދީބު ދޫކޮށްލުމަށް ޙުކުމްކޮށް ނެރުނު އަމުރު ނެރުމުގެ ކުރިން އަދީބު ލޮލުގެ ޑޮކްޓަރަކަށް ދައްކާފައިވާ ކަމަށާއި، އޭގެ ފަހުން މިހާތަނަށް އެމަނިކުފާނު ޑޮކްޓަރަށް ދައްކާފައި ނުވާ ކަމަށެވެ. އޭރު ލޮލުގެ ޑޮކްޓަރަކަށް ދެއްކުމުން އަދީބުގެ ލޮލުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ ވީ އެންމެ އަވަހަކަށް ރާއްޖެއިން ބޭރުން ލޮލުގެ އޮޕްރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށްވެސް އަދީބުގެ އާއިލާއިން ވަނީ ބުނެފައެވެ.

ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ދޫނިދޫ ޑިޓެންޝަން ސެންޓަރުން މާފުށީ ޖަލަށް އަދީބު ބަދަލުކުރިކަން އާއިލާއަށް އެންގި ނަމަވެސް އޭގެ ފަހުން އަދީބުގެ ޚަބަރެއް ނުވާކަމަށް ބުނެ އަދީބުގެ ވަކީލުންގެ ފަރާތުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާން ނެރުމައި ގުޅިގެން، ވަކީލުންގެ ބައްދަލުވުމަކާއި އާއިލީ ބައްދަލުވުމެއް އަދީބަށް ހަމަޖައްސައިދިން ނަމަވެސް، ކަރެކްޝަންސް އިން ފަހުން ވަނީ އެ ދެ ބައްދަލުވުންވެސް ކެންސަލް ކޮށްފައެވެ. އާއިލީ ބައްދަލުވުން ކެންސަލް ކުރުމާއި ގުޅިގެން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވަނީ އަދީބަށް ސިއްޙީ ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ މި ދަނޑިވަޅުގައި އަދީބް ދެކެން ބޭނުންވާކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަދީބުގެ ގާނޫނީ ވަކީލު މިފަދަ ގޮތަކަށް ހާމަކޮށް ޓްވީޓްވެސް ކޮށްފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ކަރެކްޝަނުން ބުނީ އަދީބުގެ ސިއްހީ ހާލަތާއި ގުޅިގެން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި ވަކީލުންނަށްވެސް އޮންނަ އުސޫލުތަކުގެ ތެރެއިން އަދީބާ ބައްދަލުކުރެވޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް