19 ޖުލައި 2018 | ބުރާސްފަތި | 05 ފުސް
06 ޛުލްޤަޢިދާ 1439
އިޝާ 19:41
މަޣްރިބް 18:24
އަސްރު 15:38
މެންދުރު 12:16
އިރުއަރާ 06:01
ފަތިސް 04:44

ރައީސް ޓްރަމްޕް

ގުދުސްގެ މައްސަލާގައި އެމެރިކާ އިން ދެން ކުރާނެ މަޝްވަރާއެއް ނެތް: ރައީސް ޓްރަމްޕް

  • ގުދުސް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ އިން ބަލައިގަނެ، ތެލް އަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމަށް ނިންމެވިކަން ރައީސް ޓްރަމްޕް އިއުލާންކުރެއްވީ މިދިޔަ ޑިސެމްބ
އަހުމަދު އަނޫޝު | IamAhmedAnoosh

| 13 ފެބުރުވަރީ 2018 | އަންގާރަ 13:54 | |

މަގުބޫލް

  1. އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި
  2. ފައިރޫޒް ރާއްޖެ ޓީވީ އާއި އަލުން ގުޅިއްޖެ
  3. ޤައުމަށްޓަކައި ކުރައްވާ މަސައްކަތް ނުކުރެއްވޭ ގޮތަށް ބައްޕަ މިނިވަންވާކަށް ނޭދެން: އިމްރާންގެ ދަރިކަނބަލުން
  4. ސަލްމާން ކޫރޫއިންގެ ކުރިމަތީގައި ޖާންވީ ލަދުގަންނަވާލި ގޮތް ކިޔައިދީފި
  5. އެސްއޯ ފުލުހުންތަކެއް އިހަވަންދޫއަށް އަރައި، ހިންގި ހަމަނުޖެހުމެއްގައި ބަޔަކަށް އަނިޔާ ވެއްޖެ
  6. އިމްރާންއާ ޑީލް ހަދަން ސަރުކާރުން މީހަކު ފޮނުވައިފި: މަހްލޫފް
  7. އެސްއޯ ފުލުހުންގެ އަމަލުތަކުން އަނިޔާ ލިބުނު ވެއިޓަރު އިތުރު ފަރުވާއަށް ދިއްދޫއަށް ފޮނުވާލައިފި
  8. ބޮޑުވަޒީރަކަށް ރައީސް ޔާމީން ގެނެސް، ދިގު ދައުރަކަށް ބެހެއްޓިދާނެ: ނިހާން


ރައީސް ޓްރަމްޕް -- ގޫގުލް

ގުދުސް އަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަތުމާއި އަދި ތެލް އަވީވް ގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލުކުރުމަށް އެމެރިކާ އިން ނިންމާފައިވާ ނިންމުމާމެދު، އެމެރިކާ އިން އިތުރަށް ކުރާނެ މަޝްވަރާއެއް ދެން ނެތް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އިސްރާއީލުގެ ހައިއޫމް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ "މަޝްވަރާގެ މޭޒުން ގުދުސްގެ މައްސަލަ ނަގައިފި ކަމަށާއި ދެން އެކަމާ އިތުރަށް ދައްކާނެ ވާހަކައެއް ނެތް" ކަމަށެވެ. ރައީސް ޓްރަމްޕް އިތުރަށް ވިދާޅުވީ އިސްރާއީލާއި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށްޓަކައި ދެ ފަރާތުން ވެސް ގޮތް ދޫކުރަން ޖެހޭ ކަމަށެވެ.

ގުދުސްއަކީ އިސްރާއީލްގެ ވެރިރަށް ކަމަށް އެމެރިކާއިން ގަބޫލު ކުރާކަން އިއުލާން ކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހު 6 ގައެވެ. އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހައިގެ މަގެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގައި އެންމެ ނާޒުކު އަދި އުނދަގޫ މައްސަލައަކަށް ގުދުސްގެ މައްސަލަވެފައި ވަނިކޮށް، ގުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ގަބޫލު ކުރާކަން އެމެރިކާ އިން އިއުލާން ކުރުމުން މައްސަލަ އިތުރަށް މިވަނީ ގޯސްވެފައެވެ. އެމެރިކާގެ މި ނިންމުމާއެކު މައްސަލައެއް ހައްލެއް ހޯދުމަށް އެމެރިކާ އިން އަދާކުރަމުން ދިޔަ މެދުވެރިއެއްގެ ދައުރު ވެސް މިވަނީ ނިމުމަކަށް އައިސްފައެވެ.

ދާދިފަހުން އިސްރާއީލުގެ ބެންޔަމިން ނަތަންޔާހޫ ނޫސްވެރިންނަށް ވިދާޅުވީ "ކުރިން ބެލެވިފައިވާ ވަރަށް ވުރެ އަވަހަށް އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރެވޭނެ ކަމަށާއި ޔަގީނުން ވެސް އަހަރެއް ތެރޭ" އެމްބަސީ ބަދަލު ކުރެވޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް