21 އޯގަސްޓު 2018 | އަންގާރަ | 12 މާ
10 ޛުލްޙިއްޖާ 1439
އިޝާ 19:31
މަޣްރިބް 18:18
އަސްރު 15:25
މެންދުރު 12:13
އިރުއަރާ 06:01
ފަތިސް 04:48

އުއްތަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރުގެ ފަރިއްކޮޅު ގެންދަނީ ބަތަށް ގަރުދިޔަ އަޅައި އެއްކޮށްގެން ބާލިދީއަކަށް އަޅައިގެން: އާއިލާ

  • އުއްތަމަ ފަނޑިޔާރަކީ ހަކުރުބަލި ހުންނަ ބޭފުޅެއް، ސައިތަށި ގެންދަނީ ވަރަށް ގިނައިން ހަކުރު އަޅައިގެން
  • އެމަނިކުފާނަކީ ހަކުރު ބަލީގެ ބޭސް ބޭނުން ކުރައްވާ ބޭފުޅެއްކަމުން ބޭސް ފޮނުވުމުން ވެސް އެބޭސް އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވޭ
  • ސުޕްރީމް ކޯޓުގެ ތެރެއިން ސިފައިން އެމަނިކުފާނު ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ ބިންމަތީގައި ދަމާ ކޫއްތާފައި ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެފައިވޭ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 13 ފެބުރުވަރީ 2018 | އަންގާރަ 12:30 | |

މަގުބޫލް

  1. އިބޫއަށް ކުރުނބާ އުފުލައިދިން ޕިކަޕް ޑްރައިވަރަށް ވީގޮތުގެ ވާހަކަ
  2. ސަލާމަތީ ސަބަބުތަކަށްޓަކާ ރައީސްގެ ފްލައިޓުން މެމްބަރު ރިޔާޒު މާލެ ނުގެންނެވި!
  3. އުފަން ރަށުގެ ހޫނު މަރުޙަބާއިން ފައިސަލް އުފަލުން ރޮވިއްޖެ
  4. އަންހެންނަށް ކުޑައިމީސްވާ ފަދަ ބަސްފުޅެއް ރައީސް ޔާމީން ވިދާޅުވެއްޖެ!
  5. އިބޫގެ ބެނަރ ހަރުކުރުމަށް އެޗްޑީސީއާއި ފުލުހުން ހުރަސްއަޅައިފި
  6. އިބޫ ބޫޓާ އެކު ވެންނެވި ތަނަކީ ވީރާނާވާން ދޫކޮށްލާފައިވާ ކުރީގެ މިސްކިތެއް!
  7. ފިޔާތޮށި ކުލަ އެއްވެސް ފަރާތަކަށް ބޭނުން ނުކުރެވޭނޭ ކަމަށް ބުނެފި
  8. ބުދު ގެލެރީ އަދިވެސް ނުނަގާ، އަދިވެސް ބަރާބަރަށް އިޝްތިހާރު ކުރަނީ!


އުއްތަމަ ފަނޑިޔާޑު އަބްދުﷲ ސައީދު -- އާކައިވް

އުއްތަމަ ފަނޑިޔާޑު އަބްދުﷲ ސައީދަށް ފަރިއްކޮޅުގެންދަނީ ބަތަށް ގަރުދިޔަ އަޅައި އެއްކޮށްގެން ބާލިދީއަކަށް އަޅައިގެން ކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފިއެވެ.

އުއްތަމަ ފަނޑިޔާރުގެ އާއިލާއިން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ ހޯމަ ދުވަހުވެސް އެމަނިކުފާނަށް ފަރިއްކޮޅު ގެންދިޔައީ ބާލިދީއެއްގައި ބަތާއި ގަރުދިޔަ އެއްކޮށްގެން ކަމަށެވެ. އުއްތަމަ ފަނޑިޔާރާއި އާއިލާ އަންގާރަ ދުވަހު ބައްދަލުކުރެއްވުމަށް ފުރުސަތު ދީފައިވާއިރު، އާއިލާއިން ބުނީ އެމަނިކުފާނަކީ ހަކުރު ބަލި ހުންނަ ބޭފުޅެއް ކަމަށެވެ. އެހެން ނަމަވެސް ސައި ގެންދާއިރު ވެސް ސައިތައްޓަށް ވަރަށް ގިނައިން ހަކުރު އަޅައިގެން ގެންދާ ކަމަށް ވިދާޅުވި  ކަމަށް  އާއިލާއިން މައުލޫމާތު ދީފައިވެއެވެ.. އެމަނިކުފާނަކީ އުމުރަށް ހަކުރު ބަލީގެ ބޭސް ބޭނުން ކުރައްވަންޖެހޭ ބޭފުޅެއްކަމުން ބޭސް ފޮނުވުމުން ވެސް އެބޭސް އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވިކަމަށް އުއްތަމަ ފަނޑިޔާރުގެ އާއިލާއިން ވަނީ ބުނެފައެވެ.

މިއީ މިމަހުގެ 5 ވަނަ ދުވަހު އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރެއްވުމަށް ފަހު އުއްތަމަފަނޑިޔާރަށް އާއިލީ ބައްދަލުވުމަށް ފުރުސަތު ދިން ފުރަތަމަ ފަހަރެވެ.

އެމަނިކުފާނުގެ އާއިލާއިން ބުނެފައިވަނީ  އެމަނިކުފާނު ބަހައްޓާފައިވާ ދޫނިދޫ ގޮޅިއަކީ މަދިރީގެ އުނދަގޫ ބޮޑު އާދައިގެ ކުޑަގޮޅިއެއް ކަމަށެވެ. އެގޮޅީގައި ފަންކާއެއް ނުހުންނަ ކަމަށާއި ނިދި ކުރައްވަން ޖެހެނީ އަލިކަމެއް ނެތި ސިމެންތި އައްޓެއްގެ މަތީގައި ކުނަލެއް އަޅުއްވައިގެން ކަމަށެވެ. އެމަނިކުފާނުގެ އާއިލާއިން ބުނެފައިވަނީ ފާޚާނާ ކުރެއްވުމަށް ފަހު  ފާހާނާއަށް ފެން އަޅުއްވަން  ޖެހެނީ ބާލިދީ އަކުންނެވެ. އަދި ތާހިރުވެވަޑައިގަތުމަށް  ފެން ބޭނުންކުރައްވަން ޖެހިވަޑައިގަންނަވަނީ ވެސް ބާލިދީން ފެން ނެންގެވުމަށް ފަހު ކަމަށް އެމަނިކުފާނު ވިދާޅުވިކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އުއްތަމަފަނޑިޔާރު ހުންނަވާ ގޮޅިއާއި ބެހޭގޮތުން އެމަނިކުފާނުގެ ޤާނޫނީ ވަކީލު ހިސާން ހުސައިން ވެސް މީގެ ކުރިން ވިދާޅުވެފައިވަނީ އެމަނިކުފާނު ބަހައްޓާފައި ހުންނެވި ގޮޅީގައި ފަންކާއެއް ނެތް އިރު ވަރަށް ނުބައިވަސް ގޮޅީގެ ތެރެއިން ދުވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ހައްޔަރު ކޮށްފައިވަނީ ސަރުކާރުން ކުއްލި ހާލަތު އިއުލާން ކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ސުޕްރީމް ކޯޓުގެ ތެރޭގައި އިންނަވަނިކޮށެވެ. .ސުޕްރީމް ކޯޓުގެ ތެރެއިން ސިފައިން އެމަނިކުފާނު ހައްޔަރު ކޮށްގެން ގެންގޮސްފައިވަނީ ބިންމަތީގައި ދަމާ ކޫއްތާފައި ކަމަށް އެމަނިކުފާނުގެ ވަކީލުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެމަނިކުފާނުގެ މައްޗަށް ދައުލަތުން ފުލުހުން ކުރަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށް ފަހު، ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މަސައްކަތް ކުރެއްވުން އަދި ދައުލަތާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް ގަސްދުގައި ހުރަސްއެޅުއްވުމުގެ ތުހުމަތެވެ. އެހެން ނަމަވެސް އެ ތުހުމަތުތަކަށް އެމަނިކުފާނު އިންކާރު ކުރައްވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected]ajje.mv އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް