22 މެއި 2018 | އަންގާރަ | 03 ރޯނު

ދުންޔާ މައުމޫނު

ދުންޔާ މައުމޫން އިސްތިއުފާ ދެއްވާނެ ކަމުގެ އިޝާރާތެއް ކުރައްވައިފި

  • ދުންޔާ އިސްތިއުފާ ދެއްވުމަށް ގޮވާލި ޓްވީޓަށް ދުންޔާ ވަނީ ލައިކް ކުރައްވާފައި
  • ދުންޔާ ހުންނެވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައި
  • ގައްސާނު ހުންނެވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި
މުހައްމަދު ފަޒީން | phaxyn

| 13 ފެބުރުވަރީ 2018 | އަންގާރަ 09:56 | |ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން -- ގޫގުލް

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުން ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން އިސްތިއުފާ ދެއްވާނެ ކަމުގެ އިޝާރާތެއް ކުރައްވައިފި އެވެ.

ދުންޔާ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލާ "ޓީމް މައުމޫން"ގެ ނަމުގައި ހަދާފައިވާ ޓްވީޓަރ އެކައުންޓަކުން ކޮށްފައިވާ ޓްވީޓަކަށް ދުންޔާ ވަނީ "ލައިކް" އެއް ދެއްވާފަ އެވެ.
 

 

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މިސަރުކާރު ވައްޓާލަން އުޅޭ ކަމަށްބުނެ ފުލުހުން ވަނީ ރައީސް މައުމޫން ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފަ އެވެ. ރައީސް މައުމޫން ހައްޔަރު ކޮށްފައިވާއިރު އެމަނިކުފާނާއެކު އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އާއި ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމުއާއި ރައީސް މައުމޫންއާއި ގުޅުން ހުރި ބައެއް އެހެން ފަރާތްތަކެއް ވަނީ ހައްޔަރު ކޮށްފަ އެވެ. 

ނަމަވެސް ރައީސް މައުމޫންގެ ދެ ބޭފުޅުން ކަމަށްވާ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން އާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ގައްސާނު މައުމޫން މިވަގުތު ވެސް ހުންނެވީ ސަރުކާރުގެ މަގާމުތަކުގަ އެވެ. 


ރައީސް މައުމޫން ހައްޔަރު ކުރުމާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތައް ދުންޔާއަށް ވަނީ އަމާޒު ވެފަ އެވެ. އެކަމާ ގުޅިގެން ދުންޔާ ވަނީ ބައްޕާފުޅު މިނިވަން ކުރުމަށް ގޮވާލައްވާފަ އެވެ. އަދި ބައްޕާފުޅާމެދު ކަންތައްތައްވަމުންދާ ގޮތާއިމެދު ހިތާމަކުރައްވާކަން ހާމަކުރައްވައިފައިވެއެވެ. އަދި އެ ޓްވީޓް ދުންޔާ ކުރައްވާފައި ވަނީ ވެސް ދުނިޔޭގެ އިސްވެރިންނަށް ޓެގް ކުރައްވާފަ އެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް