19 ޖުލައި 2018 | ބުރާސްފަތި | 05 ފުސް
06 ޛުލްޤަޢިދާ 1439
އިޝާ 19:41
މަޣްރިބް 18:24
އަސްރު 15:38
މެންދުރު 12:16
އިރުއަރާ 06:01
ފަތިސް 04:44

އިސްލާމިކް ސްޓޭޓް

އައިއެސްގެ ލީޑަރު ބަޤްދާދީ ދުނިޔޭގައި އެބަހުރި: އިރާޤް

 • ސީރިއާގެ ރައްޤާގައި ދިން ވައިގެ ހަމަލާތަކެއްގައި ބަޤްދާދީގެ ފައި ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައި
 • ބަޤްދާދީ އަށް ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯދަމުންދަނީ ސީރިއާގެ އިރުއުތުރުގެ ސަރަހައްދެއްގައި ކަމަށް މަޢުލޫމާތު ލިބޭ
 • ފަޔަށް ލިބިފައިވާ ޒަޚަމްތަކުގެ އިތުރުން ހަކުރު ބައްޔާއި، ހަށިގަނޑާއި ފައިގެ ކަށިތަކުގައި ރެނދު ލާފައިވުމުގެ ސަބަބުން ބަޤްދާދީ އަމިއްލަ އަށް ހިނގާބިނގާވެ ނޫޅެވޭ ކަމަށް ރިޕޯޓްތައް ބުނޭ
މުޙައްމަދު ޒާހިރު | @MohamedZaahir

| 13 ފެބުރުވަރީ 2018 | އަންގާރަ 08:03 | |

މަގުބޫލް

 1. އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި
 2. ފައިރޫޒް ރާއްޖެ ޓީވީ އާއި އަލުން ގުޅިއްޖެ
 3. ޤައުމަށްޓަކައި ކުރައްވާ މަސައްކަތް ނުކުރެއްވޭ ގޮތަށް ބައްޕަ މިނިވަންވާކަށް ނޭދެން: އިމްރާންގެ ދަރިކަނބަލުން
 4. ސަލްމާން ކޫރޫއިންގެ ކުރިމަތީގައި ޖާންވީ ލަދުގަންނަވާލި ގޮތް ކިޔައިދީފި
 5. އެސްއޯ ފުލުހުންތަކެއް އިހަވަންދޫއަށް އަރައި، ހިންގި ހަމަނުޖެހުމެއްގައި ބަޔަކަށް އަނިޔާ ވެއްޖެ
 6. އިމްރާންއާ ޑީލް ހަދަން ސަރުކާރުން މީހަކު ފޮނުވައިފި: މަހްލޫފް
 7. އެސްއޯ ފުލުހުންގެ އަމަލުތަކުން އަނިޔާ ލިބުނު ވެއިޓަރު އިތުރު ފަރުވާއަށް ދިއްދޫއަށް ފޮނުވާލައިފި
 8. ބޮޑުވަޒީރަކަށް ރައީސް ޔާމީން ގެނެސް، ދިގު ދައުރަކަށް ބެހެއްޓިދާނެ: ނިހާން


ެއައިއެސްގެ ލީޑަރު އަބޫބަކުރު އަލް ބަޤްދާދީ -- ސީ.އެން.އެން

އިރާޤާއި ސީރިއާގައި އަތްގަދަ ކުރި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫބަކުރު އަލް ބަޤްދާދީ ދުނިޔޭގައި އެބަހުރި ކަމަށާއި، ބަޤްދާދީ ދަނީ ސީރިއާގައި ސިއްހީ ފަރުވާ ހޯދަމުން ކަމަށް އިރާޤްގެ އިސް އޮފިޝަލަކު ބުނެފި އެވެ.

އިރާޤްގެ އޮފިޝަލަކާއި ހަވާލާދީ އަލް ޖަޒީރާ އިން ބުނީ، ވައިގެ ހަމަލާތަކެއްގައި ބަޤްދާދީ ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށާއި، އެކަމަށް ސީރިއާގެ އިރުއުތުރުގެ ސަރަޙައްދެއްގައި ހުރި ސިއްހީ ޚިދުމަތްދޭ ތަނަކުން ބަޤްދާދީ ފަރުވާ ހޯދަމުންދާ ކަމަށެވެ.

ވައިގެ ހަމަލާތަކުގައި ބަޤްދާދީގެ ފަޔަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ ކަމަށް އިރާޤުގެ އިންޓެލިޖެންސް އަދި ކައުންޓަރޓެރަރިޒަމް ޑިޕާޓްމަންޓުގެ ވެރިޔާ އަބޫ އަލީ އަލް ބަސްރީ އާ ހަވާލާދީ އިރާޤްގެ ސަރުކާރުން ހިންގާ ސަބާހް ޑެއިލީ އިން ހޯމަ ދުވަހު ރިޕޯޓްކޮ ށްފައިވެއެވެ.

ސަބާހް ޑެއިލީ އާ ވާހަކަ ދައްކަމުން އަލް ބަސްރީ ވިދާޅުވީ، އައިއެސްގެ އެތެރޭގެ މަސްދަރުތަކުން ލިބޭ މައުލޫމާތުތަކާއި ލިޔެކިޔުންތަކަށް ބަލާއިރު ބަޤްދާދީ ދުނިޔޭގައި އެބަހުރި ކަމަށާއި، ބަޤްދާދީ ފިލުވުމަށް އޭނާގެ ވާގިވެރިން އެހީތެރިވަމުންދާ ކަމަށެވެ.

ދުނިޔޭގައި މިވަގުތު ހުރި އެންމެ ނުރައްކާތެރި ޓެރަރިސްޓުގެ ގޮތުގައި ލިސްޓުކޮށްފައިވާ ބަޤްދާދީ ހޯދުމަށް އެމެރިކާ އިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބަޤްދާދީގެ ބޮލަށް އެމެރިކާ އިން ވަނީ 25 މިލިއަން އެމެރިކާ ޑޮލަރު ކަނޑައަޅާފައެވެ. ބަޤްދާދީ މިހާރު ދިރިއުޅެނީ ސީރިއާގެ ޑެއިރް އަޒޫރްގެ ހުޅަނގުގައި އޮންނަ ސީރިއާގެ ޖަޒީރާ ސަހަރާގެ ތެރޭގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އަލް ބަސްރީ ވިދާޅުވި އެވެ.

މީގެ އިތުރުން ބަސްރީ ވަނީ، ފަޔަށް ލިބުނު ޒަޚަމްތަކުގެ އިތުރުން ހަކުރު ބައްޔާއި، ހަށިގަނޑާއި ފައިގެ ކަށިތަކުގައި ރެނދުލާފައިވުމުގެ ސަބަބުން ބަޤްދާދީ އަމިއްލަ އަށް ހިނގާބިނގާވެ ނޫޅެވޭ ކަމަށް ވިދާޅުވެފައެވެ.

އިރާޤާއި ސީރިއާގައި އައިއެސް އަށް ފާއިތުވި އަހަރުތަކުގައި އަސްކަރީ ގޮތުން ބޮޑެތި ނާކާމިޔާބީއެއް ލިބުނު ނަމަވެސް، ސީރިއާގެ އިރުއުތުރުގެ ހަސާކާ ޕްރޮވިންސްގައި އެޖަމާއަތުގެ ހަނގުރާމަވެރިން އަދިވެސް ހަރަކާތްތެރިވަމުންދާ ކަމުގެ މައުލޫމާތު ލިބެއެވެ.

ބަޤްދާދީ އަށް އަމާޒުކޮށް ވައިގެ ހަމަލާދީފައިވަނީ ކޮން އިރަކު، ކޮން ބައެއް ކަމެއް ސާފުވެފައެއްނުވެއެވެ. އެހެންނަމަވެސް އޭނާ ޒަޚަމްވެފައި ވަނީ އިރާޤުގައި ދިން ވައިގެ ހަމަލާތަކުގެ ތެރޭގައި ކަމަށް ބަސްރީ ވިދާޅުވި އެވެ.

ރަޝިއާގެ ދިފާޢީ ވުޒާރާ އިން ވަނީ، ކުރިން އައިއެސްގެ ބާރުގެ ދަށުގައި އޮތް ސީރިއާގެ ރައްޤާގެ ރަށް ބޭރުގައި ރަޝިއާ އިން ދިން ވައިގެ ހަމަލާއެއްގައި ބަޤްދާދީ މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް މީގެ ކުރިން ބުނެފައެވެ. އައިއެސްގެ އަތްދަށުން ރައްޤާ މިނިވަންވެފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.

އެމެރިކާގެ އޮފިޝަލަކާއި ހަވާލާދީ ސީއެންއެން އިން ހޯމަ ދުވަހު ވަނީ، ރައްޤާގައި ދިން ވައިގެ ހަމަލާތަކެއްގައި ބަޤްދާދީ ޒަޚަމްވެފައިވާ ކަމަށާއި، ލިބުނު ޒަޚަމްތަކާއި ގުޅިގެން ހަނގުރާމަވެރި ޖަމާއަތުގެ ކޮމާންޑް އެހެން ފަރާތަކާއި ހަވާލު ކުރަން ޖެހުނު ކަމަށް ރިޕޯޓްކޮށްފައެވެ.

އެމެރިކާގެ އޮފިޝަލް ބުނީ، ރައްޤާގައި އެމެރިކާގެ ކޯލިޝަނާއި ވަކިން ރަޝިއާ އިން ވައިގެ ހަމަލާތައް ދީފައިވާ ކަމަށާއި، އެހެން ކަމުން ބަޤްދާދީ ޒަޚަމްވެފައި ވަނީ ކޮން ބައެއްގެ ހަމަލާތަކެއްގައިކަން ސާފުނުވާ ކަމަށެވެ.

ސީރިއާގެ ހަނގުރާމާގައި ރަޝިއާ އިން ވާގިވެރިވަނީ އެގައުމުގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށެވެ. އެމެރިކާ އިން މަދަދު ދެނީ، ބައްޝާރުގެ ސަރުކާރާއި ދެކޮޅު ހަނގުރާމަވެރިންނަށެވެ.

މީގެ އިތުރުން އެހެން މީޑިއާ އަކާއި ވާހަކަ ދެއްކި އެމެރިކާގެ އޮފިޝަލަކު ވަނީ، މިހާރު އައިއެސްގެ ހަރަކާތްތައް ހިންގަނީ ބަޤްދާދީގެ ބެލުމުގެ ދަށުންތޯ ނުވަތަ ނޫންތޯ ކަށަވަރު ނުވާ ކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް