22 މެއި 2018 | އަންގާރަ | 03 ރޯނު

ޗައިނާ ސަފީރު

ޗައިނާ ސަފީރު އިދިކޮޅު ފަރާތްތަކުގެ އެއްވުން 'ބައްލަވާލައްވައިފި'

  • ގާތްގަނޑަކަށް 15 މިނެޓްވަންދެން ހަރުގެ ކައިރީގައި ސަފީރު ހުންނެވި
  • ސަފީރު ވަނީ އެ ސަރަޙައްދުގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ ފޮޓޯ ނަންގަވާފަ
  • މިފަދަ އެއްވުންތައް ކުރިއަށްދާ ސަރަޙައްދުތަކަށް ބޭރު ޤައުމުތަކުގެ ސަފީރުން މީގެ ކުރިން ވަޑައިނުގަންނަވާ
އިސްމާއިލް ނާއިލް ނަޝީދު | @IxmaealNaail

| 13 ފެބުރުވަރީ 2018 | އަންގާރަ 01:30 | |



ޗައިނާ ސަފީރު ހަރުގެ ސަރަޙައްދުގައި ހަރަކާތްތެރި ވެވަޑައިގަންނަވަނީ -- ރާއްޖެއެމްވީ

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޚާން ލިޒޯންގ، ގުޅިފައިވާ ޕާޓީތަކުން މާލޭގައި ބޭއްވި ސުލްޙަވެރި އެއްވުމެއް ބައްލަވާ ލައްވައިފިއެވެ.  

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާޤުން މި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ކުރެއްވި ޙުކުމް ތަންފީޒު ކުރުމަށް ގޮވާލައި، ގުޅިފައިވާ ޕާޓީތަކުން ސިލްސިލާކޮށް އެމްޑީޕީ ހަރުގެ ސަރަޙައްދުގައި ބާއްވަމުންދާ ސުލްޙަވެރި އެއްވުންތަކުގެ ތެރެއިން، ހޯމަ ދުވަހުގެރޭ ބޭއްވި އެއްވުން ކުރިއަށް ދިޔަ ވަގުތު، އެ ސަރަޙައްދަށް ވަޑައިގެން ޗައިނާ ސަފީރު ވަނީ އެ ސަރަޙައްދު ބައްލަވާލައްވާފައެވެ.

ގުޅިފައިވާ ޕާޓީތަކުގެ އެއްވުން ކުރިއަށް ދިޔަ ސަރަޙައްދުގައި 15 ވަރަކަށް މިނެޓު ވަންދެން ޗައިނާގެ ސަފީރު ހުންނެވި އިރު، އެމަނިކުފާނު ވަނީ އެ ސަރަޙައްދުގައި ކުރިއަށް ދިޔަ ހަރަކާތްތަކުގެ ފޮޓޯ ނަންގަވާފައެވެ.

ގުޅިފައިވާ ޕާޓީތަކުގެ އެއްވުމަށް ވަޑައިގެން ޗައިނާ ސަފީރު އެ އެއްވުން ބައްލަވާލައްވާފައިވާއިރު، މިއީ ރާއްޖޭގައި ތިއްބަވާ ބޭރުގެ ޑިޕްލޮމޭޓުންގެ ފަރާތުން މީގެކުރިން ފެނިފައިވާ މަންޒަރެއް ނޫނެވެ. މީގެކުރިން ރާއްޖޭގައި ކުރިއަށް ދިޔަ މިފަދަ ބައެއް އެއްވުންތައް އޮބްޒަރވް ކުރުމަށް އެމްބަސީތަކުގެ މުވައްޒަފުން ހަރަކާތްތެރި ވެފައި ވީނަމަވެސް، މިފަދަ އެއްވުންތައް ބައްލަވައިލެއްވުމަށް ޤައުމުތަކުގެ ސަފީރުންނާއި، އެފަދަ އެހެން ޑިޕްލޮމޭޓުން ވަޑައެއްނުގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ގާތް ގުޅުމެއް ބާއްވަމުންދާ ޗައިނާ ސަރުކާރުން ވަނީ، ރައްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައި އޮތުމާއި ރާއްޖޭގެ ސިޔާސީ ހާލަތު އޮތް ގޮތުން، އެ ޤައުމުގެ ރައްޔިތުން ރާއްޖެއަށް ދަތުރު ނުކުރުމަށް ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް