21 އޯގަސްޓު 2018 | އަންގާރަ | 12 މާ
10 ޛުލްޙިއްޖާ 1439
އިޝާ 19:31
މަޣްރިބް 18:18
އަސްރު 15:25
މެންދުރު 12:13
އިރުއަރާ 06:01
ފަތިސް 04:48

ރިލްވާން ވަގަށް ނެގުން

ރިލްވާން މައްސަލައާއި ގުޅުން ހުރި އައު ވާހަކަތަކެއް: ފެރީގައި އިނީ ރިލްވާނާއެކުގައި، ހުޅުމާލެ ފޭބިކަމެއް ނޭނގޭ

 • ހޯމަ ދުވަހުގެ އަޑުއެހުމުގައި ހަތަރު މީހެއްގެ ހެކިބަސް ކްރިމިނަލް ކޯޓުން ވަނީ ނަގައިފަ
 • ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހަކަށް ކުރާ ޓެރަރިޒަމްގެ ދައުވާ އުފުލާފައިވޭ
 • ރިލްވާނާއެކުގައި ފެރީގައި އިނީ ޖެހިޖެހިގެންކަމަށް އެކުވެރިޔާ ކޯޓުގައި ހެކިބަސްދެމުން ބުނިން
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 12 ފެބުރުވަރީ 2018 | ހޯމަ 22:18 | |

މަގުބޫލް

 1. އިބޫއަށް ކުރުނބާ އުފުލައިދިން ޕިކަޕް ޑްރައިވަރަށް ވީގޮތުގެ ވާހަކަ
 2. ސަލާމަތީ ސަބަބުތަކަށްޓަކާ ރައީސްގެ ފްލައިޓުން މެމްބަރު ރިޔާޒު މާލެ ނުގެންނެވި!
 3. އުފަން ރަށުގެ ހޫނު މަރުޙަބާއިން ފައިސަލް އުފަލުން ރޮވިއްޖެ
 4. އަންހެންނަށް ކުޑައިމީސްވާ ފަދަ ބަސްފުޅެއް ރައީސް ޔާމީން ވިދާޅުވެއްޖެ!
 5. އިބޫގެ ބެނަރ ހަރުކުރުމަށް އެޗްޑީސީއާއި ފުލުހުން ހުރަސްއަޅައިފި
 6. އިބޫ ބޫޓާ އެކު ވެންނެވި ތަނަކީ ވީރާނާވާން ދޫކޮށްލާފައިވާ ކުރީގެ މިސްކިތެއް!
 7. ފިޔާތޮށި ކުލަ އެއްވެސް ފަރާތަކަށް ބޭނުން ނުކުރެވޭނޭ ކަމަށް ބުނެފި
 8. ބުދު ގެލެރީ އަދިވެސް ނުނަގާ، އަދިވެސް ބަރާބަރަށް އިޝްތިހާރު ކުރަނީ!


ރިލްވާނަށް ފާރަލަމުން ދިޔަ ދެ މީހަކު -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ވަގަށް ނަގާފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލައާއި ގުޅުން ހުރި އައު ވާހަކަތަކެއް ހެކިވެރިން ކްރިމިނަލް ކޯޓުގައި ހާމަކޮށްފި އެވެ.

 

ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހަކަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ހޯމަ ދުވަހުގެ އަޑުއެހުމުގައި ހަތަރު މީހެއްގެ ހެކިބަސް ކްރިމިނަލް ކޯޓުން ވަނީ ނަގައިފަ އެވެ. ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ.

 

ޝަރީއަތުގެ މަޖިލީހުގައި ފުރަތަމަ ހެކިބަސްދީފައިވަނީ ރިލްވާނާއެކު ފެރީއިން ދަތުރުކުރި އޭނާގެ ރަހުމަތްތެރިޔެކެވެ. ކާކުކަން ނޭނގޭ ގޮތަށް ހެކިބަސްދިން އެ މީހާ ބުނީ ދެ މީހުން އެކުގައި ވަރަށް ގިނައިން ފެރީގައި ދަތުރުކުރާކަމަށެވެ. ރިލްވާން ގެއްލުނު ރޭ ފެރީގެ ތެރެއިން ރިލްވާނާ ދިމާވީ 1:00 ގައި ކަމަށް އޭނާ ބުންޏެވެ. ރަހުމަތްތެރިޔާ ބުނި ގޮތުގައި ދެ މީހުން ތިބީ ކައިރިކައިރީގައި ޖެހިގެންނެވެ.

 

ހެކިބަސްދެމުން އޭނާ ބުނީ އެ ރޭގައި ރިލްވާނާ ދެއްކި ވާހަކަ ހަނދާން ނެތް ނަމަވެސް ރިލްވާން ވަރަށް ގިނައިން ފޯނާއި ކުޅުނުކަން ފާހަގަވި ކަމަށެވެ. އެގޮތުން ރިލްވާން ފޯނާއި ކުޅެމުން ދިޔައީ އަރިޔަކަށް ޖެހިގެން އިނދެކަމަށް ހެކިބަސްދިން މީހާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ރިލްވާން ފެރީއިން ފޭބިކަން ނުވަތަ ނޫންކަން އޭނާއަކަށް ޔަޤީނެއް ނޫން ކަމަށެވެ.

 

"ރިލްވާން ފެރީގައި އިނީ އަޅުގަނޑުގެ ވާތް ފަރާތުގައި. ހަމަ ގައިމު ވެސް ދެ މީހުން އެއްކޮށް ތެދުވީ ފެރީން ފައިބަން." ހެކިބަސް ދިން މީހާ ބުންޏެވެ.

 

މީގެއިތުރުން ދެން ކޯޓުގައި ހެކިބަސް ދީފައިވަނީ ރިލްވާން ގަދަކަމުން ރަތް ކުލައިގެ ކާރަކަށް އެރުވިތަން ފެނުނު މީހެކެވެ. އެ މީހާވެސް ހެކިބަސްދީފައިވަނީ ކާކުކަން ނޭނގޭ ގޮތަށެވެ. ހެކިބަސް ދެމުން އެ މީހާ ބުނިގޮތުގައި އޭނާ ގޭގައި ހުއްޓައި މަގުމަތިން މީހަކު ބާރަށް ހަޅޭލަވައިގަތް އަޑު އިވުނު އެވެ. އަދި ހަޅޭއްލަވައިގަތް އަޑު އިވިގެން ބެލްކަނިން ބަލާލިއިރުގައި ގަދަކަމުން މީހަކު ރަތް ކުލައިގެ ކާރަށް އެރުވި މަންޒަރު ފެނުނު ކަމަށެވެ.

 

އެ މީހާ ކާރަށް އަރުވައިގެން ނައްޓާލިއިރު ކާރުގެ ފަހަތު ދޮރުފަތްވެސް ހުރީ ހުޅުވިފައިކަން ފާހަގަކޮށް ހެކިބަސްދިން މީހާ ބުނިގޮތުގައި ކާރަށް އެރުވީ ކާކުކަމެއް އަދި އެތަނުގައި ތިބީ ކޮން ބަޔެއްކަމެއް އޭނާއަށް ސާފެއް ނުވެ އެވެ. މީގެއިތުރުންވެސް ދެން ހެކިބަސް ދިން ދެ މީހުންވެސް ވަނީ އެފަދައިން ކޯޓުގައި ހެކިބަސް ދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް