22 މެއި 2018 | އަންގާރަ | 03 ރޯނު

ގުޅިފައިވާ ސިޔާސީ ހަރަކާތްތައް

ފުލުހުން ގާނޫނީ އިމުގެ ތެރޭގައި ތިއްބަވާ، އެއްވުން ކުރިއަށް ގެންދާނަން: ގުޅިފައިވާ ޕާޓީތައް

  • ހުކުރު ދުވަހު ވީހާވެސް ގިނަ މީހުން މާލެ އައުމަށް ވަނީ ގޮވާލާފައި
  • އެއްވުން ކުރިއަށް ގެންދާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ވަނީ ބުނެފައި
  • ފުލުހުންނާއި ސިފައިން ވަނީ އެއްވުން ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފައި
މުހަންމަދު ވިސާމް | sampathmasiw

| 12 ފެބުރުވަރީ 2018 | ހޯމަ 18:24 | |އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ އެއްވުމަކީ ސުލްހަވެރި އެއްވުމެއް ކަމަށާއި، ފުލުހުންނާއި ސިފައިން ވެސް ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށް ގުޅިފައިވާ ޕާޓީތަކުން ގޮވާލައިފިއެވެ.

ހޯމަ ދުވަހު ހަވީރު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ފެބްރުއަރީ 16 ވާ ހުކުރު ދުވަހު ބާއްވާ އެއްވުމަކީ ގާނޫނާއި ގަވައިދުގެ ތެރެއިން ބޭއްވޭ އެއްވުމެއް ކަމަށެވެ. ގާނޫނީ އިމުގެ ތެރެއިން ބާއްވާ މިފަދަ އެއްވުމަކަށް ފުލުހުންނާއި ސިފައިންނަން ހުރަސް ނޭޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އަންނަ ހުކުރު ދުވަހު ބޮޑު އެއްވުމެއް ބާއްވާން އިއުލާން ކޮށްފައި ވަނިކޮށް ހޯމަ ދުވަހު ދުވަހު ހަވީރު އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ ރަށްރަށުން މީހުން މާލެއައުމަށް ގޮވާލައި ، ހަމަ ނުޖެހުމަށް ހިތްވަރުދޭ ފަރާތްތަކާއި މެދު ފުލުހުން ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. ގައުމުގެ ސުލްހަ މަސަލަސްކަން ނަގާލަން މިހާރު ވެސް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ފުލުހުންނަން ލިބިފައިވާކަން ފާހަގަ ކުރަމުން ޝިފާން ވިދާޅުވީ އާދީއްތަ ދުވަހުގެ ރޭ އައްޑޫ ސިޓީގެ ގެއަކާއި ދެ ތަނެންގައި އަލިފާން ރޯކޮށްލި މައްސަލަ މިހާރު ވެސް ފުލުހުން ތަހްގީގް ކުރަމުން އަންނަ ކަމަށެވެ.

"ފެބްރުއަރީ 16 ވާ ހުކުރު ދުވަހު މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް މީހުން އެއްވެ ހަމަނުޖެހުން ހިންގާ، ސަލާމަތީ ބާރުތަކާއި ކުރިމަތިލާ ގައުމު ހަލަބޮލި ކޮށްލުމަށް ބަޔަކު ރާއްވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަން ވަނީލިބިފައި" ޝިފާން ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މި ދަނޑީވަޅުގައި އެއްވެއުޅުމުގެ މިނިވަންކަން ލިބިދީފައިވީ ނަމަވެސް، ގާނޫނާއި ހިލާފަށް އެއްވެސް ފަރާތަކަށް އަމަލުކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއެންޑީއެފްގެ އިންފޮރމޭޝަން އޮފިޝަލް ކެޕްޓަމް އިބްރާހިމް އާޒިމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ބައެއް ފަރާތަކުން 16 ފެބްރުއަރީ ގައި ބާއްވަން ނިންމާފައިވާ އެއްވުމަކީ މާލޭގެ އަމަން އާމާންކަން ނަގާލުމަށް ބާއްވާ އެއްވުމެއް ކަމުގެ އެމްއެންޑީއެފަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން ފެބްރުއަރީ 16 ވަނަ ދުވަހު މާލެ އައުމަށް ގޮވާލާ ގޮވާލުމަށް އިޖާބަ ނުދިނުމަށް އެމްއެންޑީއެފުން ވަނީ ގޮވާލާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް