22 މެއި 2018 | އަންގާރަ | 03 ރޯނު

ރައީސް މައުމޫން ހައްޔަރުކުރުން

ރައީސް މައުމޫން މިނިވަން ކުރުމަށް ދުންޔާ ފުރަތަމަ ފަހަރަށް ގޮވާލައްވައިފި

  • ދުންޔާގެ ޓްވީޓްގައި ބޭރުގެ ގިނަ ފަރާތްތަކެއް ޓެގް ކުރައްވާފައިވޭ
އަބުދުﷲ މުހައްމަދު | 8Abbo

| 12 ފެބުރުވަރީ 2018 | ހޯމަ 08:35 | |ދުންޔާ މައުމޫން އަދި ޔުމްނާ މައުމޫން ރައީސް މައުމޫންގެ އަރިހުގައި -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ރައީސް މައުމޫން މިނިވަންކޮށް އެ މަނިކުފާނު ގެއަށް ބަދަލުކުރުމަށް، މިހާރުވެސް ސަރުކާރުގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމު އަދާކުރައްވަމުން ގެންދަވާ އެ މަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން ފުރަތަމަ ފަަހަރަށް ސަރުކާރަށް ގޮވާލައްވައިފިއެވެ.

ހޯމަ ދުވަހުގެ ހެނދުނު ދުންޔާ ކުރެއްވި ޓްވީޓެއްގައި އެ ކަމަނާ ވަނީ ވަކީލުންގެ ފުރުސަތާއި އާއިލީ ބައްދަލުވުމާއި، ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް ކަމާބެހޭފަރާތްތަކަށް ގޮވާލައްވާފައެވެ.

 

ދުންޔާ މައުމޫނުގެ ޓްވީޓްގައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްއާއި، ރާއްޖެއިން އެ ޖަމައާތަކުން ވަކިވެފައިވާ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑްއާއި ،އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ، އދގެ އިންސާނީ ހައްގުތަކާއިބެހޭ އޮފީހުގެ ވެރިޔާ ޕްރިންސް ޒައިދު ރާދް އަލް ހުސައިންއާ، އީޔޫ ކޮމިޝަންގެ ނައިބް ރައީސް ފެޑެރިކާ މޮގަރިނީ ޓެގްކުރައްވާފައިވެއެވެ.

ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރަން އުޅޭކަމަށް ބުނެ ފޮރިން މިނިސްޓަރުގެ މަގާމުން އިސްތިއުފާދެއްވުމަށް ފަހު ފަހުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވަޑައިގެންފައިވާ ދުންޔާ މި މަހުގެ އަށްވަނަ ވިދާޅުވީ  ބައްޕާފުޅު ޖަލަށް ވަޑައިގަންނަށް ޖެހުމުގެ ޒިންމާ ނަންގަވަން ޖެހޭނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.

ރައީސް މައުމޫނު ހައްޔަރުކޮށްފައި ވަނީ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތާއި ރިޝްވަތުގެ ތުހުމަތުގައި ކަމަށް ބުނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް