19 ޖުލައި 2018 | ބުރާސްފަތި | 05 ފުސް
06 ޛުލްޤަޢިދާ 1439
އިޝާ 19:41
މަޣްރިބް 18:24
އަސްރު 15:38
މެންދުރު 12:16
އިރުއަރާ 06:01
ފަތިސް 04:44

ޕްރިންސެސް މަކޯ

ލޯތްބަށްޓަކައި ޝާހީ ދިރިއުޅުއްވުން ދޫކުރައްވަން އުޅުއްވި ޕްރިންސެސް މަކޯގެ ކައިވެނި ލަސްކުރައްވައިފި

 • ކައިވެނި ބައްލަވާގަންނަވަނީ ލޯ ފާމެއްގައި މަސައްކަތް ކުރާ ޒުވާނަކާ
 • ޝާހީ އާއިލާގެ އަންހެން ބޭފުޅަކު އާއްމުންގެ މީހަކާ ކައިވެނި ބައްލަވައިގަންނަވާ ނަމަ، ޝާހީ އިއްޒަތާއި ދަރަޖަ ދޫކޮށްލަވަން ޖެހޭ
 • ކައިވެނި ލަސްކުރެއްވީ ކައިވެންޏާއި މެދު އިތުރަށް ވިސްނާ އިތުރު ބައެއްކަންކަން ނިންމުމަށް
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 12 ފެބުރުވަރީ 2018 | ހޯމަ 07:37 | |

މަގުބޫލް

 1. އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި
 2. ފައިރޫޒް ރާއްޖެ ޓީވީ އާއި އަލުން ގުޅިއްޖެ
 3. ޤައުމަށްޓަކައި ކުރައްވާ މަސައްކަތް ނުކުރެއްވޭ ގޮތަށް ބައްޕަ މިނިވަންވާކަށް ނޭދެން: އިމްރާންގެ ދަރިކަނބަލުން
 4. ސަލްމާން ކޫރޫއިންގެ ކުރިމަތީގައި ޖާންވީ ލަދުގަންނަވާލި ގޮތް ކިޔައިދީފި
 5. އެސްއޯ ފުލުހުންތަކެއް އިހަވަންދޫއަށް އަރައި، ހިންގި ހަމަނުޖެހުމެއްގައި ބަޔަކަށް އަނިޔާ ވެއްޖެ
 6. އިމްރާންއާ ޑީލް ހަދަން ސަރުކާރުން މީހަކު ފޮނުވައިފި: މަހްލޫފް
 7. އެސްއޯ ފުލުހުންގެ އަމަލުތަކުން އަނިޔާ ލިބުނު ވެއިޓަރު އިތުރު ފަރުވާއަށް ދިއްދޫއަށް ފޮނުވާލައިފި
 8. ބޮޑުވަޒީރަކަށް ރައީސް ޔާމީން ގެނެސް، ދިގު ދައުރަކަށް ބެހެއްޓިދާނެ: ނިހާން


ޕްރިންސެސް މަކޯ -- ރޮއިޓަރސް

ލޯތްބަށްޓަކައި ޝާހީ ދިރިއުޅުއްވުން ދޫކުރައްވަން އުޅުއްވި  ޕްރިންސެސް މަކޯގެ ކައިވެނި ލަސްކުރައްވައިފިއެވެ. 

ޕްރންސެސް މަކޯގެ ކައިވެނި ލަސްކޮށްފައިވަނީ 2020 ވަނަ އަހަރަށެވެ. ކުރިން ހަމަޖެހިފައި އޮތީ ޕެރިންސެސް މަކޯގެ ކައިވެނި މިއަހަރުގެ ނޮވެމްބަރު މަހުގައި ކުރުމަށެވެ. އެހެން ނަމަވެސް ކައިވެނި ލަސްކުރެއްވީ ކައިވެންޏާއި މެދު އިތުރަށް ވިސްނާ އިތުރު ބައެއްކަންކަން ނިންމުމަށް ކަމަށް ޕްރިނސެސް މަކޯ ނެރުއްވާފައިވާ ބަޔާނެއްގައި ވަނީ ވިދާޅުވެފައެވެ.

ޕްރިންސެސް މަކޯ ކައިވެނި ބައްލަވައިގަންނަވަން އުޅުއްވީ ލޯ ފާމެއްގައި މަސައްކަތް ކުރާ ޖަޕާނުގެ އާއްމު ރައްޔިތެއް ކަމަށްވާ އުމުރުން 25 އަހަރުގެ ކީ ކަމޫރޯ ނަމަކަށް ކިޔާ ޒުވާނަކާ ކަމަށް ޚަބަރުތައް ވަނީ ބުނެފައެވެ.

އުސޫލްތައް ހަމަޖެހިފައި އޮންނަ ގޮތުން ޖަޕާންގެ ޝާހީ އާއިލާގެ އަންހެން ބޭފުޅަކު އާއްމުންގެ މީހަކާ ކައިވެނި ބައްލަވައިގަންނަވާ ނަމަ، ޝާހީ އިއްޒަތާއި ދަރަޖަ ދޫކޮށްލަވަން ޖެހެއެވެ.

ޖަޕާންގެ އެމްޕެރަރ އަކިހީޓޯއަށް ކާފަ ވިދާޅުވާ، މާކޯ، ލޯބީގެ ގޮތުން ގުޅިވަޑައިގެންނެވި ކޮމޫރޯއާ ބައްދަލުވީ ކިޔަވާވިދާޅުވާން ވަޑައިގެންނެވި އިންޓަނޭޝަނަލް ކްރިސްޓިއަން ޔުނިވަސިޓީންނެވެ.

ޕްރިންސަސް މަކޯއަކީ ޕްރިންސް އަކިޝީނޯގެ އެންމެ ދޮށީ ދަރިކަނބަލުންނެވެ. ޕްރިންސް އަކިޝީނޯއަކީ، އެމްޕެރަރަގެ އެންމެ ހަގު ފިރިހެން ދަރިކަލުންނެވެ.

ޖަޕާނުގެ ގާނޫނު އޮންނަ އޮންނަ ގޮތުން ޝާހީ އާއިލާގެ ފިރިހެން ބޭފުޅަކު އާއްމުންގެ މީހަކާ ކައިވެނި ބައްލަވައި ގަތުމަކުން ޝާހީ ހައްސިއްޔަތު ދޫކޮށްލައްވާކަށް ޖެހިވަޑައެއް ނުގަންނަވައެވެ. ނަމަވެސް ޕްރިންސަސް މަކޯ އަކީ އަންހެން ބޭފުޅަކަށް ވުމާއެކު އާއްމުންގެ މީހަކާ ކައިވެނި ބައްލަވައިގަންނަވަން ބޭނުންފުޅުވުމުން ޝާހީ ހައިސިއްޔަތު ދޫކޮށްލަންވަން ޖެހިވަޑައިގަންނަވަނީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް