22 މެއި 2018 | އަންގާރަ | 03 ރޯނު

އެމްއާރުޑީސީ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

  • ޝަފާއު ހައްޔަރު ކޮށްފައިވަނީ އާދީއްތަ ދުވަހު ހަވީރު ކަމަށް މައުލޫމާތު ލިބޭ
  • އޭނާ ހައްޔަރު ކޮށްފައިވަނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ މަސައްކަތް ކުރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި
  • އެހެންނަމަވެސް އޭނާ ހައްޔަރު ކުރިކަން ފުލުހުން ކަށަވަރުކޮށްދީފައެއްނުވޭ
މުޙައްމަދު ޒާހިރު | @MohamedZaahir

| 12 ފެބުރުވަރީ 2018 | ހޯމަ 00:21 | |އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަފާއު ހަސަން -- ފޭސްބުކް

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަފާއު ހަސަން ހައްޔަރުކޮށްފި އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހެޑް އޮފް މާކެޓިންގ އެންޑް ކޯޕަރޭޓް އެފެއަރޒްގެ މަގާމުގައި ހުންނެވުމަށްފަހު އެމްއާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމް ދުވަސްކޮޅަކު އަދާކުރި ޝަފާއު ހައްޔަރު ކޮށްފައިވަނީ އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

މީނާ ހައްޔަރުކޮށްފައިވާ ކަމާއި ހައްޔަރުކޮށްފައި ވަނީ ކޮން ތުހްމަތެއްގައިކަން ފުލުހުން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. 

ސަރުކާރުގެ މުއާސަލާތީ ކުންފުނި ދިރާގާއި، މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައިވެސް މަސައްކަތް ކޮށްފައިވާ ޝަފާއު އެމްއާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަން ކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު އެވެ. އެހެންނަމަވެސް އެމަގާމުގައި މަހެއްވެސް ނުވަނީސް، ނޮވެމްބަރު މަހުގެ ފަހުކޮޅު އޭނާ ވަނީ އެމްއާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ވަކިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް