19 ޖުލައި 2018 | ބުރާސްފަތި | 05 ފުސް
06 ޛުލްޤަޢިދާ 1439
އިޝާ 19:41
މަޣްރިބް 18:24
އަސްރު 15:38
މެންދުރު 12:16
އިރުއަރާ 06:01
ފަތިސް 04:44

މެންޗެސްޓާ ޔުނައިޓެޑް

ލޫކް ޝޯގެ ކޮންޓްރެކްޓް އާކުރާނެ ކަމުގެ އިޝާރާތެއް މޮރީނިއޯ ދީފި

  • އޭނާ އެ ޓީމާ އެކު ސޮއިކޮށްފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި
  • އުމުރުން 22 އަހަރުގެ ޑިފެންޑަރު ޔުނައިޓެޑަށް ބަދަލުވީ 2014 ވަނަ އަހަރު
އަހްމަދު ސާއިފް ޝިޔާދް | @Saaif80

| 10 ފެބުރުވަރީ 2018 | ހޮނިހިރު 13:54 | |

މަގުބޫލް

  1. އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި
  2. ފައިރޫޒް ރާއްޖެ ޓީވީ އާއި އަލުން ގުޅިއްޖެ
  3. ޤައުމަށްޓަކައި ކުރައްވާ މަސައްކަތް ނުކުރެއްވޭ ގޮތަށް ބައްޕަ މިނިވަންވާކަށް ނޭދެން: އިމްރާންގެ ދަރިކަނބަލުން
  4. ސަލްމާން ކޫރޫއިންގެ ކުރިމަތީގައި ޖާންވީ ލަދުގަންނަވާލި ގޮތް ކިޔައިދީފި
  5. އެސްއޯ ފުލުހުންތަކެއް އިހަވަންދޫއަށް އަރައި، ހިންގި ހަމަނުޖެހުމެއްގައި ބަޔަކަށް އަނިޔާ ވެއްޖެ
  6. އިމްރާންއާ ޑީލް ހަދަން ސަރުކާރުން މީހަކު ފޮނުވައިފި: މަހްލޫފް
  7. އެސްއޯ ފުލުހުންގެ އަމަލުތަކުން އަނިޔާ ލިބުނު ވެއިޓަރު އިތުރު ފަރުވާއަށް ދިއްދޫއަށް ފޮނުވާލައިފި
  8. ބޮޑުވަޒީރަކަށް ރައީސް ޔާމީން ގެނެސް، ދިގު ދައުރަކަށް ބެހެއްޓިދާނެ: ނިހާން


ލޫކް ޝޯ ޔުނައިޓެޑްގެ ޖާޒީގަައި -- ގެޓީ އިމޭޖާސް

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިނގިރޭސިވިލާތުގެ ޑިފެންޑަރު ލޫކް ޝޯގެ ކޮންޓްރެކްޓް އެ ޓީމުން އާކުރާނެ ކަމުގެ އިޝާރާތެއް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ދީފިއެވެ.

ސައުތުހެމްޕްޓަން ދޫކޮށް އުމުރުން 22 އަހަރުގެ ޑިފެންޑަރު ޔުނައިޓެޑަށް ބަދަލުވީ 2014 ވަނަ އަހަރު 30 މިލިއަން ޕައުންޑްގެ ފީއަކަށެވެ. އޭރު ޔުނައިޓެޑާ އެކު އޭނާ ސޮއިކުރީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އަނިޔާގެ ސަބަބުން ޔުނައިޓެޑުން ފާއިތުވެދިޔަ ސީޒަންތަކުގައި ކުޅުނު ގިނަ މެޗުތަކެއް އޭނާއަށް ގެއްލުނުއިރު މިކަމުގެ ސަބަބުން މިދިޔަ ޓްރާންސްފާ މާކެޓުގައި ޔުނައިޓެޑުން އޭނާ ވިއްކާލަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ފެތުރުނެވެ. އެހެން ނަމަވެސް ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތް މެޗުގައި ޝޯ ވަނީ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ.

ޖެނުއަރީ މަހު ޝޯގެ ބަދަލުގައި އާ ކުޅުންތެރިޔަކު ހޯދުމުގެ މަސައްކަތް ޔުނައިޓެޑުން ކުރި ނަމަވެސް މިހާރު އެ ޓީމުން ވަނީ އެ މަސައްކަތް ހުއްޓާލުމަށް ފަހު އޭނާއަށް އާ ކޮންޓްރެކްޓެއް ދިނުމަށް ނިންމާފައެވެ. މިކަމާއި ގުޅިގެން ވާހަކަ ދައްކަމުން އެ ޓީމުގެ ކޯޗު މޮރީނިއޯ ބުނީ ޝޯގެ ފަރާތުން ފެންނަމުންދާ ކުޅުމާ ގުޅިގެން އޭނާ ވިއްކާލުމުގެ ހިޔާލު އެއްކޮށް ބަދަލުވެފައިވާ ކަމަށާއި އޭނާއަކީ އަދިވެސް ކުރިއެރުން ހޯދޭނެ ކުޅުންތެރިއެއް ކަމަށެވެ.

މޮރީނިއޯ ބުނީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ޝޯ މިވަގުތު ހުރީ ކުރިއަށް ވުރެ މާ ވަރުގަދަކޮށް ކަމަށާއި މިވަގުތު ދުނިޔޭގެ ފުޓްބޯޅައިގައި ޝޯއާ އެއް ފެންވަރަކަށް ކުޅޭ ކުޅުންތެރިން ނިސްބަތުން ވަރަށް މަދު ކަމަށެވެ. މޮރީނިއޯ ބުނީ ޝޯގެ ފެންވަރު އޭނާ އެންމެ ފުރަތަމަ ސައުތުހެމްޕްޓަންއަށް ކުޅުނުއިރު ވެސް އެނގޭ ކަމަށާއި އޭނާގެ ކިބައިގައި ހުރި ހުނަރަކީ ދުވަހަކު ވެސް ފޮރުވުނު އެއްޗެއް ނޫން ކަމަށެވެ. އޭނާ ބުނީ ފަރިތަކުރުންތަކުގައި ޝޯ ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމަށާއި އަނިޔާ އިން އޭނާ އެއްކޮށް ސަލާމަތްވެފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

މޮރީނިއޯ ބުނީ މިފަދަ އެތަކެއް ސަބަބުތަކާ ގުޅިގެން ޝޯއަށް އާ ކޮންޓްރެކްޓެއް ހުށަހަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި އޭނާއަކީ އެތަކެއް އަހަރުތަކެއް ވަންދެން ޔުނައިޓެޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ދެމިހުންނާނެ ކުޅުންތެރިއެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ސައުތުހެމްޕްޓަންގެ ޒުވާން ޓީމުން ތަމްރީނުވި ޝޯވަނީ އެ ޓީމަށް 67 މެޗު ކުޅެދީފައެވެ. އަދި 2014 ވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވުމަށް ފަހު އޭނާ ވަނީ އެ ޓީމަށް 59 މެޗު މިހާތަނަށް ކުޅެދީފައެވެ. އިނގިރޭސި ގައުމީ ޓީމަށް ހަތް މެޗު ކުޅެދީފައިވާ ޝޯ ވަނީ ޔުނައިޓެޑާ އެކު މިދިޔަ ސީޒަނުގެ ޔުއެފާ ޔުރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް